Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ ހަޅުތާލު

5 ޓަނަށްވުރެ ވުރެ އިތުރަށް ކިރަން ބައެއް މަސްވެރިން ދެކޮޅު ހެދުމުން މަސްވެރިންގެ ހަޅުތާލު ހޫނުވެއްޖެ

12 އެޕްރީލު 2022 | އަންގާރަ 14:44

މިފްކޯއިން ވަނީ ސްޓޯރޭޖް ފުރެންދެން ލިމިޓެއްނެތި މަސްކިރާނެ ކަމަށް ބުނެފަ

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 12 އެޕްރީލު 2022 | އަންގާރަ 14:44
ކޫއްޑޫގައި ދެކުނުގެ މަސްވެރިން ކުރަމުންދާ ހަޅުތާލު

ކޫއްޑޫގައި ދެކުނުގެ މަސްވެރިން ކުރަމުންދާ ހަޅުތާލު

ސްޓޯރޭޖް ފުރެންދެން މަސްކިރުމަށް މިފްކޯއިން  އެއްބަސްވެފައިވަނިކޮށް، ބައެއް މަސްވެރިން 5 ޓަނަށްވުރެ އިތުރަށް ކިރުމާއި ދެކޮޅު ހެދުމުގެ ސަބަބުން،މިއަދު މަސްވެރިން ކުރަމުންދާ އިހުތިޖާޖު ހޫނު ވެއްޖެއެވެ.

އެންމެ ދެކުނުގެ ގިނަ މަސްވެރިން ގުޅިގެން އަންގާރަ ދުވަހު ހެނދުނުން ފެށިގެން  ކޫއްޑޫގައި ކުރަމުން އަންނަ މުޒާހަރާ ހޫނުވާން ދިމާވީ، މަސް ކިރުން ކޮންޓްރޯލް ކުރުމާއި ގުޅިގެން  ކުރި އިހުތިޖާޖު ތަކަށްފަހު މަސްވެރިން އެދެމުން އައި ގޮތަށް މަސްކިރައިދޭން މިފްކޯއިން އެއްބަސްވިހިސާބުން މަދުން މަސްބާނާފައިވާ ބައެއް ދޯނިތަކުން 5 ޓަނަށް ވުރެ އިތުރަށް ކިރުމާއި ދެކޮޅު ހެދުމުންނެވެ. ކޫއްޑޫގައި ހުރި މަސްވެރިއަކު ރާއްޖެއެމްވީއާއި ވާހަކަ ދައްކަމުން ބުނީ މަސްވެރިން އެދުނުގޮތަށް ލިމިޓެއްނެތި މަސް ކިރައިދޭން ފަށާފައިވަނިކޮށް އެއްބަޔަކު އެކަމަށް ހުރަސްއަޅާ މަސް ކިރުން ހުއްޓުވާލީކަމަށެވެ.

Advertisement - newsAdvertisement

މަސްވެރިންގެ މެދުގައި ޚިޔާލު ތަފާތުވުމުން މަސްކިރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. މަސްރަޙު ހޫނުވުމުން އެސަރަޙައްދުގައި ވަނީ ގިނަ ޢަދަދެއްގެ އެސްއޯ ފުލުހުންވެސް ޙަރަކާތްތެރި ވާން ފަށާފައެވެ.

މަސްވެރިންގެ ހަޅުތާލު ފެށުނީ ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީއަށްވުރެ ބާނާ މަސް ގިނަވުމުގެ ސަބަބުން އޭޕްރީލް 6ން ފެށިގެން  ކޮންމެ ދޯންޏަކުން 5 ޓަނުގެ މަސް ކިރާ ގޮތަށް ގަވާއިދު ބަދަލު ކުރުމާއި ގުޅިގެން މަސްވެރިންނަށް ގެއްލުން ލިބެމުންދާތީ އެކަމާއި ހިތްހަމަ ނުޖެހިގެންނެވެ.

މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ މަސްވެރިންނާއި އާންމުން ސަރުކާރަށް ފާޑުކިޔައި ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދަނިކޮށް ފިޝަރީޒް މިނިސްޓަރުވެސް ވަނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ކޫއްޑޫއަށް ޒިޔާރަތްކުރައްވާ މަސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

އަދި މި ކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ވަގުތީގޮތުން މަސްކިރުމުގެ މައްސަލަ ހައްލުކުރުމަށް މަސްފިނިކުރާ ބޮޑުއުޅަނދެއް ފެލިވަރުން ކޫއްޑޫއަށް ގެނެސްފައިވާނެ ކަމަށާއި، މަސްގަނެ ފިނިކޮށް ސްޓޯރ ކުރެވޭވަރު އިތުރު ކުރުމަށް މަސްގަންނަ ބާޖެއްވެސް މާންދޫގައި ބޭނުން ކުރަމުން އަންނަ ކަމަށެވެ. މިމައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން މިފްކޯގެ ކެޕޭސިޓީ ފުރެންދެން މަސްވެރިންބާނާ މަސް ކިރޭނެ ކަމަށް މިފްކޯއިން ވަނީ އަންގާފައެވެ.

ކޫއްޑޫ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ދުވާލަކު ހަތް ފްލައިޓް ޖައްސާ ކޫއްޑޫ އެއާޕޯޓުގައި ހުންނަ ކެފޭ ބަންދު ކޮށްފައި ހުންނަތާ މަހެއް

22 ސެޕްޓެމްބަރު 2025
ދުވާލަކު ހަތް ފްލައިޓް ޖައްސާ ކޫއްޑޫ އެއާޕޯޓުގައި ހުންނަ ކެފޭ ބަންދު ކޮށްފައި ހުންނަތާ މަހެއް
27 ފެބުރުއަރީ 2023

ދިވެހި ދައުލަތަށް ނޭނގޭ ކަމަކީ، ކޫއްޑޫ އިންޓަރނޭޝަނަލް ޕޯޓެއްގެ މަސައްކަތް އެތާނގައި ހިނގާކަން - ސައުދު

27 ފެބުރުއަރީ 2023
ދިވެހި ދައުލަތަށް ނޭނގޭ ކަމަކީ، ކޫއްޑޫ އިންޓަރނޭޝަނަލް ޕޯޓެއްގެ މަސައްކަތް އެތާނގައި ހިނގާކަން - ސައުދު
18 ޑިސެމްބަރު 2022

ޖޫން މަހާ ހަމައަށް ދާއިރު ކޫއްޑޫގެ ކެޕޭސިޓީ ޑަބަލް ކުރެވޭނެ - ފައުޒީ

18 ޑިސެމްބަރު 2022
ޖޫން މަހާ ހަމައަށް ދާއިރު ކޫއްޑޫގެ ކެޕޭސިޓީ ޑަބަލް ކުރެވޭނެ - ފައުޒީ
13 ޑިސެމްބަރު 2022

މިފްކޯގެ ކެޕޭސިޓީއަށް ބޮޑު ބަދަލެއް

13 ޑިސެމްބަރު 2022
މިފްކޯގެ ކެޕޭސިޓީއަށް ބޮޑު ބަދަލެއް
17 އެޕްރީލު 2022

ދެކުނުގައި މަސް ފިނި ކުރުމުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިފްކޯއިން ފަށައިފި

17 އެޕްރީލު 2022
ދެކުނުގައި މަސް ފިނި ކުރުމުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިފްކޯއިން ފަށައިފި
12 އެޕްރީލު 2022

ކޫއްޑޫގައި އޮތް ހުރިހާ ދޯންޏެއްގެ މަސްކިރާގޮތަށް ސަރުކާރުން ނިންމައިފި

12 އެޕްރީލު 2022
ކޫއްޑޫގައި އޮތް ހުރިހާ ދޯންޏެއްގެ މަސްކިރާގޮތަށް ސަރުކާރުން ނިންމައިފި
07 ފެބުރުއަރީ 2022

މަސް ގަންނަ އަގު ބޮޑުކުރުމަށް ވެލިއުއެޑެޑް އުފެއްދުންތައް އިތުރު މާކެޓްތަކަށް ފުޅާ ކުރަނީ

07 ފެބުރުއަރީ 2022
މަސް ގަންނަ އަގު ބޮޑުކުރުމަށް ވެލިއުއެޑެޑް އުފެއްދުންތައް އިތުރު މާކެޓްތަކަށް ފުޅާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް