Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެލިދޫ ބިން ހިއްކުން

ކުރިން 2024 ގައި ހިއްކައި ނިމޭނެ ކަމަށް ބުނި ފެލިދޫގެ ބިން އެތާރީހަށް ނުނިމި އަނެއްކާ މުޢިއްޒުގެ އައު ވައުދެއް!

ރައީސް މުޢިއްޒު ފެލިދޫގައި 12 ހެކްޓަރުގެ ބިމެއް 2026 ވަނަ އަހަރުގެ ކުރީކޮޅު ހިއްކައި ނިންމައިދޭނެ ކަމަށް ވަޢުދުވެލެއްވި

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2025 | ހުކުރު 18:50
ރައީސް މުއިއްޒު ފެލިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން

ރައީސް މުއިއްޒު ފެލިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން

ވ. ފެލިދޫގެ ލޭންޑް ޔޫސް ޕްލޭންގައި އޮތް ވަރަށް ހިއްކައި ނިމޭނެ ކަމަށް ވިދާޅުވި ބިން 2024 ވަނަ އަހަރު ނުފެށި އަނެއްކާ 2026 ވަނަ އަހަރުގެ ކުރީކޮޅު 12 ހެކްޓަރުގެ ބިމެއް ހިއްކައި ނިންމައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންފި އެވެ.

2024 ވަނަ އަހރުގެ މާޗު މަހުގެ 6 ވަނަ ދުވަހު ފުލިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ، ވ. ފެލިދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައި، 2024 ވަނަ އަހަރުގެ ތެރޭ އެ މަސައްކަތް ނިންމޭނެ ކަމަށެވެ. އެހެން ނަމަވެސް ފެލިދޫގެ ބިން ހިއްކުމުގެ މަޝްރޫއު މިއަދާއި ހަމައަށް ވެސް ފެށިފައި ނުވެ އެވެ.

" މި މަޝްރޫއު މި ރަށުގެ ފަޅުތެރެއިން ޖާގަ އޮތް މިންވަރަކުން ހިއްކޭނެ އެންމެ ބޮޑަކަށް މިހާރު ލޭންޑް ޔޫސް ޕްލޭންގަ ހިމަނާފަ އޮތް ވަރަށް އިރާދަކުރެއްވިއްޔާ ހިއްކަދޭނެ ކަމަށް އަޅުގަނޑު ހަމަ ޔަގީންކަން ދެން. އެހެންވީމަ ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން މިދެންނެވި މަސައްކަތްތައް ކުރިއަށް ގެންދެވީމަ އަޅުގަނޑުމެން ބަޔަކު ހޯދައިގެން މަސައްކަތް ފަށާނަން.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު - (2024 ވަނަ އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހު)

އޭގެ ފަހުން ހުކުރު ދުވަހު ވ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ އަނެއްކާވެސް އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު އަންނަ އަހަރުގެ ކުރީކޮޅު ނިންމާނެ ކަމަށް ރައިސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ވ. ފެލިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެ އަހަރުގެ ކުރީކޮޅު 12 ހެކްޓަރުގެ ބިން ހިއްކައިދޭނެ ކަމަށެވެ. އަދި އޭގެ ނަތީޖާ އަކަށް ވާނީ ރަށުގެ އެކިއެކި ބޭނުންތަކަށް ބޭނުންވާ ބިން އިތުރުވެގެން ދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.

މި ދަތުރުގައި މިރަށުގެ މަޝްރޫއުއެއް ނުއެއް ފެށޭ އެއީ އެކަމުގެ މަތިން އަޅުގނޑު ހަނދާން ނެތިގެން ވީ ކަމެއް ނޫން. މިއަހަރުގެ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެންނަށް ތަރުތީބު ކޮށްލެވުނު އިރުގަ ސިއްހީ ދާއިރާ ތަރައްގީ ކޮށްދެއްވުމާއި އަދި ބައެއް އެހެން ކަންތައްތައް ކުރުމަށް އިސްކަން މި ދެވުނީ. ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އިރާދަ ކުރެއްވިއްޔާ މިއަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އަހަރުގެ ކުރީކޮޅު އިރާދަކުރެއްވިއްޔާ 12 ހެކްޓަރުގެ ބިން މިރަށާއި ގުޅިގެން ހިއްކައިދޭނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް ދެން.
ރައީސް ޑރ. މުހައްމަދު މުޢިއްޒު - ( 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު)

ރައީސް ވ. އަތޮޅުގެ ރައްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފުލިދޫގައިވެސް 12 ހެކްޓަރުގެ ބިން ހިއްކައިދޭން ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި ބ. ދޮންފަނުގައި ދިމާވިފަދަ މައްސަލައެއް ދިމާވެދާނެތީ އެކަން ތަކުރާރު ނުކުރެއްވުމުގެ ގޮތުން ރައްޔިތުންގެ ފަރާތުން ކައުންސިލް މެދުވެރިކޮށް ސަރުކާރަށް ލިޔުމެއް ހުށަހެޅުމަށް ވެސް ރައީސް މުޢިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް މުއިއްޒުވެލިދޫބިންހިއްކުންލޭންޑް ޔޫސް ޕްލޭން

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު