Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު

12 ހެކްޓަރުގެ ބިމެއް ހިއްކުމަށް ފުލިދޫ ރައްޔިތުންގެ ލިޔުމެއް ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރައީސް ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދެވޭނީ މިހާރު އެރަށުގައި އެމްޓީސީސީން ކުރަމުންދާ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކަމަށް

އަލީ ޝާހީން
އަލީ ޝާހީން | 19 ސެޕްޓެމްބަރު 2025 | ހުކުރު 18:38
ރައީސް މުޢިއްޒު ވ ފުލިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން

ރައީސް މުޢިއްޒު ވ ފުލިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން

ވ. ފުލިދޫގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން، އެކަމަށް ރައްޔިތުން އެދޭކަން އަންގައިދޭ ލިޔުމެއް ބޭނުންވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވ. ފުލިދޫގައި 12 ހެކްޓާރުގެ ބިން ހިއްކަން ރައްޔިތުންގެ ގެ ލިޔުމެއް ކައުންސިލް މެދުވެރިކޮށް ސަރުކާރަށް ހުށަހަޅަން ރައީސް ވިދާޅުވީ ބ. ދޮންފަނުގައި ދިމާވިފަދަ މައްސަލައެއް ދިމާވެދާނެތީ އެކަން ތަކުރާރު ނުކުރައްވަން ކަމަށް ރައީސް ވިދާޅުވި އެވެ. ބ. ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވަން އެއްބަސް ވުމުގައި ސޮއި ކޮށްފައިވަނިކޮށް އެރަށު ރައްޔިތުން އެކަން މިހާރު ބޭނުން ނުވާކަމަށް ބުނެ ރައީސް ވަނީ އެކްސް ގައި ޕޯސްޓެއް ކުރައްވާފަ އެވެ.

Advertisement - newsAdvertisement

ރައީސްގެ އެ ނިންމެވުމާއި ގުޅިގެން ދޮންފަނު ކައުންސިލުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ. އެ ކައުންސިލުން ބުނި ގޮތުގައި އެ ރަށު ރައްޔިތުން ބިން ހިއްކުމަށް ބޭނުންނުވާ ކަމަށް ވިދާޅުވެ މަޝްރޫޢު ހުއްޓާލައްވަން ނިންމަވާފައިވަނީ، ރައްޔިތުންނާއި ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި އެވެ.

އޭގެ އިތުރުން ދޮންފަނު ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި، ދޮންފަނު ރައްޔިތުން ބޭނުންވެގެން ވައުދުވި ބިން ހިއްކުމުގެ މަޝްރޫއު މިހާރު އެރަށު ރައްޔިތުން އެކަން ބޭނުން ނުވާކަމަށް ބުނެ ރައީސުލް ޖުމްހޫރިއްޔާ ހެއްދެވީ ސީދާ އިތުރުފުޅެއް ކަމަށެވެ. އަދި އެއްވެސް އިރެއްގައި ކައުންސިލުން ވެސް އަދި ރަށު ރައްޔިތުން ވެސް އެ މަޝްރޫއު ކުރިޔަށް ނުގެންދިއުމަށް ނުވަތަ ހުއްޓާލުމަށް އެދިފައެއް ނޯންނާނެ ކަމަށް ކައުންސިލް ގެ ރައީސް ވިދާޅުވި އެވެ.

ފުލިދޫގައި މިއަދު ބޭއްވި ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުއިއްޒު ވިދާޅުވީ ރަށުގެ ބިން ހިއްކުމާ ދެކޮޅަށް ބަޔަކު މަސައްކަތްކޮށްފި ނަމަ، ރައްޔިތުންގެ އެދުން އެނގޭނެ ލިޔުމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެހެން ބަޔަކު މި އަތޮޅު ތެރޭގައި މިސާލަކަށް ތިބޭފުޅުންގެ ރަށަށް ބޭނުންވާ ބިން ހިއްކުމާ ދެކޮޅަށް މަސައްކަތެއް ކޮށްފިއްޔާ އެކަމަށްޓަކައި ދެއްކެން އޮންނާނެ ލިޔުމަކަށް ވާނެ އެލިޔުން، އެހެންމަ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ބަސް ރައްޔިތުން ބޭނުންވާ ކަން މިކަން ކުރަން އިނގޭނެ ކަހަލަ ލިޔުމެއް ސަރުކާރަށް ފޮނުވައިދުނުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް
ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދެވޭނީ މިހާރު އެރަށުގައި އެމްޓީސީސީން ކުރަމުންދާ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ދޮންފަނުގެ މައްސަލައިގައި ރައްޔިތުން ވަނީ ކައުންސިލް ދޮށުގައި މުޒާހަރާކޮށް، ހަނިފަރު ބޭ އަށް ފީނަން ދިޔަ ދޯނިފަހަރަށް ހުރަސްއަޅާފައެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއު ވީހާވެސް އަވަހަށް ފެށުމަށް ގޮވާލާ ޕޯސްޓަރުތައް ހިފައިގެން އެ ސަރަހައްދުގައި ވަނީ މުޒާހަރާކޮށްފައެވެ.

ރައީސް މުއިއްޒުވ. ފުލިދޫބ. ދޮންފަނުބިންހިއްކުންދޮންފަނު ކައުންސިލްރައްޔިތުންގެ އެދުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު