Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ސޯޝަލް މީޑިއާ ގައި ޖެހި ޕޯސްޓަކާ ގުޅިގެން އެމްޑީޕީ ގެ ޒާޔާ ފުލުހަށް ހާޒިރު ކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒާޔާ އަންގާރަ ދުވަހުގެ ރޭ ފުލުހަށް ހާޒިރު ކުރި

ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2025 | އަންގާރަ 15:24
ފާތިމަތު ޒާޔާ (ވ) ޕާޓީގެ ހަރަކާތެއްގައި

ފާތިމަތު ޒާޔާ (ވ) ޕާޓީގެ ހަރަކާތެއްގައި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒާޔާ އަންގާރަ ދުވަހުގެ ރޭ ފުލުހަށް ހާޒިރު ކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ޒާޔާގެ ފޯނު އަންގާރަ ދުވަހުގެ ހަވީރު ފުލުހުން އަތުލާފައި ވާއިރު އިރު އޮއްސުނު ފަހުން ގަލޮޅު ފުލުހަށް ހާޒިރު ކޮށް އިތުރު ކޯޓު އަމުރެއްގެ ދަށުން ފޯނުގެ ޕާސްވޯޑް ވަނީ އަތުލާފައެވެ.

Advertisement - newsAdvertisement

ޒާޔާ ބުނި ގޮތުގައި އޭނާގެ ފޯނު ފުލުހުން އަތުލީ އަންގާރަ ދުވަހުގެ ހަވީރު ދަރިފުޅު ޑޮކްޓަރަށް ދައްކަން މާލޭގައި ހުންނަ ކްލިނިކަކަށް ދަނިކޮށް އެތާ ކައިރިން ކަމުގައެވެ.

ފަނަރަ ވަރަކަށް ފުލުހުންގެ ފައުޖަކުން އައިސް ޒާޔާ ގާތު ވަރަށް ހަރުކަށި ކޮށް ސައިކަލުން ފައިބަން އެންގި ކަމާށާއި އަދި ބަލާ ފާސް ކުރަން ބޭނުންވާ ކަމަށް ބުނި ކަމަށެވެ.

ޒާޔާ ހުއްޓުވި ސަރަހައްދަކީ އަހުމަދިއްޔާ ސްކޫލް އާއި ދޮންދީނި ޕްރީ ސްކޫލް ސަރަހައްދު ކަމަށް ވުމާއެކު އެ ވަގުތު ގިނަ އަދަދެއްގެ ސްކޫލު ކުދިންނާއި ބެލެނިވެރިން ވެސް އެތަނުގައި އެވަގުތު ތިބި ކަމަށް ޒާޔާ ބުންޏެވެ.

އަންގި ލައްވައިގެން ތިބި ފުލުހުން ޒާޔާ މަޑު ކުރުމަށްފަހު ހަށިގަނޑާއި، ދަބަހާއި، ސައިކަލު ގެ މަޑިދަށަށް ދަންދެން ބަލާ ފާސް ކުރި ކަމަށް ޒާޔާ ބުންޏެވެ.

ޒާޔާ ފާހަގަ ކުރި ގޮތުގައި ފުލުހުން ކަންތައް ކުރި ގޮތުން ކައިރީގައި ހުރި ދަރިފުޅަށް ނަފްސާނީ ގޮތުން އަސަރު ކުރާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ފާތިމަތު ޒާޔާ - އަންގާރަ ދުވަހުގެ ރޭ އިރާކޮޅު ފުލުހަށް ހާޒިރު ވަނީ
ފާތިމަތު ޒާޔާ - އަންގާރަ ދުވަހުގެ ރޭ އިރާކޮޅު ފުލުހަށް ހާޒިރު ވަނީ

މީގެ ކުރިން ދަންވަރުގެ ގަޑިއެއްގައި ފުލުހުން އައިސް ޒާޔާ އުޅޭ އެޕާޓްމަންޓު ބަލާ ފާސްކުރުމުގެ ތެރޭގައި ވެސް ދަރިފުޅަށް ނަފްސާނީ އަސަރު ކޮށްފައިވާ ކަން ޒާޔާ ފާހަގަ ކުރިއެވެ.

"މިފަހަރު މިކަން މި ދިމާވީ، ބޮޑު ދަރިފުޅަށް، ކުރިން ފަހަރު ކުޑަ ދަރިފުޅަށް، އެކުންދިނަށް ވަރަށް އަސަރުކުރޭ މިގޮތައް ކަންކަން ކުރީމަ،" ޒާޔާ ބުންޏެވެ.

އެމްޑީޕީގެ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ޒާޔާގެ ފޯނު އަތުލީ ކުރިމިނަލް ކޯޓުން ކުރި އަމުރެއްގެ ދަށުން ސޯޝަލް މީޑިއާ ގައި ފުލުހުންނަށް ނިސްބަތްވާ ގޮތައް އެއްޗެއް ލިޔެގެން ކަމަށް ބުނެއެވެ.

ޒާޔާއާ ބެހޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ބައެއް
ޒާޔާއާ ބެހޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ބައެއް

ޒާޔާގެ ފޭސްބުކް ޕޯސްޓެއްގައި އެންމެ ފަހުން ލިޔެފައިވަނީ "17 ނޮވެމްބަރަށް ތައްޔާރު ވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރު ކުރަން ފަށައިފިން، ހަމަ ޖެހީ، ޖެހީ،" ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ބޮޑު މުޒާހަރާގައި ޒާޔާގެ މޫނަށް ފުލުހުން ތިން ފަހަރެއްގެ މަތިން ޕެޕަރ ސްޕްރޭ ޖެހިކަން ފާހަގަ ކުރެވެއެވެ.

ޒާޔާ ބުނި ގޮތުގައި އަދިވެސް ލޮލުގެ ހާލަތު މުޅިން ރަނގަޅެއް ނުވެއެވެ.

ފުލުހުން ޒާޔާ އަށް ހަވާލު ކުރި މީހުން ބަލައި ފާސްކުރި ކަމުގެ ލިޔުމުގައި ބުނެފައިވަނީ، ބަލައި ފާސްކުރަނީ، 2025 އޮކްޓޯބަރު 4 ވަނަ ދުވަހުގެ ރޭ ފޭސްބުކް ގައި ޒާޔާގެ ނަމުގައި ހިންގަމުންދާ އެކައުންޓަކުން ދިވެހި ފުލުހުންނަށް އިންޒާރުދީފައިވާ މައްސަލަ އާ ގުޅިގެން ކުރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ބަލާ ފާސް ކޮށް މައްސަލަ އާއި ގުޅޭ ހެއްކާ ގަރީނާ ހޯދުމަށް ކަމުގައެވެ.

އެމްޑީޕީފާތިމަތު ޒާޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު