Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްގަންނަ އަގު ބޮޑުކުރުން

މަސް ގަންނަ އަގު ބޮޑުކުރުމަށް ވެލިއުއެޑެޑް އުފެއްދުންތައް އިތުރު މާކެޓްތަކަށް ފުޅާ ކުރަނީ

7 ފެބުރުއަރީ 2022 | ހޯމަ 01:54

ކެޕޭސިޓީ އިތުރުވުމުން ވެލިއުއެޑެޑް އުފެއްދުންތައް ގިނަ މާކެޓްތަކަށް ފޮނުވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ފެބުރުއަރީ 2022 | ހޯމަ 01:54
ފެލިވަރު މަސް ފެކްޓަރީ

ފެލިވަރު މަސް ފެކްޓަރީ

މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަސް އަގުބޮޑުކޮށް ގަތުމަށްޓަކައި ކެޕޭސިޓީ އިތުރުކޮށް ވެލިއުއެޑެޑް އުފެއްދުންތައް އިތުރު މާކެޓްތަކަށް ފުޅާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ ފާއިތުވި 3 އަހަރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރީ ދަށްކޮށް ކަމަށެވެ. ނަމަވެސް މަހުގެ އަގަކީ އެއް އިރެއްގައިވެސް އެއް ގޮތަކަށް ހިފެހެއްޓިފައި ހުންނަ އެއްޗެއް ނޫން ކަމަށެވެ. މިފްކޯއިން ބޮޑަށް ރޯމެޓީރިއަލް ބޭރު ކުރަމުންދާއިރު އިތުރު ގޮތްތައް ވެސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފައުޒީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފައުޒީ ވިދާޅުވީ ރައީސް ވިދާޅުވެފައިވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ގޮތަށް ބަލާފައި މިފްކޯގެ މަހުގެ އަގުވެސް ބަދަލުކުރަމުން ދިޔުމަށް ކަމަށެވެ. އަދި 2020 ވަނަ އަހަރު ސެޕްޓެމްބަރ 25 ވަނަ ދުވަހު ކޮވިޑާއެކު މަހުގެ އަގު 16 ރުފިޔާއަށް ބަދަލުކޮށް ގަންނަމުން ދިޔަ ކަމަށާއި، ނަމަވެސް މިއަހަރުގެ މާޗް މަހުގެ ފުރަތަމަ ހަފްތާގައި މަހުގެ އަގު ރިވިއުކޮށް އަގަށް ބަދަލު ގެނެސްގެން ދެން މަސް ގަންނަމުންދާނީ އެގޮތުގެ މަތިން ކަމަށެވެ.

ފައުޒީ ވިދާޅުވީ މަހުގެ އަގަކީ ފިކްސްޑް އަގެއް ނޫން ކަމަށެވެ. އަދި ކުރީ ސަރުކާރުން ވަކި އަގެއް ކަނޑައަޅައިގެން މަސް ގަތުމުގެ ސަބަބުން މިފްކޯގެ ތަރައްޤީއަށް ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. މިކަމުގެ ސަބަބުން ރިޕެއަރ އަދި މެއިންޓެނެންސާއި މުވައްޒަފުންގެ ކުރިއެރުމަށް ވެސް ހުރަސްތަކެއް ހުރި ކަމަށެވެ. ނަމަވެސް ދެން ކުރިއަށްދާނީ މަހުގެ އަގު ފްލޯޓްކޮށްގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ގޮތަކަށް ބަލާފައި ކަމަށް ފައުޒީ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އަގެއް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މަހުގެ އަގަށް ވެލިއު އެޑްކޮށްގެން ދުނިޔޭގެ ބާޒާރުތަކުގައި މާކެޓްކޮށްގެން އަގު ހޯދުމަށް ސަރުކާރާއި މިފްކޯއިން މަސައްކަތް ކުރަމުންދާ އިރު، މިހާރު ހުރި ކެޕޭސިޓީ ދެގުނަކުރުމަށްފަހު ވެލިއުއެޑްކުރުމުން މިފްކޯއިން ގަންނަ މަހުގެ އަގު ބޮޑުވެގެންދާނެ ކަމަށެވެ. މިފްކޯއިން މި ކުރާ މަސައްކަތާއެކު ފެލިވަރުގެ ކެޕޭސިޓީ އިތުރުވުމުން އެމަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މިދިޔަ އަހަރަކީ ވެސް މަސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވުނު އަހަރެއް ކަމަށެވެ. މަސް ގަނެވުނު އަދަދަށް ބަލާކަމުގައިވާނަމަ ފާއިތުވި 3 އަހަރުގެ ތެރޭގައި ވެސް ފާހަގަކޮށްލެވުނު އަހަރެއް ކަމަށާއި، މަސްގަނެވުނު އަދަދު 58 ހާސް ޓަނާއި ހަމައަށް ގެންދެވުނު ކަމަށެވެ. އަދި މިފްކޯގައި ހުރި ވަސީލަތްތައް އިތުރަށް ތަރައްޤީކުރަން ޕްލޭން އެބައޮތް ކަމަށާއި، ސަރުކާރުގެ ތަސައްވުރެއް ވެސް މިކަމުގައި އެބަ އޮތް ކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯގެ ކެޕޭސިޓީއާއި ގުޅޭގޮތުން ފައުޒީ ވިދާޅުވީ އަދިވެސް ގޮންޖެހުން ބޮޑު ކަމަށެވެ. މިހާރު މަސްވެރިކަމަށް ނުކުންނަ އުޅަނދުފަހަރުން ސީޒަނެއްގައި ގެންނަ އަދަދު އިތުރުވާ ކަމަށާއި، ދުވާލަކަށް 700 ޓަނު މިފްކޯއަށް ގަންނަ ކަމަށެވެ. އަދި މިހާރު ހުރި ކެޕޭސިޓީއަށް ބަލާކަމުގައިވާނަމަ މިހާރުގެ ޖީލުގެ މަސްވެރިކަމަށް އަމާޒުކޮށްގެން ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށެވެ. ސަރުކާރުގެ ޕްލޭނާއެކު ފައިނޭންސް ހޯދާފައި އަމަލީ މަސައްކަތަށް ނުކުމެވިއްޖެ ކަމަށާއި، ގޮންޖެހުމާއެކު ކުރިއަށް ނުކުމެ މިފްކޯއިން މަސްވެރިންނަށް ރަނގަޅު ގޮތްގޮތް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގުމާއި ގުޅޭގޮތުން ފައުޒީ ވިދާޅުވީ ފިނޭންސް މިނިސްޓްރީއާއި، އެސްޓީއޯއާއި ދެމެދު ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ފެށުމުން، މިފްކޯއަށް ވަރަށް ގިނަ ފަސޭހަތަކެއް ހުންނާނެ ކަމަށާއި، ރިސޯސްގެ ގޮތުން ބަލާނަމަވެސް މިފްކޯ އަކީ ކުޑަ ކުންފުންޏެއް ނޫން ކަމަށެވެ. އަދި މިއާއެކު ސަރުކާރުގެ މަސްވެރިކަމުގެ ޕޮލިސީތައް ތަންފީޒުކުރަން ފަސޭހަވެގެންދާނެ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

މިފްކޯކޫއްޑޫ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!
14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
15 އޮކްޓޯބަރު 2025

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
30 ސެޕްޓެމްބަރު 2025

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި
27 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
22 ސެޕްޓެމްބަރު 2025

ދުވާލަކު ހަތް ފްލައިޓް ޖައްސާ ކޫއްޑޫ އެއާޕޯޓުގައި ހުންނަ ކެފޭ ބަންދު ކޮށްފައި ހުންނަތާ މަހެއް

22 ސެޕްޓެމްބަރު 2025
ދުވާލަކު ހަތް ފްލައިޓް ޖައްސާ ކޫއްޑޫ އެއާޕޯޓުގައި ހުންނަ ކެފޭ ބަންދު ކޮށްފައި ހުންނަތާ މަހެއް
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް