Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ެއެމެރިކާ

2028 ގެ ރިޔާސީ އިންތިޚާބު ނޯންނާނެ ކަމުގެ ބިރު އެބަ އޮތް: ނިއުސަމް

ރައްޔިތުން އިތުރަށް ހޭލުންތެރިވާން ޖެހޭ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާރު އޮތް ނުރައްކާތެރިކަމާ މެދު ވިސްނައިގެން ނުތިބެއްޖެ ނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނޯންނާނެ ކަމުގެ ބިރު އޮތް ކަމުގައި ނިއުސަމް ވަނީ ވިދާޅުވެފަ އެވެ.

ކެލިފޯނިއާގެ ގަވަރނަރ ނިއުސަމް ވިދާޅުވެފައިވަނީ ޓްރަމްޕް 2028 ގެ ރިޔާސީ އިންތިޚާބު ހުއްޓުވާލައި، ބާރު ހިފަހައްޓަން މަސައްކަތް ކުރާނެ ކަމުގެ ބިރު އޮތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 08:17
ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަން

ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަން

އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބާއްވަފާނެ ކަމުގެ ބިރު އޮތް ކަމަށް، ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވާ ނިއުސަމް މިހެން ވިދާޅުވެފައި ވަނީ "ދަ ލޭޓް ޝޯ ވިތު ސްޓީފަން ކޯލްބަޓް" އަށް ދެއްވި އިންޓަވިޔުގަ އެވެ. އޭނާ ވިދާޅުވީ އަންނަ އަހަރުގެ މެދު ތެރޭގައި އޮންނަ މިޑް ޓާމް އިންތިޚާބު އަދި، އޭގެ ފަހުން 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ވެސް އޮޅުވާލުމަށް ޓްރަމްޕް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އެމެރިކާގައި ހިނގަމުން އަންނަ ކަންތައްތަކާ މެދު، އެ ޤައުމުގެ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އަދި އެކަންކަމާ މެދު ރައްޔިތުން އިތުރަށް ހޭލުންތެރިވާން ޖެހޭ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާރު އޮތް ނުރައްކާތެރިކަމާ މެދު ވިސްނައިގެން ނުތިބެއްޖެ ނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނޯންނާނެ ކަމުގެ ބިރު އޮތް ކަމުގައި ނިއުސަމް ވަނީ ވިދާޅުވެފަ އެވެ.

އެ އިންޓަވިޔުގައި ނިއުސަމް ވިދާޅުވެފައި ވަނީ، އެންމެ ފަހުން 2024 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓިކް ޕާޓީ އަށް ވަރަށް ބޮޑު ނާކާމިޔާބެއް ލިބިފައިވާ ކަމަށާއި، ނަމަވެސް އެކަމުން އަރައި ގަތުމުގެ ވަގުތު އަދި ފުރުސަތު އެ ޕާޓީ އަށް އޮތް ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ޑިމޮކްރަޓިކް ޕާޓީ އޮތީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެޖޯރިޓީ އަނބުރާ ހޯދުމުގައި ވެސް ގޮންޖެހުން ތަކެއްގެ ތެރޭގައި ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވެފައި ވަނީ ޓްރަމްޕްގެ ވެރިކަމާ މެދު މިހާރު ގިނަ ބަޔަކު ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ. އަދި ގިނަ ބައެއްގެ ކަންބޮޑުވުންތައް ވެސް އޮތް ކަމަށާއި، އެމެރިކާ އަލުން އަނބުރާ ހޯދޭނެ ކަމުގެ ޝައްކުގައި ތިބި މީހުން ވެސް ވަރަށް ގިނަ ވެއްޖެ ކަމަށް ނިއުސަމް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ ޚުދުމުހުތާރު ވެރިކަން ސިފަ ކުރައްވަމުން ނިއުސަމް ވިދާޅުވެފައި ވަނީ، ހުރިހާ ދިމާލެއްގައި ވެސް ފެންނަން އޮތީ ޓްރަމްޕްގެ އަނިޔާވެރިކަމާއި، އޭނާގެ އުސޫލެއް ނެތް ސިޔާސަތުތައް ކަމަށެވެ. ޚާއްސަކޮށް ޓްރަމްޕްއާ ދެކޮޅަށް ވާހަކަ ދެއްކުމަށް ވެސް އެމެރިކާގައި ދަތިވެފައިވާ ކަމަށާއި، ހަގީގަތަކީ މުހިންމު އެއްޗަކަށް ނުވެ އޮތް ކަމުގައި އޭނާ ވިދާޅުވި އެވެ.

ނިއުސަމް އަކީ އެމެރިކާގެ ރައީށް ޓްރަމްޕް އާއި އޭނާގެ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ ފަރާތެކެވެ. ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ހޯދުމުގެ ޝައުޤުވެރިކަން ނިއުސަމްގެ އޮވެ އެވެ.

މަސްދަރު: އޭއޯއެލް

ޑޮނަލްޑް ޓްރަމްޕްގެވިން ނިއުސަމް2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުޑިމޮކްރެޓިކް ޕާޓީއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު