Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ރިޔާސީ އިންތިޚާބު ކާމިޔާބު ނުވީ އެކަށީގެންވާ ވަގުތު ނުލިބުމުން: ކަމަލާ ހެރިސް

ކަމަލާ ވިދާޅުވީ އިންތިޚާބުގައި ވާދަ ނުކުރައްވަން ކުރީގެ ރައީސް ޖޯ ބައިޑަން ނިންމެވުމާ އެކު، އޭނާ އަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި، ނަމަވެސް އިންތިޚާބަށް 107 ދުވަސް އޮއްވައި ކުރަން ޖެހުނީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށެވެ. އަދި ކުރިމަތިލާން ޖެހުނީ ވަރަށް އުނދަގޫ ޙާލަތަކާ ކަމަށް ވެސް ކަމަލާ ވަނީ ވިދާޅުވެފަ އެވެ.

ކެމަލާ ހެރިސް ވިދާޅުވެފައިވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ބަލިވުމުގެ މައިގަނޑު ސަބަބަކީ ކެމްޕޭން ކުރުމަށް ވަގުތު ނުލިބުނު ކަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 04:28
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް، އެ އިންތިޚާބު ކާމިޔާބު ނުކުރެވުނީ އެކަށީގެންވާ ވަގުތު ނުލިބުމުން ކަމަށް، ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވެއްޖެ އެވެ.

ކަމަލާ މިހެން ވިދާޅުވީ، އިންތިޚާބުގެ ތަޖުރިބާތައް ހިއްސާ ކުރައްވައި ލިޔުއްވާފައިވާ "107 ދުވަސް" ފޮތާ ގުޅޭ ގޮތުން ދަ ވިއު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެ ފޮތުގައި ކަމަލާ ވަނީ އިންތިޚާބާ ގުޅޭ ގިނަ ކަންތައްތަކެއް ހިއްސާ ކުރައްވައިފަ އެވެ.

އެގޮތުން ކަމަލާ ވިދާޅުވީ، އިންތިޚާބުގައި ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވައި، ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރި ނުހޯދުނީ، އެކަށީގެންވާ ވަގުތު ނެތުމުން ކަމަށެވެ. ކަަމަލާ ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ އެގޮތަށް އައުމުގައި ގިނަ ކަންތައްތަކެއް މެދުވެރިވި ނަމަވެސް، އެންމެ ބޮޑު އެއް ސަބަބަކީ ކެމްޕެއިން އަށް އެކަށީގެންވާ ވަގުތު ނެތުން ކަމަށެވެ.

ކަމަލާ ވިދާޅުވީ އިންތިޚާބުގައި ވާދަ ނުކުރައްވަން ކުރީގެ ރައީސް ޖޯ ބައިޑަން ނިންމެވުމާ އެކު، އޭނާ އަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި، ނަމަވެސް އިންތިޚާބަށް 107 ދުވަސް އޮއްވައި ކުރަން ޖެހުނީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށެވެ. އަދި ކުރިމަތިލާން ޖެހުނީ ވަރަށް އުނދަގޫ ޙާލަތަކާ ކަމަށް ވެސް ކަމަލާ ވަނީ ވިދާޅުވެފަ އެވެ.

އިންތިޚާބުގެ ކެމްޕެއިން އަށް ކަމަލާ އަށް ލިބިވަޑައިގެންނެވި 15 ހަފުތާގެ ތެރޭގައި، އޭނާގެ ކެމްޕެއިން އިން ވަނީ ގާތް ގަނޑަކަށް 1.5 ބިލިއަން އެމެރިކާ ޑޮލަރު ހޭދަ ކޮށްފަ އެވެ. ނަމަވެސް، އިންތިޚާބުގެ ޕޮޕިއުލާ ވޯޓުގެ އިތުރުން، އިލެކްޓޯރަލް އަދި ހުރިގާ ސްވިންގް ސްޓޭޓު ތަކެއްގައި ވެސް ވަނީ ޓްރަމްޕްއާ ވާދަ ކުރައްވައި ބަލިވެފަ އެވެ.

ކަމަލާގެ ފޮތުގައި ބުނެފައިވާ ގޮތުގައި، އޭނާ އަކީ ބައިޑަންއެއް ނޫނެވެ. އަދި ހަމަ ޔަޤީނުން އޭނާ އަކީ ޓްރަމްޕް ވެސް ނޫން ކަމަށް ބުނެފައިވެ އެވެ. ކަމަލާ ވިދާޅުވެފައި ވަނީ، އޭނާގެ މުޅި ސިޔާސީ ކެރިއަރުގައި ވެސް ޑިމޮކްރަޓިކް ޕާޓީގެ ފަރާތްތަކާއި، ރިޕަބްލިކަން ޕާޓީގެ ފަރާތްތަކާ އެކު ވެސް މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި ކަމަލާ ވިދާޅުވެފައި ވަނީ، އެންމެ ރަނގަޅު ޚިޔާލު އަދި ކަންކަމުގައި އެންމެ ރަނގަޅު ނިންމުން އަންނަނީ އެންމެން އެކުވެގެނެނެވެ. އަދި އޭނާ އަކީ އެމެރިކާގެ ރައީސަށް ވެއްޖެ ނަމަ، އޭނާގެ ކެބިނެޓުގައި ރިޕަބްލިކަން ޕާޓީގެ މީހަކު ވެސް ހިމެނުމަކީ އޭނާ ކުރައްވަފާނެ ކަމެއް ކަމުގައި ކަމަލާ ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްއާ ވާދަ ކުރައްވައި ކަމަލާ އަށް ނާކާމިޔާބާ ކުރިމަތިލާާން ޖެހުނު ނަމަވެސް، އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ އިންތިޚާބަކީ 21 ވަނަ ޤަރުނުގައި މިހާތަނަށް ކުރިއަށް ދިޔަ އެންމެ ވާދަވެރި، އަދި އެންމެ ފޯރި ގަދަ އިންތިޚާބެވެ.

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އެންމެ ފުރަތަމަ ވާދަ ކުރައްވަން ނިންމެވީ، އޭރުގެ ރައީސް ބައިޑަން އެވެ. ނަމަވެސް، އިންތިޚާބުގެ ކެމްޕެއިން އާއި، ރިޔާސީ ބަހުސްގައި ވެސް ބައިޑަން އަށް ވަނީ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފަ އެވެ. އަދި ބައިޑަންގެ ޞިއްޙީ ޙާލު ކޮޅާ ގުޅޭ ގޮތުން ވެސް އެތައް ފާޑު ކިޔުން ތަކެއް އަމާޒުވި އެވެ.

ޚާއްސަކޮށް ރިޔާސީ ބަހުސްގައި ޓްރަމްޕްއާ ވާދަކުރައްވައި ބައިޑަންގެ ފަރާތުން ފެނުނު ދަށް ޕާފޮމެންސްއާ ގުޅިގެން ޑިމޮކްރަޓިކް ޕާޓީގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް، ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވެ ވަޑައިގަންނަވަން ނިންމަވައިފަ އެވެ. އަދި އޭނާގެ ބަދަލުގައި ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވާނީ އޭރުގެ ނައިބު ރައީސް އަދި ބައިޑަންގެ ރަނިންމޭޓް ކަމަލާ ކަމަށް ހަމަޖެއްސެވި އެވެ.

މަސްދަރު: ނިއު ޔޯކް ޕޯސްޓް

ކަމަލާ ހެރިސްޑޮނަލްޑް ޓްރަމްޕްޖޯ ބައިޑަން107 ދުވަސް ފޮތްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު