Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިފްކޯގެ ކެޕޭސިޓީ

މިފްކޯގެ ކެޕޭސިޓީއަށް ބޮޑު ބަދަލެއް

މަސް ގަންނަ ތިން ބޯޓު ގަނެ، ރާއްޖެ ގެނައުމުގެ މަސައްކަތް ކުރެވެމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2022 | އަންގާރަ 12:17
ކޫއްޑޫ - ޖާގަ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން

ކޫއްޑޫ - ޖާގަ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން

ސަރުކާރުގެ އަމާޒަކީ، މަސްވެރިން، ބިޔަ އޮޑިފަހަރުގައި ބާނާ މަސް ގަނެ ފިނިކޮށް، އަދި ޕްރޮސެސްކޮށް، ބޭރަށް އެކްސްޕޯޓް ކުރެވޭނެ ވަރަށް، ސަރުކާރުގެ މަސް ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ނިމިގެންދިޔަ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޫއްޑޫގެ ސްޓޯރޭޖް ކެޕޭސިޓީ 4000 މެޓްރިކް ޓަނަށް ބޮޑުކުރެވިގެންދާނެ ކަމަށެވެ. އެކަން މިހާރު އޮތީ ޓެންޑަރ ޕްރޮސެސްގައި ކަމަށާއި، ލަސްތަކެއްނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މީގެ އިތުރުން ކޫއްޑޫގެ ބަނދަރު ބޮޑުކުރެވިގެންދާނެކަން ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މި ކަންތައްތައް ކުރުމުގެ ކުރިން، އަވަސް ޙައްލެއް މިކަމަށް ހޯދުމުގެ ގޮތުން، ކޫއްޑޫގެ މިހާރުހުރި ބްރައިން ފްރީޒިންގ ކެޕޭސިޓީ 120 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. އަދި 1250 މެޓްރިކް ޓަނު ރައްކާކުރެވޭ ރީފަރ ކޮންޓެއިނަރ ޔާޑެއް ކޫއްޑޫގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ފެށިގެން ކުރިއަށްދާ ކަމަށައި، މި ދެ މަޝްރޫޢުވެސް މި އަންނަ އަހަރުގެ މެދަކާ ހިސާބަށް އަންނައިރުގައި ނިމި، ޚިދުމަތް ދެވޭވަރު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ކޫއްޑޫގައި ހުރި ބްރައިން ފްރީޒިންގގެ އެފިޝަންސީ އިތުރުކޮށް، އިތުރު 60 ޓަނާއި 80 ޓަނާ ދެމެދުގެ ޢަދަދަކަށް މަސް ރައްކާކުރެވޭގޮތް ހެދިފައިވާ ކަމަށެވެ. އޭގެއިތުރުން، ތިނަދޫގައި ސަރުކާރުން ޤާއިމުކުރާ 120 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިންގ އާއި، 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ޖަނަވަރީ ތެރޭގައި ފެށި، އަހަރުގެ މެދުތެރެއަށް ނިމިގެންދާނެ ކަމަށެވެ.

މި މަޝްރޫޢުތައް ކުރިއަށްދާއިރުގައި، މަސްކިރުމުގެ ދަތިކަމަށް ވަގުތީ ޙައްލުތަކެއް ހޯދަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މަސް ގަންނަ ތިން ބޯޓު މިހާރު ގަނެ، ރާއްޖެ ގެނައުމުގެ މަސައްކަތް ކުރެވެމުން ދާއިރު، ހަތަރު ވަނަ ބޯޓެއް ގަތުމުގެ އެގްރީމެންޓް ކުރެވި، އެ ބޯޓުވެސް ލަސްތަކެއްނުވެ ގެނައުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މި ހަތަރު ބޯޓުގައި 730 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި، 300 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ، ކުރިންވެސް ދެންނެވި ފަދައިން، މި ބޯޓުތައް، މި އަންނަ އަހަރުގެ ކުރީކޮޅުގައި ގެނެވި، މި ބޯޓުތައް ބޭނުންކުރެވޭވަރު ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަތަރު ބޯޓުގެ ތެރެއިން، 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި، 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު، އަންނަ އަހަރުގެ ކުރީކޮޅުގައި، އިރާދަކުރެއްވިއްޔާ ހުވަދުއަތޮޅުގެ ފަރުބިތުގައި ބޭއްވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. މިއީ މި ސަރަޙައްދުގެ މަސްވެރިންނަށް ލިބިގެންދާނެ ވަގުތީ ޙައްލެއް ކަމަށާއި، ދެންއޮތީ މަސްވެރިން ހުށަހެޅުއްވި ގޮތަށް ދާއިމީ ޙައްލެއް މި ސަރަޙައްދަށް ހޯދައިދިނުމުގެ މަސައްކަތް ފަށައިގަތުން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، މަސްވެރިކަމުގެ ޞިނާޢަތު ތަރައްޤީ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލް، ފިޝަރީޒް މިނިސްޓަރ ވިދާޅުވެދެއްވާފައިވާ ކަމަށާ، މީގެތެރޭގައި ފެލިވަރާއި، މުލަކަތޮޅު މުއްޔާއި، އިހަވަންދޫގައި އަޅުގަނޑުމެން ތަރައްޤީކުރާ މަސައްކަތްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ. އޭގެއިތުރުން، ތ. އަތޮޅު ފުނައްޑޫ މިހާރުވާނީ ސަރުކާރަށް ނަގާފައިކަމަށާ، މަސައްކަތް ކުރަމުން މިގެންދަނީ، ފުނައްޑޫއިން މަސްގަނެ ރައްކާ ކުރުމުގެ ޢަމަލީ މަސައްކަތް ލަސްތަކެއްނުވެ ފެށުމަށްކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން، ފުވައްމުލައް ސިޓީން އެދިފައި އޮތް ގޮތަށް، އެ ރަށުގައި ހުރި މަސް ގަންނަ ފެސިލިޓީ ތަކުން މަސް ގަނެވޭނެގޮތް އިރާދަކުރެއްވިއްޔާ އެސް.ޓީ.އޯ. އިން ލަސްތަކެއްނުވެ ޢަމަލީ މަސައްކަތް ފަށައިގަންނާނެ ކަމަށާއި، ބާނާ މަސް ތާޒާކަންމަތީ ގިނަ ދުވަހު ބެހެއްޓުމަށްޓަކައި ދޯނިފަހަރުގައި އާރު.އެސް.ޑަބްލިއު. ބެހެއްޓުމުގެ މަސައްކަތްތަކެއް، އަމިއްލަ މަސްވެރިންވެސް ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ. ސަރުކާރުން މިހާރުވަނީ  ދޯނިފަހަރުގައި އާރު.އެސް.ޑަބްލިއު. ބެހެއްޓުމަށްޓަކައި ފެސިލިޓީއެއް ހުޅުވާލާފައި ކަމަށާއި، ލުއި ލޯނު ލިބޭގޮތް ހަދައިދީފައިވާ ކަމަށާއި، އޭގެ ދަށުން 260 ދޯނީގައި އާރު.އެސް.ޑަބްލިއު. ބެހެއްޓޭވަރަށް ލޯނު ދޫކުރުމަށް އެމް.އީ.ޑީ. އިން އިއުލާންކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެދިވަޑައިގަންނަވަނީ ވީހާވެސް ގިނަ ބޭފުޅުން މިކަމުގައި ބައިވެރިވެ، ދޯނިފަހަރުގައި އާރު.އެސް.ޑަބްލިއު. ބެހެއްޓުމަށް މަސައްކަތް ކުރުން ކަމުގައެވެ.

މިފްކޯކޫއްޑޫރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމަސްވެރިންގެ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު