Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޫއްޑޫ

ދުވާލަކު ހަތް ފްލައިޓް ޖައްސާ ކޫއްޑޫ އެއާޕޯޓުގައި ހުންނަ ކެފޭ ބަންދު ކޮށްފައި ހުންނަތާ މަހެއް

ކޫއްޑޫ އެއާޕޯޓުގައި ކެފޭ ހިންގަމުން އައީ ޓެކް ކޮންޓެލިއަން ހޯލްޑިންސް އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2025 | ހޯމަ 08:23
ކޫއްޑޫ އެއާޕޯޓުގައި ހިންގާ ކެފޭ ބަންދު ކޮށްފައި

ކޫއްޑޫ އެއާޕޯޓުގައި ހިންގާ ކެފޭ ބަންދު ކޮށްފައި

ދުވާލެއްގެ މައްޗަށް ހަތް ފްލައިޓު ޖައްސާ، ގއ.ކޫއްޑޫ އެއާޕޯޓުގައި ހިންގަމުން އައި ކެފޭ ބަންދު ކޮށްފައި ހުންނަތާ މަސް ދުވަސް ވެއްޖެ އެވެ.

ކޫއްޑޫ އެއާޕޯޓުގައި ހިންގަމުން އައި ކެފޭ ބަންދު ކޮށްފައި ވަނީ، ހުސްވި އޯގަސްޓު މަހުން ފެށިގެންނެވެ. އޭގެ ފަހުން އެ ކެފޭ ހުސްކޮށްފައިވާއިރު، ކެފޭ ބަންދު ކުރުމުގެ ސަބަބުން އެއާޕޯޓަށް ދަތުރު ކުރާ ފަރާތްތަކާއި، އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް އެތައް ތަކުލީފެއް ޖެހޭ ކަމުގެ ޝަކުވާ ވަނީ ކޮށްފަ އެވެ.

Advertisement - newsAdvertisement

ކޫއްޑޫ އެއާޕޯޓުގައި ކެފޭ ހިންގަމުން އައީ ޓެކް ކޮންޓެލިއަން ހޯލްޑިންސް އިންނެވެ. ކެފޭ ބަންދު ކުރުމާ ގުޅޭ ގޮތުން އެ ކުންފުނިން ބުނެފައި ވަނީ، ކެފޭ ބަންދު ކޮށްފައި ވަނީ ފައިދާ ނުވާތީ ކަމަށެވެ. އެގޮތުން ކެފޭ އިން ލިބޭ އާމްދަނީ އާއި، އެ ކެފޭ ހިންގުމަށް ދާ ޚަރަދާއި، އަދި އެތަނުގެ ކުއްޔަށް ބަލާއިރު އެތަން ނުހިންގޭތީ ބަންދު ކުރީ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ޓެކް ކޮންޓެލިއަން ކުންފުނިން ވަނީ ގާތް ގަނޑަކަށް ދެ އަހަރު ވަންދެން ކޫއްޑޫ އެއާޕޯޓުގެ ކެފޭ ހިންގައިފަ އެވެ. އެ ކުންފުނިން ބުނެފައި ވަނީ، އެ ކެފޭ ނުހިންގުނީ ކޫއްޑޫ އަށް އެކަން އެފޯޑު ނުކުރެވޭތީ ކަމަށެވެ. ކެފޭގެ ޚިދުމަތް ބޮޑަށް ދޭން ޖެހޭނީ މުވައްޒަފުންނަށްކަން ފާހަގަކޮށް އެ ކުންފުނިން ބުނެފައި ވަނީ، ކެފޭ ހިންގުމަށް ދިވެހި މުވައްޒަފުން ވެސް ނުލިބޭ ކަމަށެވެ.

ފަހުން ފަހުން އައިސް އެ ތަނުގެ ކުލި ދެއްކުމުގެ މައްސަލަތައް ވެސް ދިމާވެފައިވާ ކަމަށާއި، އެއްކޮށް ގެއްލުމުގައި ހިންގަން ޖެހުމުގެ ސަބަބުން ކެފޭ ބަންދު ކުރަން ޖެހުނީ ކަމުގައި ކުންފުނިން ވަނީ ފާހަގަ ކޮށްފަ އެވެ. އެ ކެފޭގެ ކުލީގެ ގޮތުގައި އެ ކުންފުނިން ދައްކަމުން ގެންދިޔައީ މަހަކު 1200 އެމެރިކާ ޑޮލަރެވެ.

ކެފޭ ހިންގުމަށް އެންމެ ފުރަތަމަ އެއްބަސްވުން ހަދާފައި އޮތީ ތިން އަހަރު ދުވަހަށް ކަމަށާއި، އޭގެ ފަހުން އެއްބަސްވުން އައު ކުރާ ގޮތަށް އޮތް ކަމަށް އެ ކުންފުނިން ބުންޏެވެ. އެއްބަސްވުމުގެ ވަކި ހިސާބަކުން ކުލި ބޮޑުވާ ގޮތަށް އޮތް ނަމަވެސް، ދެ އަހަރު ވަންދެން ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 1200 އެމެރިކާ ޑޮލަރު ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

އެ ކެފޭ ބަންދު ކުރުމުގެ ސަބަބުން އެއާޕޯޓަށް އަންނަ ފަތުވެރިންނަށް ވެސް ބޮޑު ތަކުލީފެއް ކުރިމަތިވެފައިވާއިރު، އެ ކުންފުނިން ބުނެފައި ވަނީ އެ ކެފޭ އަކީ ފަތުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގައި ޤާއިމު ކޮށްފައިވާ ކެފޭއެއް ނޫން ކަމަށެވެ. ނަމަވެސް، ކެފޭ ހިންގަމުން އަންނަ މިންވަރަކުން ތަރައްޤީ ކުރުމަށް އެއާޕޯޓާ އެކު އެއްބަސްވެފައި އޮތް ނަމަވެސް، އެކަމުގައި އެއާޕޯޓުގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ ކަމަށް އެ ކުންފުނިން ވަނީ ފާހަގަ ކޮށްފަ އެވެ.

އެގޮތުން ކެފޭ ތަރައްޤީ ކޮށްފައި ނުވަނީ އަމިއްލަ ފައިސާ އިން ކުރަން ޖެހިފައިވާތީ ކަމަށާއި، ތަރައްޤީ ކުރި ނަމަ އިތުރު ގެއްލުމަކާ ކުރިމަތިލާން ޖެހުނީސް ކަމަށް ވެސް ކުންފުނިން ވަނީ ބުނެފަ އެވެ.

ކޫއްޑޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ދައުލަތަށް ނޭނގޭ ކަމަކީ، ކޫއްޑޫ އިންޓަރނޭޝަނަލް ޕޯޓެއްގެ މަސައްކަތް އެތާނގައި ހިނގާކަން - ސައުދު

ދިވެހި ދައުލަތަށް ނޭނގޭ ކަމަކީ، ކޫއްޑޫ އިންޓަރނޭޝަނަލް ޕޯޓެއްގެ މަސައްކަތް އެތާނގައި ހިނގާކަން - ސައުދު

27 ފެބުރުއަރީ 2023
ޖޫން މަހާ ހަމައަށް ދާއިރު ކޫއްޑޫގެ ކެޕޭސިޓީ ޑަބަލް ކުރެވޭނެ - ފައުޒީ

ޖޫން މަހާ ހަމައަށް ދާއިރު ކޫއްޑޫގެ ކެޕޭސިޓީ ޑަބަލް ކުރެވޭނެ - ފައުޒީ

18 ޑިސެމްބަރު 2022
މިފްކޯގެ ކެޕޭސިޓީއަށް ބޮޑު ބަދަލެއް

މިފްކޯގެ ކެޕޭސިޓީއަށް ބޮޑު ބަދަލެއް

13 ޑިސެމްބަރު 2022
ދެކުނުގައި މަސް ފިނި ކުރުމުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިފްކޯއިން ފަށައިފި

ދެކުނުގައި މަސް ފިނި ކުރުމުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިފްކޯއިން ފަށައިފި

17 އެޕްރީލު 2022
ކޫއްޑޫގައި އޮތް ހުރިހާ ދޯންޏެއްގެ މަސްކިރާގޮތަށް ސަރުކާރުން ނިންމައިފި

ކޫއްޑޫގައި އޮތް ހުރިހާ ދޯންޏެއްގެ މަސްކިރާގޮތަށް ސަރުކާރުން ނިންމައިފި

12 އެޕްރީލު 2022

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު