Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޫއްޑޫއިން ހުރިހާ މަހެއް ކިރާ ގޮތަށް ނިންމުން

ކޫއްޑޫގައި އޮތް ހުރިހާ ދޯންޏެއްގެ މަސްކިރާގޮތަށް ސަރުކާރުން ނިންމައިފި

12 އެޕްރީލު 2022 | އަންގާރަ 20:57

ކިއު އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތަށް މަސްކިރޭނެ އިންތިޒާމުތައް ކޫއްޑޫގައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 އެޕްރީލު 2022 | އަންގާރަ 20:57
ކޫއްޑޫގައި ދެކުނުގެ މަސްވެރިން ކުރަމުންދާ ހަޅުތާލު

ކޫއްޑޫގައި ދެކުނުގެ މަސްވެރިން ކުރަމުންދާ ހަޅުތާލު

ގއ. ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަސްކިރާ ގޮތަށް ހަމަޖައްސާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

މަސް ކިރުމުގައި ދިމާވަމުންދާ ދަތިތަކާއެކު ކޫއްޑޫގައި އަންގާރަ ދުވަހު އިހުތިޖާޖެއްކޮށްފައިވާއިރު ރައީސް އޮފީހުން އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްނުކިރިގެން މަސްވެރިންގެ ހުރި ޝަކުވާތައް އަޑުއެހުމަށްފަހު ސަރުކާރާއި މިފްކޯގެ މަޝްވަރާގެ މަތިން މަސްވެރިންގެ ދަތިތަކަށް ހައްލު ހޯދުމަށްފަހު އަލުން މަސްކިރަން ފަށާފައިވާކަމަށެވެ. މިގޮތުން މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން ވަނީ އިމްޕްލިމެންޓޭޝަން ޕްލޭން އެއް ހަދާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

Advertisement - newsAdvertisement

މަސްވެރިންނަށް ކިއު އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތަށް މަސްކިރޭނެ އިންތިޒާމުތައް ކޫއްޑޫގައި ސަރުކާރުން މިހާރު ހަމަޖައްސާފައިވާކަމަށް ސަރުކާރުން ބުނެއެވެ. މިޕްލޭންގެ ދަށުން މަސްކިރޭނެ ތަރުތީބާއި ދުވަސް މަސްވެރިންނަށް އަންގާފައިވާކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީއަށްވުރެ ބާނާ މަސް ގިނަވުމުގެ ސަބަބުން އޭޕްރީލް 6ން ފެށިގެން  ކޮންމެ ދޯންޏަކުން 5 ޓަނުގެ މަސް ކިރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެދުވަހުން ފެށިގެން މަސްވެރިން މިކަމުގައި ކަންބޮޑުވުންތައް ފާޅުކުރަމުންދާއިރު އަންގާރަ ދުވަހު ކޫއްޑޫގައި ބޮޑު ހަޅުތާލެއް ހިންގާފައިވަނީ ބައެއް މަސްވެރިން 5 ޓަނަށްވުރެ އިތުރަށް ކިރުމާއި ދެކޮޅު ހެދުމުގެ ސަބަބުން ކަމަށް ރާއްޖެއެމްވީ އާ ވާހަކަދެއްކި މަސްވެރިން ބުނެފައިވެއެވެ. ކޫއްޑޫގައި ހުރި މަސްވެރިއަކު ރާއްޖެއެމްވީއާއި ވާހަކަ ދައްކަމުން ބުނީ މަސްވެރިން އެދުނުގޮތަށް ލިމިޓެއްނެތި މަސް ކިރައިދޭން ފަށާފައިވަނިކޮށް އެއްބަޔަކު އެކަމަށް ހުރަސްއަޅާ މަސް ކިރުން ހުއްޓުވާލީކަމަށެވެ.

މައްސަލަ ހޫނުވެފައިވާއިރު ދާދިފަހުން ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވެސް ވަނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ކޫއްޑޫއަށް ޒިޔާރަތްކުރައްވާ މަސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

އަދި މި ކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ދިމާވެފައިވާ ދަތިތަކަށް ހައްލު ގެނައުމަށް މަސްގަތުމަށް ވަގުތީ ގޮތުން ބޭރުގެ ބޯޓެއް ހޯދުމުގެ މަސައްކަތް މިފްކޯއިން ކުރަމުންދާކަމަށެވެ. ވަގުތީގޮތުން މަސްކިރުމުގެ މައްސަލަ ހައްލުކުރުމަށް މަސްފިނިކުރާ ބޮޑުއުޅަނދެއް ފެލިވަރުން ކޫއްޑޫއަށް ގެނެސްފައިވާނެ ކަމަށާއި، މަސްގަނެ ފިނިކޮށް ސްޓޯރ ކުރެވޭވަރު އިތުރު ކުރުމަށް މަސްގަންނަ ބާޖެއްވެސް މާންދޫގައި ބޭނުން ކުރަމުން އަންނަ ކަމަށެވެ. މިމައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން މިފްކޯގެ ކެޕޭސިޓީ ފުރެންދެން މަސްވެރިންބާނާ މަސް ކިރޭނެ ކަމަށް މިފްކޯއިން ވަނީ އަންގާފައެވެ.

މިހާރު މާންދޫ ގައި 120 ޓަނު، ކޫއްޑޫ ގައި 240 ޓަނު، ޖަޒީރާ ގައި 120 ޓަނު، މަހާކަލަމިންޖާ ގައި 75 ޓަނު، އަދި ހުޅުމީދޫގައި 60 ޓަނުގެ ފުރީޒިންގ ކެޕޭސިޓީ އާއެކު ޖުމްލަ 615 މެޓްރިކް ޓަނު ބޭނުންކޮށްގެން މަސްގަނެވޭނެ އެންމެ ގިނަ އަދަދަކަށް އެތަންތަނުން މަސް ގަންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދާދިފަހުން ރާއްޖެޓީވީގެ ފަލަސުރުޚީގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ކެޕޭސިޓީ އިތުރުނުކޮށް މަސްވެރިންނާއެކު ކުރިޔަށް ނުދެވޭނެކަމަށެވެ. އަދި މިހާރު ކުރިޔަށްދާ މަސްކާރު ޚާނާތަކުގެ މަސައްކަތް ނިމުމުން މިފްކޯގެ ފްރީޒިންގ ކެޕޭސިޓީ 1000 ޓަނާއި ހަމައަށް އަދި ސްޓޯރޭޖް ކެޕޭސިޓީ 13،000 ޓަނާ ހަމައަށް އިތުރުވެގެންދާނެކަމަށް ފައުޒީ ވިދާޅުވިއެވެ. މިދިޔަ އަހަރު މިފްކޯއިން ވަނީ 58،000 ޓަނުގެ މަސް ގަނެފައިކަމަށް ފައުޒީ ވިދާޅުވިއެވެ.

ކޫއްޑޫރައީސް އޮފީސްމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ދުވާލަކު ހަތް ފްލައިޓް ޖައްސާ ކޫއްޑޫ އެއާޕޯޓުގައި ހުންނަ ކެފޭ ބަންދު ކޮށްފައި ހުންނަތާ މަހެއް

22 ސެޕްޓެމްބަރު 2025
ދުވާލަކު ހަތް ފްލައިޓް ޖައްސާ ކޫއްޑޫ އެއާޕޯޓުގައި ހުންނަ ކެފޭ ބަންދު ކޮށްފައި ހުންނަތާ މަހެއް
03 މެއި 2025

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
30 ޖެނުއަރީ 2025

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

30 ޖެނުއަރީ 2025
ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް
25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
23 ޑިސެމްބަރު 2024

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

23 ޑިސެމްބަރު 2024
ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟
30 އޮކްޓޯބަރު 2024

އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''

30 އޮކްޓޯބަރު 2024
އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''
29 އޮކްޓޯބަރު 2024

މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

29 އޮކްޓޯބަރު 2024
މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
20 އޮކްޓޯބަރު 2024

އަންނަ މަހު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި

20 އޮކްޓޯބަރު 2024
އަންނަ މަހު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި
23 ސެޕްޓެމްބަރު 2024

މީޑިއާ ތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅުމާއި، ނުރުހޭ މީޑިއާތައް އެއް ފަރާތް ކުރުން!

23 ސެޕްޓެމްބަރު 2024
މީޑިއާ ތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅުމާއި، ނުރުހޭ މީޑިއާތައް އެއް ފަރާތް ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް