Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

މިއަދު ގައުމު މިއޮތް ނުރައްކާތެރި ހާލަތު ބަދަލު ކުރެވޭނީ ހުރިހާ ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް، އަޑުއުފުލައިގެން: ޝައުނާ

ކަންމަތީ ފިހާރަތަކުން ވެސް ގައުމުގެ މިހާރުގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެންދޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 13:40
ކުރީގެ އެންވާރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ: ވިދާޅުވީ ގައުމު މި އޮތް ހާލަތަުން ސަލާމަތް ކުރެވޭނީ މުޒާހަރާކޮށް އަޑުއުފުލައިގެން ކަމަށް

ކުރީގެ އެންވާރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ: ވިދާޅުވީ ގައުމު މި އޮތް ހާލަތަުން ސަލާމަތް ކުރެވޭނީ މުޒާހަރާކޮށް އަޑުއުފުލައިގެން ކަމަށް

ގޭދޮށު ކަންމަތީ ފިހާރައަކަށް ވަދެލިޔަސް މިއަދު މި ގައުމުގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެން ދާ ކަމަށާއި ގައުމު މިހާރު މި އޮތް ހާލަތުން ސަލާމަތް ކުރެވޭނޭ ހަމަ އެކަނި ގޮތަކީ މަގުމައްޗަށް ނުކުމެ މުޒާހަރާކޮށް އަޑު އުފުލައިގެން ކަމަށް ކުރީގެ އެންވާރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެެވެ.

އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމު ކޮށްގެން ހުކުރު ދުވަހުގެރޭ ބާއްވާ ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ޚާއްސަ ކަވަރެޖުގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ ގައުމު ހަމަމަގަށް އެޅުވުމަށް ހުކުރު ދުވަހުގެ ރޭގެ ބޮޑު އެއްވުމަށް ރައްޔިތުން ނުކުތުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި ހުކުރު ދުވަހުގެ ރޭ އޮންނަ ބޮޑު އެއްވުމަށް ރައްޔިތުން ނުކުމެ އަޑުއުފުލުން މުހިންމުވާ ސަބަބު ވެސް ޝައުނާ ވަނީ ވިދާޅުވެދެއްވާފަ އެވެ.

އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރު އިންތިޚާބުވުމަށް ފަހު އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ ރާއްޖޭގެ ގާނޫނު އަސާސީ އަށް ނުރަނގަޅު ބޮޑެތި ބަދަލުތަކެއް ގެނެސްގެން އެންމެ އަށް ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީސް މުށުތެރެއަށް ލުން ކަމަށް ޝައުނާ ވިދާޅުވި އެވެ.

ބައްލަވާ ގާނޫނު އަސާސީއަށް ބަދަލުި ގެނެސްގެން އެންމެ އަށް ގަޑިއިރުގެ ތެރޭގައި މަޖިލިސް ތަޅުއެޅުވީ. އެއާއި އެކު ރައްޔިތުންގެ މަޖިލިސް މެމްބަރުންނަކަށް އެ މެމްބަރުންގެ ފުރިހަމަ ގާނޫނީ ޒިންމާ އަދާކުރާނޭ ފުރުސަތެއް މިހާރު ނެތް.
ކުރީގެ އެންވާރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ

މީގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް ދެވަނަ މަރުހަލާ ކަމުގައިވާ ކޯޓުތައް ރައީސް މުއިއްޒުގެ މުށުތެރެއަށް ލުމާއި ޚިޔާލުފާޅު ނުކުރެވޭ ގޮތަށް މީޑިއާތައް ތަޅު އެޅުވުމަކީ މުޒާހަރާއަށް ނުކުންނަ ޖެހޭ ސަބަބުތައް ކަމުގައި އޭނާ ފާހަހަގަކުރެއްވި އެވެ.

ޝައުނާ ވިދާޅުވީ މިއީ ޑީއާރުޕީ، ޕީޕީއެމް އަދި ޕީއެންސީގެ ވެރިކަމެއް މި ގައުމަށް އަންނަ ހަމަ ކޮންމެ ފަހަރަކު ފެންނަ މަންޒަރު ކަމަށެވެ، އަދި މިއީ އާކަމެއް ނޫން ކަމަށާއި މިއީ މާކުރިން ވެސް ފެނިފައިވާ މަންޒަރުތަކެއް ކަމަށް ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ މިއަދު ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެސް ގައުމުގައި ވަމުން މިދާ ކަންކަން ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. އެގޮތުން އެންމެ ކުޑަމިނުން ގެއަށް އެއްޗެއް ގަންނަން ނުކުމެ ކަންމަތީ ފިހާރައަކަށް ވަދެލި ނަމަވެސް ގައުމު މި އޮތް ނާޒުކު ހާލަތު އެނގިގެންދާ ކަމަށް ޝައުނާ ވިދާ ވިދާޅުވިއެވެ.

އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ސަރުކާރު އޮފީސްތައް ނުވަތަ ކުންފުނިތަކުގެ މުވައްޒަފުން ވެސް ދެން މިދައްކާ ދޮގު ވާހަތައް ވެސް ގަބޫލުކުރާނެ ހެނެއް. ދެން އަޅުގަނޑުމްނެ ތަސައްރަފް ފުދިފައި ތިބި މީހުންނަށް އެބަ ވިސްނޭ މިކަންކަން ވަމުން މިދަނީ ކޮން މަގަކުންކަން. އޮފީސް ނިންމާފަ ގެއަށް ގޮސްފަ ކާންހަދަން އެއްޗިސް ގަންނަ ފިހާރައަށް ވަނީ މަ އެނބަ އެބައެގޭ ގައުމުގެ މިހާރުގެ ހާލަތު ހުރީ ކިހާ ހިސާބެއްގައި ކަން، އާފަލެއްގެ އަގު 10 ނޫނީ 12 ރުފިޔާއަށް އަރައިގެން ދިޔާމަ އެބައެނގޭ މި ވާނުވާގޮތް. ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވުރެ މައްޗަށް ދިޔާމަ އެބަ އެނގޭ މި ވާނުވާ.
ކުރީގެ އެންވާރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ

މީގެ އިތުރުން ޝައުނާ ވިދާޅުވީ ރައީސް މުއިއްޒު ޑޮޮލަރުގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ވިދާލުވެ ކުރެއްވި ކަންތައްތަކުގެ ސަބަބުން މިއަދު މުޅި ގައުމުގެ ހާލަތަު މިވަނީ އިންތިހާއަށް ދަށުދަރަޖައަކަށް ވެއްޓިފައި ކަމަށެވެ.

ޝައުނާ ވިދާޅުވީ މިއަދު މި ސަރުކާރު އައިފަހުން ދެވެހިން ރީތި ރަނގަޅު ދިރިއުޅުމެއް ލިބޭނޭފަދަ ރަނގަޅު ޚިދުމަތްތަކެއް ނުލިބޭކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން މިއަދު ތިބީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ.

ޝައުނާ ވިދާޅުވީ ރައީސް މުއިއްޒުގެ ހީލަތްތެރި ވިސްނުމުގެ ދަށުން ރޭވުންތެރިކަމާއި އެކު މުޅި ގައުމުގެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައިގެން ހިތު ހުރިގޮތަކަށް ކަންކަން ކުރަން މިއަދު ރައްޔިތުން ފުރުސަތު ނުދޭނޭ ކަމަށެވެ.

ގައުމު މިހާރު މި އޮތް ހާލަތުން ސަލާމަތް ކުރުމަށް ވީހާވެސް ގިނަ ބަޔަކު މުޒާހަރާއަށް ނުކުތުމަށް ޝައުނާ ވަނީ ގޮވާލައްވާފަ އެވެ.

އައިމިނަތު ޝައުނާއެމްޑީޕީރައީސް މުއިއްޒުމަޖިލީސްޤާނޫނުއަސާސީއިހުތިޖާޖުލޫޓުވައިފި މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު