Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާ ތަކުގައި ޤަތަރާއި ތުރުކީ އިން ބައިވެރި ވަނީ

މިޞްރުގެ ޝަރަމް އަލް ޝައިޚްގައި ކުރިއަށްދާ ޣައްޒާ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާ ތަކުގައިި ޤަތަރުގެ ބޮޑު ވަޒީރު އަދި ތުރުކީގެ ވަފުދު ބައިވެރިވާން ވަނީ ނިންމައިފަ. އެގޮތުން ބުދަ ދުވަހު އޮންނަ ތިން ވަނަ ބުރުގެ މަޝްވަރާ ތަކުގައި ޤަތަރާއި ތުރުކީ އިން ބައިވެރިވާނެ.

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް މިސުރުގެ ޝަރަމް އަލް ޝެއިޚްގައި ކުރިއަށްދާ މަޝްވަރާތަކުގައި ޤަތަރާއި ތުރުކީ ބައިވެރިވަނީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2025 | ބުދަ 06:54
ޚާން ޔުނިސްގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ޚާއްސަކޮށްގެން ހަދާފައިވާ ޓެންޓުތައް

ޚާން ޔުނިސްގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ޚާއްސަކޮށްގެން ހަދާފައިވާ ޓެންޓުތައް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަޝްވަރާ ތަކުގައި ޤަތަރާއި ތުރުކީ އިން ބައިވެރިވާން ނިންމައިފި އެވެ.

މިޞްރުގެ ޝަރަމް އަލް ޝައިޚްގައި ކުރިއަށްދާ ޣައްޒާ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާ ތަކުގައިި ޤަތަރުގެ ބޮޑު ވަޒީރު އަދި ތުރުކީގެ ވަފުދު ބައިވެރިވާން ވަނީ ނިންމައިފަ އެވެ. އެގޮތުން ބުދަ ދުވަހު އޮންނަ ތިން ވަނަ ބުރުގެ މަޝްވަރާ ތަކުގައި ޤަތަރާއި ތުރުކީ އިން ބައިވެރިވާނެ އެވެ.

މި މަޝްވަރާ ތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ 20 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނާ ގުޅޭ ގޮތުން ކުރިއަށް ގެންދާ މަޝްވަރާ ތަކެވެ. މި މަޝްވަރާ ތަކުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރު ކުރިއަށް ގެންގޮސްފައިވާއިރު، މިޞްރުގެ މީޑިއާ ތަކުން މަޝްވަރާތައް ސިފަ ކޮށްފައި ވަނީ ރަނގަޅު މަޝްވަރާތަކެއްގެ ގޮތުގަ އެވެ.

މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، އެމެރިކާގެ ރައީސް ޓްރަަމްޕް ވިދާޅުވެފައި ވަނީ މަޝްވަރާ ތަކުން ނަތީޖާ ނެރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ މެދު އިރުމަތީގެ ސުލްޙަ ޤާއިމު ކުރެވޭނެ ފުރުސަތު ވެސް އެ މަޝްވަރާ ތަކުން ލިބިގެން ދާނެ ކަމަށެވެ. އަދި އެއީ ހަމައެކަނި ޣައްޒާގެ މައްސަލަ އަށް ވުރެ ބޮޑު ކަމެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ. އިތުރަށް ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާ އާއި އެންމެން ވެސް ބޭނުން ވަނީ ބަންދު ކޮށްފައިވާ މީހުން އަވަހަށް މިނިވަން ކުރުމަށް ކަމަށެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ ހަމާސް އާއި އިސްރާއީލް އިން އެއްބަސްވުމަކަށް އަތުވެއްޖެ ނަމަ، އެމެރިކާ އިން ހުރިހާ ފަރާތަކުން ވެސް އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުން ކަށަވަރު ކުރުމަށް ވީހާ ވެސް ގިނަ ކަންތައްތަކެއް ކުރާނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ހުރިހާ ފަރާތަކާ މެދު ވެސް ހަމަހަމަ ގޮތެއްގައި ކަންތައް ކުރެވިގެން ދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފަށާފައި ވަނީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އަށް ދެ އަހަރު ވެފައިވާ ދަނޑިވަޅެއްގަ އެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލް އިން ފެށި ހަނގުރާމަ އަށް ދެ އަހަރު ވެފައި ވަނީ އަންގާރަ ދުވަހު އެވެ.

މަޝްވަރާ ތަކުގައި ހަމާސް ޖަމާއަތް ތަމްސީލު ކުރަމުން އަންނަނީ ޚަލީލް އަލް ހައްޔާ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމަ މުޅިން ނިމުމަކަށް އަންނާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޓްރަމްޕް އާއި މެދުވެރިންގެ ފަރާތުން ބޭނުންވާ ކަމަށެވެ.

ޓްރަމްޕްގެ ޕްލޭންގައި ހުށަހަޅާފައި ވަނީ ހަނގުރާމަ ހުއްޓުވުމަށާއި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމާއި، އިސްރާއީލްގެ ޖަލު ތަކުގައި ބަންދު ކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުމާއި، ހަމާސް އިން ހަތިޔާރު ބެހެއްޓުމާއި، އިސްރާއީލްގެ ސިފައިން މަޑު މަޑުން ޣައްޒާ އިން ފޭބުމެވެ.

މަސްދަރު: އޭއެފްޕީ

ޣައްޒާ ހަނގުރާމަ ޑޮނަލްޑް ޓްރަމްޕްހަމާސްޤަތަރު-ތުރުކީޣައްޒާ ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު