Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ ފެންޑާ

ނޫސްވެރިން ދެކެ ބިރުން "މީޑިއާ ފެންޑާ" އުވާލައިފި

14 ސެޕްޓެމްބަރު 2025 | އާދީއްތަ 14:43

މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ނުހޯދާ ބަޔަކު އެތަނަށް ވަދެ އުސޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާކަމަށް ރައީސް އޮފިހުން ވަނީ ތުހުމަތުކޮށްފަ

އަލީ ޝާހީން
އަލީ ޝާހީން | 14 ސެޕްޓެމްބަރު 2025 | އާދީއްތަ 14:43
މީޑިއާ ފެންޑާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މީޑިއާ ފެންޑާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގްރީން ޒޯންގައި ހެދި މީޑިއާ ފެންޑާ، އުސޫލާ ޚިލާފަށް ބޭނުންކުރަމުންދާ ކަމަށް ބުނެ ރައީސް އޮފީހުން އެތަން ބަންދުކޮށްފިއެވެ.

ރައީސް އޮފީހުން މީޑިއާ ފެންޑާ ބަންދުކޮށްފައިވަނީ އެތަން ބޭނުން ކުރަމުންދަނީ އުސޫލާއި ހިލާފަށް ކަމަށް ބުނެ އެވެ. ރައީސް އޮފީހުން ނެރުނު އިއުލާނުގައި ބުނީ، މީޑިއާ ފެންޑާއަކީ މިދިޔަ މެއި 29 ގައި ޤާއިމުކުރެވުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގެ ޚަބަރާއި މަޢުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ޚާއްސަކޮށްފައިވާ ތަނެކެވެ.

Advertisement - newsAdvertisement

ނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ނުހޯދާ ބަޔަކު އެތަނަށް ވަދެ، އުސޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާކަމަށް ރައީސް އޮފީހުން ތުހުމަތުކޮށްފައިވެއެވެ. މީގެ އިތުރުން، އެތަނުގައި ތިބެ ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ނުކުރެވޭކަމުގެ ޝަކުވާ، ހުއްދަ ލިބިފައިވާ ނޫސްވެރިން ވެސް ކުރަމުންދާކަމަށް އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް އޮފީހުގެ އިޢުލާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ގްރީން ޒޯންގައި ހުންނަ މި ތަނުގައި އާންމު މަޞްލަޙަތު ގެއްލޭފަދަ އަދި އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހިންގަމުންދިއުމުގެ ސަބަބުން، އެ ސަރަޙައްދުގެ ސަރުކާރު އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދެއެވެ.

މި ކަންކަމަކީ މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފު، ޤާނޫނީ ކުށްތަކެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އެހެންކަމުން، ނޫސްވެރިންނަށް އެހެން އިންތިޒާމެއް ހަމަޖައްސައިދިނުމަށްޓަކައި، އާދިއްތަ ދުވަހުން ފެށިގެން މީޑިއާ ފެންޑާ އުވާލާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

މި ނިންމުން ނިންމާފައިވަނީ، ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކާ ގުޅިގެން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާކޮށް، މީޑިއާ ފެންޑާގައި ވެސް އިހުތިޖާޖީ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.

މީޑިއާ ފެންޑާގްރީން ޒޯންރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަބްދުލް ހަންނާން އަބޫބަކުރުމީޑިއާ ކޮންޓްރޯލް ބިލުނޫސްވެރިކަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
30 އޮކްޓޯބަރު 2025

މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި

30 އޮކްޓޯބަރު 2025
މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި
28 އޮކްޓޯބަރު 2025

މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި

28 އޮކްޓޯބަރު 2025
މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
22 އޮކްޓޯބަރު 2025

މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި

22 އޮކްޓޯބަރު 2025
މީޑިއާތަކުން ބޮއިކޮޓްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު ޢައްޔަންކުރައްވައިފި
13 އޮކްޓޯބަރު 2025

ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި މެމްބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި

13 އޮކްޓޯބަރު 2025
ވޯޓަކާ ނުލައި މީޑިއާ ކޮންޓްރޯލް ކޮމިޝަނަށް އިންތިހާބުވި މެމްބަރުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި
07 އޮކްޓޯބަރު 2025

މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް

07 އޮކްޓޯބަރު 2025
މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް