Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ކޮންޓްރޯލް ކުރާ ބިލު

ނޫސްވެރިން އިހުތިޖާޖުކުރަން ތިއްބާ ސަރުކާރުން ބޭނުންވާ އިސްލާހުތަކާއެކު މީޑިއާ ކޮންޓްރޯލް ކުރާ ބިލު ކޮމިޓީ އިން ފާސްކޮށްފި

މެންބަރު މީކާއިލް ހުށަހެޅުއްވި އެއްވެސް އިސްލާހެއް ބަލައިގަނެފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2025 | ހޯމަ 13:39
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ނޫސްވެރިން އިހުތިޖާޖުކުރަނީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ނޫސްވެރިން އިހުތިޖާޖުކުރަނީ

މީޑިއާތަށް ކޮންޓްރޯލްކޮށް ސަރުކާރުގެ ވައްކަން ފޮރުވާ ބިލުގެ މަސައްކަތް ކުރާ ކޮމިޓީގައި ނޫސްވެރިން އިހުތިޖާޖުކުރަމުން ދަނިކޮށް ސަރުކާރުން ބޭނުންވާ އިސްލާހުތައް ހުށަހަޅައި ބިލު ކޮމިޓީ އިން ފާސްކޮށްފިއެވެ.

މީޑިއާތައް ކޮންޓްރޯލް ކުރާ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ސަރުކާރުން ބޭނުންވާ އިސްލާހު ގެނެސް ބިލު ފާސްކުރީ ކޮމިޓީގައި ތިބި ނޫސްވެރިން އިހުތިޖާޖުކުރަމުން ދަނިކޮށެވެ. ނޫސްވެރިން އިހުތިޖާޖުކުރީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުތައް ކޮމިޓީ އިން ބަލައި ނުގަނެ، ކެލާ ދާއިރާގެ މެންބަރުން އަބްދުﷲ ޝަރީފުގެ ހުށަހެޅުން ބަލައިގަނެ އެ އިސްލާހުތަކާއެކު ބިލު ކޮމިޓީން ފާސްކުރުމުންނެވެ.

Advertisement - newsAdvertisement

ކެލާ ދާއިރާގެ މެންބަރު ޝަރީފް ވަނީ ސަރުކާރުން ބޭނުންވާ ގިނަ އިސްލާހުތަކަށް ބިލަށް ހުށަހަޅާފައެވެ. މީގެ ކުރިން މި ކޮމިޓީ ކުރިއަށް ގެންދިޔައީ ނޫސްވެރިންނަށް ވަނުމުގެ ފުރުސަތު ނުދީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ސިއްރުކޮށްގެންނެވެ.

ކޮމިޓީގައި ނޫސްވެރިން އިހުތިޖާޖުކުރަން ފެށުމުން ވޯޓަށް އެހި އިރު، ކޮމިޓީގެ މުގައްރިރު މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ ކައިރީގައި އިންނަވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ގެންދެވީ ވަކި ގޮތަކަށް ކަންކަން ކުރައްވަން އިރުޝާދު ދެއްވަމުންނެވެ. އަދި ނޫސްވެރިން އިހްތިޖާޖުކުރަމުން ދަނިކޮށް ވޯޓު ނަގާ ބިލު އިސްލާހުތަކާއެކު ބިލު ފާސްކުރުމަށްފަހު މެންބަރުން ވަނީ ކޮމިޓީ ދޫކޮށް ވަޑައިގަންނަވާފައެވެ.

މެންބަރު ޝުޖާއުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު އަދި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ ކޮމިޓީއަށް ހަމަޖައްސާފައެވެ. މި ތިން މެންބަރުން ކޮމިޓީއަށް ހަމަޖެއްސީ ބިލުގެ މަސައްކަތް ނިންމަން ކަނޑައެޅި ކޮމިޓީގެ ކުރިންނެވެ. އޭގެ ކުރިން ކޮމިޓީގައި ތިއްބެވި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމާއި، ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އަދި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލު ވަނީ ކޮމިޓީން ވަކިކޮށްފައެވެ.

ކޮމިޓީ އިން މީޑިއާ ތަޅުއަޅުވާ ބިލު ފާސްކުރި އިރު، 151 ނޫސްވެރިއަކު ސޮއިކޮށް ރައީސް އޮފީހާއި މަޖިލީހަށް ހުށަހެޅީ ޕެޓިޝަން، ޕެޓިޝަން ކޮމިޓީން އޮތީ ބިލު ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ނިންމާފައެވެ. ނަމަވެސް އެ ޕެޓިޝަނަށް އެއްވެސް ވަރަކަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ރިއާޔަތްކޮށްފައި ނުވެއެވެ.

ޕެޓިޝަން ކޮމިޓީން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ނިންމި އިރު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާނީ ޕެޓިޝަނުގައި ހުރި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެ ކޮމިޓީން ރިއާޔަތްކުރުމަށް ލަފާ ދިނުމަށާއި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގޮތެއް ނިންމުމުން، އެ ނިންމުމުގައި ޕެޓިޝަންގައި ހުރި ކަންކަމަށް ރިއާޔަތްކުރި ވަރު ޕެޓިޝަން ކޮމިޓީން ފަހުން ބެލުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގޮތެއް ނިންމުމުން، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރި ވަރު ބެލުމަށްފަހު ޕެޓިޝަން ކޮމިޓީން ތަޅުމަށް ރެކޮމެންޑޭޝަންތަކެއް ފޮނުވަން ޕެޓިޝަން ކޮމިޓީ އިން އޮތީ ނިންމާފައެވެ.

މީޑިއާ ބިލު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީމީކާއީލް އަހުމަދު ނަސީމްއަބްދުﷲ ޝަރީފްމެމްބަރު ހުސައިން ޒިޔާދުނޫސްވެރިން-ކޮމިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

17 އޮކްޓޯބަރު 2025
ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

14 އޮކްޓޯބަރު 2025
އިންތިޚާބުތައް އެއްކޮށްލުމަކީ 2028 ގެ އިންތިޚާބު ވަގަށް ނެގުމަށް ރައީސް މުއިއްޒު ކުރާކަމެއް: މީކާއީލް

އިންތިޚާބުތައް އެއްކޮށްލުމަކީ 2028 ގެ އިންތިޚާބު ވަގަށް ނެގުމަށް ރައީސް މުއިއްޒު ކުރާކަމެއް: މީކާއީލް

08 އޮކްޓޯބަރު 2025
އަޅުގަނޑުމެން މި ނުކުންނަނީ މިހާރު ވެރިކަމުގައި ހުރި އަނިޔާވެރި ވަލިއްޔުލްއަމްރު އަޒުލުކުރަން: މީކާއީލް

އަޅުގަނޑުމެން މި ނުކުންނަނީ މިހާރު ވެރިކަމުގައި ހުރި އަނިޔާވެރި ވަލިއްޔުލްއަމްރު އަޒުލުކުރަން: މީކާއީލް

03 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު