Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބު

އިންތިޚާބުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބޭފުޅަކު ނުކުންނެވި ނަމަވެސް ރައީސް މުއިއްޒު ބަލިކުރައްވާނެ: ފައްޔާޒު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ރޭވިގެން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައި ނޯންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2025 | ހުކުރު 06:11
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު (މ) އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް (ކ) އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު (ވ) އެމްޑީޕީގެ ރެލީއެއްގައި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު (މ) އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް (ކ) އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު (ވ) އެމްޑީޕީގެ ރެލީއެއްގައި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބޭފުޅަކު ނުކުންނެވި ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ބަލިކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ފައްޔާޒު ވިދާޅުވީ ލޫޓުވަައިފި ނަމުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ފެށުމާއެކު، މިސަރުކާރު ވަރަށް އެކްޓިވްވެފައިވާ ކަމަށާއި، ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ބައިވަރު ރިޕޯޓުތައް ވެސް އާއްމު ކޮށްފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

ފައްޔާޒު ވިދާޅުވީ މަގުސަދަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށާއި، ލޫޓުވައިފި އެއްވުމުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.

ކޮރަޕްޝަނާއި ވައްކަމަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ ރައްޔިތުން ނުކުމެ ރައީސް މުއިއްޒަށް ވޯޓު ދީ ވެރިކަން ހަވާލުކޮށްފައިވަނީ ކުރީ ސަރުކާރުތަކުން ވައްކަން ކުރިކަމުގެ ތުހުމަތުކުރުމަށްފަހު، އެއަށްވުރެ ބޮޑެތި ވައްކަންތައްތައް ކުރަން ނޫން ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ރޭވިގެން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައި ނޯންނާނެ ކަމަށާއި، އެކަމަށް 100 ޕަސެންޓް ޔަގީންކަން ދޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ގިނަ ތުހުމަތުތަކެއް ކޮށް، ނާއިންސާފުން ޝަރީއަތް ހިންގައި ޖަލަށް ލެވިދާނެ ކަމަށާއި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ހުރިހާ ބޭފުޅުން ޖަލަށް ވެސް ލެވިދާނެ ކަމަށެވެ.

ނަމަވެސް އިންތިޚާބުގައި ވޯޓެއް ލާ ކަމަށްވާނަމަ އެމްޑީޕީގެ ފަރާތުން ކޮންމެ ބޭފުޅަކު ނުކުންނެވި ނަމަވެސް ރައީސް މުއިއްޒު ބަލި ކުރައްވާނެ ކަމަށާއި، އެމްޑީޕީން ކާމިޔާބު ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިވިޖުއަލް ލެވަލްގައި ކަންކަމެއް ނުދާނެއޭ އަޅުގަނޑަކަށް ނުދެންނެވޭ. އެހެންވީމަ ބަލާށޭ އަޅުގަނޑުމެން މިދަންނަވަނީ. އަޅުގަނޑާ ދޭތެރޭގައި ވެސް ސޯޝަލް މީޑިއާގައި ބައިވަރު ހުކުމްތައް ކޮށްފިތާ. އެހެންވީމަ ކުރިއަށް ގެންދަވާ. އެކަމަކު އަޅުގަނޑުމެން މިއަދު ގަބޫލެއް ނުކުރަން މިއަދު އިންސާފުވެރި ޝަރީއަތެއް މިއަދު އަޅުގަނޑުމެންނަށް ލިބޭނެ ކަމަކަށް. އެހެންނަމަވެސް އަވަހަށް ދައުވާ ވެސް ކުރައްވާށޭ. އަޅުގަނޑުމެން ޖަލަށް ލަންޏާ ޖަލަށް ވެސް ލާންވީއޭ. އެކަމަކު ހީފުޅު ނުކުރައްވާށޭ އަޅުގަނޑު ޖަލަށް ލައިގެން ޝާހިދު ޖަލަށް ލައިގެން ރައީސް ސާލިހު ޖަލަށް ލައިގެން ނޫނިއްޔާ އަޅުގަނޑުމެންގެ ތެރޭގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނިކުމެދާނެ ކަމަށް ހީވާ މީހަކު ޖަލަށް ލައިގެން މުއިއްޒަށް ތާއީދެއް ލިބޭނެ ކަމަކަށް. އަދި އެމްޑީޕީ 2028 ގައި ވެރިކަމަށް ނާންނާނެ ކަމަކަށް. އަޅުގަނޑުމެންގެ ތެރެއިން ނުކުންނަ ކޮންމެ ބޭފުޅަކު ވެސް އިރާދަކުރެވިއްޔާ ރައީސް މުއިއްޒު ބަލި ކުރައްވާނެ ވޯޓެއް ލާފިއްޔާ. ވޯޓެއްލައި ވޯޓުގެ ނަތީޖާ އިއުލާން ކޮށްފިއްޔާ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް

ފައްޔާޒު ވިދާޅުވީ މި ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތް ކަމަށާއި، މިސަރުކާރުގެ ބޭފުޅުންނަށް ވެސް އެކަން އެނގޭ ކަމަށެވެ.

ރައީސް މުއިއްޒުފައްޔާޒް އިސްމާއިލްއެމްޑީޕީރިޔާސީ އިންތިޚާބުކޮރަޕްޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު