Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުން މާލޭގެ މަގުމައްޗަށް

"ލޫޓުވައިފި، ލޫޓުވައިފި" ބޮޑު އެއްވުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް ފުލުހުންގެ ރަޔަޓު ގިޔަރުގައި މަގުމައްޗަށް

ފުލުހުން ހަރަކާތްތެރިވެފައިވަނީ ސަލްމާން މިސްކިތް ސަރަހައްދާއި، ރާޅުގަނޑު ސަރަހައްދާއި، އާޓިފިޝަލް ބީޗް ސަރަހައްދުގައި

އަމްނާ އިމާދު
އަމްނާ އިމާދު | 1 އޮކްޓޯބަރު 2025 | ބުދަ 06:52
ފުލުހުން މާލޭގެ މަގުމަތީގައި ހަރަކާތްތެރިވަނީ-

ފުލުހުން މާލޭގެ މަގުމަތީގައި ހަރަކާތްތެރިވަނީ-

"ލޫޓުވައިފި، ލޫޓުވައިފި" ބޮޑު އެއްވުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް ފުލުހުންގެ ރަޔަޓު ގިޔަރުގައި މާލެސިޓީ މަގުތަކައް ނުކުމެއްޖެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން އިސްވެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ބޮޑު އެއްވުމެއް ސަރުކާރާ ދެކޮޅަށް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި އެއްވުމުގައި ގިނަ އާއްމު ރައްޔިތުން ބައިވެރިވާނެ ކަމަށް ބެލެވޭއިރު، އެއްވުމާ ދިމާކޮށް ފުލުހުންގެ ހަރަކާތްތައް ވަނީ އިތުރުކޮށްފައެވެ.

އަންގާރަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ ފުލުހުން ވަނީ މާލޭގެ މަގުތައް މަތީ ހަރަކާތްތެރިވެފަ އެވެ. ރަޔަޓު ގިޔަރުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ ސަލްމާން މިސްކިތް ސަރަހައްދާއި، ރާޅުގަނޑު ސަރަހައްދާއި، އާޓިފިޝަލް ބީޗް ސަރަހައްދު ގައެވެ. އަދި މަޖީދީ މަގު ހިމެނޭހެން ބޮޑުތަކުރުފާނު މަގުގައި ވަށައި ވެހިކަލް ދުއްވާފައިވެއެވެ.

މީގެ އިތުރުން މުޒާހަރާތައް ރޫޅާލުމަށް ބޭނުންކުރާ ޝީލްޑު ފަދަ އާލާތްތަކާއެކު ސަފުތަކަށް އެތުރި، އަމަލުކުރާނެ ގޮތްގޮތަށް ހަރަކާތްތެރިވާ މަންޒަރު އާންމުވެފައިވާ ވީޑިއޯ އަދި ފޮޓޯތަކުން ފެނެއެވެ. އަދި ސެޕްޓެންބަރު މަހުގެ ތެރޭގައި ވެސް ހުޅުމާލެ-ފޭސް3 ގައި ވެސް ފުލުހުންގެ ތައްޔާރީ ހާލަތު ދެނެގަތުމަށް ޚާއްސަ ތަމްރީނެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މި އެއްވުމާއި ގުޅިގެން ފުލުހުން ތައްޔާރީ ހާލަތަށް އައިސްފައިވާއިރު، މިފަހުން އެމްއެންޑީއެފްގެ ވެހިކަލްތަކާއި، އެމްއެންޑީއެފުގެ ދެ ޓޭންކަރާއެކު ސިނަމާލެ ބްރިޖު ހިމެނޭ ގޮތަށް މާލޭގައި ދުއްވާފައިވެއެވެ.

މިއެއްވުމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުގެ އިތުރުން އެމްއެންޑީއެފް ވަނީ 30 ސެޕްޓެންބަރު 2025 ގައި އެލާޓަށް ގެނެސްފައެވެ. އަދި ހުކުރު ދުވަހު އެލާޓް ލެވަލް މަތިކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެމްޑީޕީން އިސްވެ އޮވެ ބާއްވާ މި އެއްވުމުގައި ގިނަ ރައްޔިތުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އެއާއެކު މިސަރުކާރުގައި ރައްޔިތުންނަށް ދަތިކޮށްފަައިވާ ގިނަ ކަންކަމަށް ހައްލު ހޯދައިނުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން ގެދޮރުވެރިޔާ ފްލެޓުގެ ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ގައުމުގެ ހާލަތު ވަރަށް ގޯސްވެފައިވާއިރު، ކޮރަޕްޝަނާ ދެކޮޅު ހުރިހާ ރައްޔިތުން އެއްވުމުގައި ބައިވެރިވުމަށް ކުރީގެ ރައީސުންގެ އިތުރުން ސިޔާސީ އިސްބޭފުޅުން ދަނީ ގޮވާލަމުންނެވެ.

އެމްޑީޕީޕޮލިސްއެމްއެންޑީއެފްލޫޓުވައިފި, ލޫޓުވައިފި އެއްވުން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު