Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ފަލަސްޠީނުގެ މިނިވަން ދައުލަތަށް ތާއީދު ކުރާ ޤައުމު ތަކަށް ނަތަންޔާހޫގެ ނުރުހުން

ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ގިނަ ޤައުމު ތަކުގެ ލީޑަރުން ވަނީ އެކި އެކި ނުފޫޒުތަކަށް ބޯލަނބާފައި ކަމަށެވެ. ޚާއްސަކޮށް މީޑިއާގެ ތައައްސުބީ ވިސްނުމާއި، ހަރުކަށި އިސްލާމީ ފިކުރުގެ ބައެއްގެ ނުފޫޒާއި، ޔަހޫދީންނާ ދެކޮޅު ބައެއްގެ ނުފޫޒުގައި އެ ލީޑަރުން ޖެހިފައިވާ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

ނެތަންޔާހޫ ޔޫއެން ޖެނެރަލް އެސެމްބްލީގައި ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ތާއީދުކުރާ ހުޅަނގުގެ ޤައުމުތަކާ ދެކޮޅަށް ފާޑުވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 07:52
އދ ގެ ޖެނަރަލް އެސެމްބްލީގައި އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ ވާހަކަ ދައްކަވަނީ

އދ ގެ ޖެނަރަލް އެސެމްބްލީގައި އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ ވާހަކަ ދައްކަވަނީ

ދެ ދައުލަތުގެ ޙައްލު ހޯދުމަށް ބާރު އެޅުމުގެ ގޮތުން، ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރަން ނިންމާފައިވާ ޤައުމު ތަަކަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ފާޑު ވިދާޅުވެއްޖެ އެވެ.

އޭނާ މިފަަދައިން ވާހަކަ ދައްކާފައި ވަނީ އދ ގެ ޖެނަރަލް އެސެމްބްލީގަ އެވެ. އެގޮތުން ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމަށް ނިންމައި، އެކަމަށް ބާރު އަޅާ ހުޅަނގުގެ ޤައުމުތަކާ ދެކޮޅަށް ނަތަންޔާހޫ ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އެގޮތުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ގިނަ ޤައުމު ތަކުގެ ލީޑަރުން ވަނީ އެކި އެކި ނުފޫޒުތަކަށް ބޯލަނބާފައި ކަމަށެވެ. ޚާއްސަކޮށް މީޑިއާގެ ތައައްސުބީ ވިސްނުމާއި، ހަރުކަށި އިސްލާމީ ފިކުރުގެ ބައެއްގެ ނުފޫޒާއި، ޔަހޫދީންނާ ދެކޮޅު ބައެއްގެ ނުފޫޒުގައި އެ ލީޑަރުން ޖެހިފައިވާ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވާއިރު، އިސްރާއީލް އާއެކު ގާތް ގުޅުން ބާއްވަމުން އައި ޤައުމު ތަކުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ. އެގޮތުން އިނގިރޭސިވިލާތް، ފްރާންސް، ކެނެޑާ އަދި އޮސްޓްރޭލިއާ ފަދަ ޤައުމު ތަކުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައި، އެކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އެ ޤައުމު ތަކުގެ ލީޑަރުންނާ ސިއްރުން ބައްދަލުވާ ކަމަށެވެ. އަދި އެ ސިއްރު ބައްދަލުވުން ތަކުގައި އެ ލީޑަރުން އިސްރާއީލް އަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޚާއްސަކޮށް އެ ޤައުމު ތަކުގެ ވެރި ރަށް ތަކުގައި ޓެރަރިސްޓު ހަމަލާތައް ހުއްޓުވުމުގައި އިސްރާއީލްގެ އިންޓެލިޖެންސް ޚިދުމަތްތަކުގެ އަގު ވަޒަން ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ހަމާސް ޖަމާއަތް މުޅިން ބަލިކޮށް، އެ ޖަމާއަތް އެއްކޮށް ނައްތާލެވެން ދެން ހަނގުރާމަ ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައި ވީ ނަަމަވެސް، ޣައްޒާ ހަނގުރާމައިގައި އޭނާ އަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވެ އެވެ. ޚާއްސަކޮށް ރަހީނު ކޮށްފައިވާ މީހުންގެ އާއިލާ ތަކުގެ ފަރާތުން ނަތަންޔާހޫ އަށާއި، އޭނާގެ ސަރުކާރަށް އަންނަނީ ޕްރެޝަރު ބޮޑު ވަމުންނެވެ.

އދ ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ މިހެން ވިދާޅުވެފައި ވީ ނަމަވެސް، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާ ޤައުމު ތަކުން އަންނަނީ އިސްރާއީލްގެ އަމަލުތަކާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަމުންނެވެ. އަދި އިސްރާއީލް އިން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް 65،000 އަށް ވުރެ ގިނަ ރައްޔިތުން ޣައްޒާ އިން ޝަހީދުވެފައިވާއިރު، މުޅި ބައިނަލްއަޤުވާމީ މުޖުތަމައުގެ ނުރުހުން އިސްރާއީލް އަަށް އަމާޒުވެފައިވެ އެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާ ޤައުމުތަކާ ދެކޮޅަށް ނަތަންޔާހޫ ވާހަކަ ދައްކަވާފައިވާއިރު، އދ ގައި ތަޤުރީރު ކުރެއްވުމަށް އޭނާ ވަޑައިގެންނެެވުމާ އެކު ހޯލުގައި ތިބި ގިނަ މީހުން ވަނީ ހޯލު ދޫކޮށް ނިކުމެފަ އެވެ.

މަސްދަރު: ރޮއިޓާސް

އިސްރާއީލް-ހަމާސްޣައްޒާއދފަލަސްޠީނު ދައުލަތްޣައްޒާ ހަނގުރާމަބެންޖަމިން ނަތަންޔާހޫ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު