Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޫއްޑޫގެ ކެޕޭސިޓީ ބޮޑުކުރުން

ޖޫން މަހާ ހަމައަށް ދާއިރު ކޫއްޑޫގެ ކެޕޭސިޓީ ޑަބަލް ކުރެވޭނެ - ފައުޒީ

18 ޑިސެމްބަރު 2022 | އާދީއްތަ 16:51

ކޫއްޑޫގައި އިތުރު 1250 ކޮންޓެއިނަރުގެ އޮޕަރޭޝަން ފަށައިގަނެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ޑިސެމްބަރު 2022 | އާދީއްތަ 16:51
މަސްވެރިން ކޫއްޑޫއަށް މަސްކިރަނީ

މަސްވެރިން ކޫއްޑޫއަށް މަސްކިރަނީ

އަންނަ އަހަރުގެ ޖޫން މަހަށް ކޫއްޑޫގެ ކެޕޭސިޓީ ދެގުނަ ކުރެވިގެންދާނެ ކަމަށް, މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ފައުޒީ ވިދާޅުވީ، ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް އެސްޓީއޯއާއެކު މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ރީފަރ ކޮންޓެއިނަރ އޮޕަރޭޝަން ފެށުމަށް މަސައްކަތްކުރަމުން ދާކަމަށާއި، އޭގެ ބޭނުމަކީ އިތުރު މާކެޓްތަކަށް ވާސިލްވުން ކަމަށާއި، ބަލްކް ކެރިއަރުގައި އިތުރު މާކެޓްތަކަށް ރިފަރ ކޮންޓެއިނަރުގެ އޮޕަރޭޝަންތައް، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގއާއެކު ފެށުމުން، ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ފައުޒީ ވިދާޅުވީ އިތުރު މާކެޓްތަކަށް ފޮނުވުމަށް ގޮންޖެހުންތަކާ ދިމާވާ ކަމަށާއި، މިހާރު ކުރަނީ މާލެއިން ކޮންޓެއިނަރ ގެނެސްގެން، މާލެއަށް އަނބުރާ އެ ފޮނުވައިގެން މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކަމަށެވެ.

މަސްވެރިންގެ އަތުން ގަންނަ މަސް އެކްސްޕޯޓްކޮށް، މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކޫއްޑޫގެ ސްޓޯރޭޖް ކެޕޭސިޓީ 4000 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ކޫއްޑޫގައި މިހާރު ހުރި ބްރައިން ފްރީޒިންގ ކެޕޭސިޓީ 120 ޓަނަށް އިތުރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުންނެވެ. އަދި 1250 މެޓްރިކް ޓަނު ރައްކާކުރެވޭ ރީފަރ ކޮންޓެއިނަރ ޔާޑެއް ކޫއްޑޫގައި ގާއިމުކުރުމުގެ މަސައްކަތްވެސް ފެށިގެން ކުރިއަށް އެބަދެއެވެ.

މިހާރު ކޫއްޑޫގައި ހުރި ބްރައިން ފްރީޒިންގެ އެފިޝަންސީ އިތުރުކޮށް، އިތުރު 60 ޓަނާ 80 ޓަނާ ދެމެދުގެ ޢަދަދަކަށް މަސް ރައްކާކުރެވޭގޮތް މިހާރުވަނީ ހެދިފައެވެ. އޭގެއިތުރުން، ތިނަދޫގައި ގާއިމުކުރާ 120 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިންގއާއި، 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެއެވެ.

މަސްކިރުމުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދުމަށް މަސް ގަންނަ ތިން ބޯޓު ގަނެ، ރާއްޖެ ގެނައުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. އަދި ހަތަރު ވަނަ ބޯޓެއް ގަތުމުގެ އެގްރީމެންޓް ކުރެވި، އެ ބޯޓުވެސް ލަސްތަކެއްނުވެ ގެނައުމުގެ މަސައްކަތް ފެށިގެންދާނެއެވެ. މި ހަތަރު ބޯޓުގައި 730 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާއި، 300 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ހުންނާނެއެވެ.

ކޫއްޑޫމިފްކޯމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރމަސްވެރިން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!
14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
15 އޮކްޓޯބަރު 2025

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
30 ސެޕްޓެމްބަރު 2025

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި
27 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
22 ސެޕްޓެމްބަރު 2025

ދުވާލަކު ހަތް ފްލައިޓް ޖައްސާ ކޫއްޑޫ އެއާޕޯޓުގައި ހުންނަ ކެފޭ ބަންދު ކޮށްފައި ހުންނަތާ މަހެއް

22 ސެޕްޓެމްބަރު 2025
ދުވާލަކު ހަތް ފްލައިޓް ޖައްސާ ކޫއްޑޫ އެއާޕޯޓުގައި ހުންނަ ކެފޭ ބަންދު ކޮށްފައި ހުންނަތާ މަހެއް
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް