Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލަކުން ގެއްލުނު މީހާ

50 ދުވަސް ވީއިރުވެސް ފުވައްމުލަކުން ގެއްލުނު ޝަފީއު ނުފެނުނު!

ޝަފީއު ގެއްލުނީ ފުވައްމުލަކުން މިދިއަ ޖުލައި މަހު 14 ވަނަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 ސެޕްޓެމްބަރު 2017 | ހޯމަ 08:39
ފުވައްމުލަކުން ގެއްލުނު ޝާފިއު: ގެއްލިގެން ހޯދާތާ 50 ދުވަސް ވީއިރު އަދިވެސް ނުފެނޭ --

ފުވައްމުލަކުން ގެއްލުނު ޝާފިއު: ގެއްލިގެން ހޯދާތާ 50 ދުވަސް ވީއިރު އަދިވެސް ނުފެނޭ --

މި އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ފުވައްމުލަކު އޮޅުތެރޭގެ އުމުރުން 43 އަހަރުގެ މުހައްމަދު ޝަފީއު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ޝަފީއު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި މިހާރުވެސް ކުރަމުންދާ ކަމަށެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދިން ފުވައްމުލަކު މީހަކު ބުނީ ޝަފީއު ހޯދުމުގެ މަސައްކަތް އެރަށު ރައްޔިތުންނާއި ފުލުހުން ކުރިއަށް ގެންދިޔަ ނަމަވެސް މިއަދާ ހަމައަށް އޭނާ ފެނިފައިނުވާ ކަމަށެވެ. އަދި ރަށު ތެރޭގައި އޭނާ އުޅޭކަމަށް މިހާރު ގަބޫލު ނުކުރެވޭ ކަމަށްވެސް އޭނާ ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ ބޮޑަށް ބެލެވެނީ މޫދަށް އެރިއުޅުމުގެ ތެރޭގައި ހިނގި ހާދިސާއަކުން ގެއްލުނީ ކަމަށެވެ.

ނަމަވެސް ކަމާބެހޭ އިދާރާތަކުން ޝަފީއު ގެއްލިފައިވާކަން ފިޔަވާ އިތުރު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޝަފީއުގެ އާއިލާގެ މީހަކު ބުނީ ޝަފީއު އަކީ ސިކުނޑީގެ އުނިކަމެއް ހުރި މީހެއް ކަމަށް ބައެއް މީޑިއާތަކުގައި ހަބަރު ފަތުރާތީ އެކަމާ ހިތާމަ ކުރާ ކަމަށާއި އޭނާ އަކީ ސިކުނޑީގެ އެއްވެސް މައްސަލައެއް އުޅޭ މީހެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ގެއްލުނު ދުވަސްކޮޅު ބަނޑުގަޔާއި ބޮލުގައި ރިއްސާތީ އުޅުނު ކަމަށްވެސް އޭނާ ބުންޏެވެ. ޝަފީއު ގެއްލުމުގެ ކުރިން އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ އަންގާގާ ރިސޯޓުގައި ރޫމް އެޓެންޑެންޓެއްގެ ވަޒީފާއެވެ.

ޝަފީއު ގެއްލިގެން އޭނާގެ އާއިލާއިން ހޯދަން ފެށީ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ 11:30 އިން ފެށިގެންނެވެ. އޭނާގެ އަންބަކާއި ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް