Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހަލީލްގެ ރީޓްވީޓް

ރައީސް މުއިއްޒުގެ ޚާރިޖީ ވަޒީރު ސަރުކާރާ ދެކޮޅު ހަޑި ހުތުރު ބަސްތަކެއް އެކްސް ގައި ޕްރޮމޯޓް ކޮށްފި

ޚާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް ސަރުކާރާ ދެކޮޅު ހަޑި ހުތުރު ބަސްތަކެއް ރީޓްވީޓް ކުރުމުން އާންމުންގެ ފާޑުކިޔުން އިންތިހާ އަށް އަމާޒުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2025 | ހޮނިހިރު 13:12
ފޮރިން މިނިސްޓަރ ހަލީލު ކުރެއްވި ރީޓްވީޓްގެ ބައެއް ފެންނަ ސްކްރީންޝޮޓެއް

ފޮރިން މިނިސްޓަރ ހަލީލު ކުރެއްވި ރީޓްވީޓްގެ ބައެއް ފެންނަ ސްކްރީންޝޮޓެއް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ސަރުކާރާ ދެކޮޅު ހަޑި ހުތުރު ބަސްތަކެއް ރީޓްވީޓް ކުރައްވައިފިއެވެ.

ހަލީލް އެފަދަ ރީޓްވީޓެއް ކުރެއްވުމާއި އެކު އާއްމުން ވަނީ އެ ރީޓްވީޓުގެ ސްކްރީން ޝޮޓެއް ނެގުމަށް ފަހު އެ ސްކްރީން ޝޮޓް މީސްމީޑިއާގައި ދައުރުކޮށްފައެވެ. އަދި ބައެއް އާއްމުން ވަނީ ވަޒީރަކަށް ހުންނަ ބޭފުޅެއްގެ ފަރާތުން މިފަދަ ކަންކަން ފެނުމަކީ އެ ބޭފުޅެއްގެ ޒިންމާދާރުކަން ކުޑަކަން ދައްކުގައިދޭ ކަމެއް ކަމަށް ބުނެ އެކަމަށް ފާޑުކިޔާފައެވެ. ހަމަ އެހެންމެ މިއީ ރަނގަޅަށް ކަންކަން ބަލާލުމެއް ނެތި، ރީޓްވީޓްތަކާއި ޓްވީޓްތައް ކުރައްވާތީ ވާ ކަމެއް ކަމަށް ވެސް އާއްމުން ވަނީ މީސްމީޑިއާގައި އެކަމާއި މެދު ޝުއޫރު ފާޅުކުރަމުން ބުނެފައެވެ. އަދި މިއީ އަހުލާގީ މިންވަރު ދަށް ޕޯސްޓެއް ކަމަށް ބުނި އާއްމުން ވެސް ތިއްބެވެ.

Advertisement - newsAdvertisement

މިފަދަ ޓްވީޓަކާއި އެކު މިނިސްޓަރ ހަލީލް ހޫނުފެންނަށް ވެއްޓިވަޑައިގެންނެވި އިރު ހަލީލް ވަނީ އެ ރީޓްވީޓް މީސްމީޑިއާ އިން ޑިލީޓް ކުރައްވާފައެވެ. މިއީ މިފަދަ ކަމެއް ޑރ.ޚަލީލުގެ ފަރާތުން ފެނުނު ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ކޮށްލެވެއެވެ.

އިދިކޮޅު އެމްޑީޕީގެ ފުރިހަމަ ނަމަކީ "މޯލްޑިވްސް ދޮގު ޕާޓީ" ކަމަށް ބުނެ އެމްޑީޕީގެ ލޯގޯ ބަދަލުކޮށްގެން އެޑިޓްކޮށްފައިވާ ޕޯސްޓެއް ހިއްސާކުރުމާއި ގުޅިގެން ވެސް މިފަދަ ގޮތަކަށް އާއްމުންގެ ފާޑުކިޔުމާއި ހަލީލަށް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އޭރު ހެލްތު މިނިސްޓަރަކަށް ހުންނެވި އިރު ހަލީލް އެކްސްގައި ހިއްސާ ކުރެއްވުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އެ ޕޯސްޓް މިހާރު ވެސް މީސްމީޑިއާގައި ފެންނަން އެބަ ހުއްޓެވެ.

އޭރު ކުރެއްވި ޕޯސްޓްގެ ހޭޝްޓެގުގެ ގޮތުގައި ވެސް މޯލްޑިވްސް ދޮގު ޕާޓީ އަދި އެމްޑީޕީ ނޫން ގޮތެއް ޖަހާފައިވުމުން އެކަމަށް އާއްމުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. ސަރުކާރުގެ ކެބިނެޓު މިނިސްޓަރަކު މި ފެންވަރަށް ވެއްޓުމުން ލަދު ގަންނަ ކަމަށް ބުނެ އާއްމުން ވަނީ މީސްމީޑީއާ ގައި ހަލީލާއި މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

އާއްމުން ވަނީ އޭރު ވެސް ޑރ.ހަލީލަކީ ސަރުކާރުގެ ޑިފެންސަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި މިފަދަ ރީޓްވީޓްތައް ކުރެވެނީ ވެސް އެފަދަ ކަންކަން އަވަސް އަރުވާލުމުގެ ތެރޭގައި ކަމަށް ބުނެފައެވެ. ހަމައެހެންމެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ ވެރިންގެ އަޚުލާގީ ފެންވަރާއި މެދު ސުވާލު އުފައްދާ މިފަދަ ޕޯސްޓްތަކާއި މެދުގައި އާއްމުން ވާހަކަދެއްކި ކަން ފާހަގަކުރެވެއެވެ.

ގައުމުތަކުގެ ޚާރިޖީ ވަޒީރުންނަކީ އެންމެ އިސް ޑިޕްލޮމެޓިކް ގޮތުގައި ބެލޭ ފަރާތް ކަމަށް އާންމު ގޮތެއްގައި ދެކޭ އިރު، ހަލީލު ބޭރު ގައުމުތަކުގައި އިނގިރޭސި ބަހުން ދައްކަވާ ވާހަކަފުޅުތަކާއި އަދި އެންމެ ފަހުން އދ ގައި އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅަށް ހަވާލާދީ ރާއްޖޭގެ ޚާރިޖީ ވަޒީރު ކަމުގައި ހުންނެވި ފަރާތަކީ އެފަދަ ކޮލިޓީ އެއް ނެތް ބޭފުޅެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ ފާޑު ކިޔައެވެ.

ޑރ. އަބްދުﷲ ޚަލީލްއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު