Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައްޔާޒް އިސްމާއިލް

ސަރުކާރު ދެމެހެއްޓުމާމެދު ރައްޔިތުންގެ ވޯޓެއް ނަގަން ފައްޔާޒް ގޮވާލައްވައިފި

18 ސެޕްޓެމްބަރު 2025 | ބުރާސްފަތި 14:10

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ހުރިހާ ވަޢުދުތަކާ ޚިލާފުވެ، އަމަލުތައް ބަހައްޓަވާފައިވަނީ އެ ވަޢުދުތަކާ އިދިކޮޅަށް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 18 ސެޕްޓެމްބަރު 2025 | ބުރާސްފަތި 14:10
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ފެންނަ ނުފެންނަ ވޯޓުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ނަގަންވީ ވޯޓަކީ މިހާރުގެ ވެރިކަން ދެމެހެއްޓުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ، ދާދިފަހުން ރައީސް މުއިއްޒު ތަސްދީގު ކުރެއްވި ފެންނަ ނުފެންނަ ވޯޓުގެ ގާނޫނުގެ ދަށުން އައްޑޫގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގުމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement - newsAdvertisement

ފައްޔާޒް ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ހުރިހާ ވަޢުދުތަކަކާ ޚިލާފުވެ، އަމަލުތައް ބަހައްޓަވާފައިވަނީ އެ ވަޢުދުތަކާ އިދިކޮޅަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ރަނގަޅަށް އެނގޭ ހަގީގަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު ދަންނަވާނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވި ކޮންމެ ވާހަކައެއް ކޮންމެ ވައުދެއް ބޮލާ ޖަހައި އެއާ މުޅިން ޚިލާފަށް އަމަލުކުރައްވައިފި، މިއީ ދިވެހި ރައްޔިތުން ދަންނާނެ ހަގީގަތެއް، އެހެންވީމާ އަޅުގަނޑު ދަންނަވާނީ ރެފްރެންޑަމް ބިލު އުސޫލުތަކާ ޚިލާފަށް މަޖިލީހުން ފާސްކުރައްވައި ރައީސް މުއިއްޒު ގެޒެޓުކުރައްވައިގެން އެންމެ ފުރަތަމަ އަޅެ ކެރިވަޑައިގަންނަވަންޏާމުން ރެފްރެންޑަމެއް ނަގާށޭ، ވީ ވައުދުތަކާ ޚިލާފަށް އެއާ އިދިކޮޅަށް ތިމަންނާ މަސައްކަތްކުރީމާ ވެސް ރައްޔިތުން ތިމަންނާ ބޭނުންތޯ ނޫންތޯ. އެ ރެފްރެންޑަމް ނަގާފަ އިތުރު ރެފްރެންޑަމެއް ނަންގަވަން އުޅުއްވަންވާނީ
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

މިހާރު ރައީސް މުއިއްޒު ކުރައްވަމުން ގެންދަވަނީ ހުދުމުޚުތާރު ވެރިކަމެއް ހޯދަން ހުވަފެން ދެކޭ ކޮންމެ ވެރިއަކު ކުރާ ކަންކަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދު ފުނޑާލައި، އާންމު ވިޔަފާރިތައް ބަނގުރޫޓުކޮށްލާފަ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގެ އިގްތިސާދުގައި ކިރިޔާވެސް ހިނގަމުންދަނީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއެވެ. ނަމަވެސް ގްރީން ޓެކްސް އާއި އެއަރޕޯޓް ޑިޕާޗަރ ފީ އަދި ޓީޖީއެސްޓީ ބޮޑުކުރުމާއި، ޑޮލަރުގެ އަގު މާރުކުރުމުގެ ސިޔާސަތަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ރިސޯޓު ވިޔަފާރިއަށްވެސް ވަނީ ނޭދެވޭ އަސަރު ކޮށްފައިވާކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިތުރަށް ވިދާޅުވީ އެމްޑީޕީން އަލުން ވެރިކަމާ ހަވާލުވުމަށްފަހު، މި ސަރުކާރުން ގާނޫނުތަކަށް ގެނެސްފައިވާ ބަދަލުތައް އަނބުރާ ގެންދާނެ ކަމަށެވެ. ޚާއްސަކޮށް މީޑިއާ ކޮންޓްރޯލް ބިލަކީ އެންމެ ފުރަތަމަ ދުވަހު އުވާލާނެ ގާނޫނެއް ކަމަށާއި، ވޭޕް އަދި ސިނގިރޭޓު ޑިއުޓީ ފަދަ ކަންކަމަކީވެސް ރައްޔިތުންގެ މަޝްވަރާއާއެކު އަލުން މުރާޖަޢާކުރާނެ ކަންކަން ކަމުގައި ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް އިސްމާއިލްއެމްޑީޕީރައީސް މުއިއްޒުއައްޑޫމީޑިއާ ކޮންޓްރޯލް ބިލުއިގްތިޞާދީ ހާލަތު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް