Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުﷲ ވަހީދު

މުއިއްޒުގެ ނާގާބިލް ސަރުކާރުން, ރާއްޖޭގެ ހުރިހާ ސިނާއަތެއް ލޫޓުވައިފި: ވަހީދު

ރާއްޖޭގެ ހުރިހާ ސިނާއަތެއް މިހާރުގެ ސަރުކާރުން ލޫޓުވާލައިފި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 ސެޕްޓެމްބަރު 2025 | ހޮނިހިރު 12:55
އެމްޑީޕީ ހަރުގެ ޖަލްސާގައި އަބްދުﷲ ވަހީދު ވާހަކަދައްކަވަނީ

އެމްޑީޕީ ހަރުގެ ޖަލްސާގައި އަބްދުﷲ ވަހީދު ވާހަކަދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނާގާބިލް ސަރުކާރުން މިއަދު ރާއްޖޭގެ ހުރިހާ ސިނާއަތެއް ލޫޓުވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ހޮނިހިރު ދުވަހު ބޭއްވި ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސިނާއަތެއް މިހާރުގެ ސަރުކާރުން ލޫޓުވާލައިފި ކަމަށާއި ނާގާބިލު ވެރިއަކު މިގައުމުގެ ހުންގާނުގައި ހުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މިވަނީ މުޅިން ފުނޑިފައި ކަމަށެވެ.

Advertisement - newsAdvertisement

އޭގެ ހެއްކެއްގެ ގޮތުގައި ވަހީދު ފާހަގަކުރެއްވީ ތަކެތީގެ އަގުތައް މައްޗަށް ގޮސް، އާފަލާއި އޮރެންޖު ފަދަ އަސާސީ ކާބޯތަކެތީގެ އަގުތައްވެސް އެތައް ގުނައަކަށް މައްޗަށް ގޮސްފައިވާ ކަމެވެ.

ސަރުކާރުގެ ނާގާބިލުކަން ކެބިނެޓް ފެންވަރުގައިވެސް ފެންނަން އޮތް ކަމަށް ވަހީދު ވިދާޅުވިއެވެ. އެގޮތުން ދެ އަހަރު ވާއިރު އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާއިރު، ދެންވެސް މިސަރުކާރާއެކު ތިބެވޭކަށް ނެތް ކަމަށް ވިދާޅުވިއެވެ.

ވަހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވެފައިވާ ވައުދުތަކާ ޚިލާފުވަމުންދާއިރު، ނޫސްވެރިކަން ކޮންޓްރޯލްކުރާ ބިލާ ގުޅޭގޮތުން ނޫސްވެރިން ފާޅުކުރާ ކަންބޮޑުވުންތަކަށްވެސް ސަރުކާރުން އަޑުއަހާލުމެއް ނެތެވެ. އަދި ކޯޓުތަކުން އިންސާފު ނުލިބޭ ކަމަށާއި، ހުކުމްތައް ގަންނަން ޖެހޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ. "ރައްޔިތުން މިތިބީ ވަރަށް ނިކަމެތި ހާލުގައި" ކަމަށް ވިދާޅުވަމުން، މަޖިލިސް ތަޅުއަޅުވާފައި އޮތުމަކީވެސް މިކަމަށް އިތުރު ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހުރިހާ ސަބަބުތަކަށްޓަކައި، ގައުމު ސަލާމަތްކުރުމަށް ރައްޔިތުން 3 އޮކްޓޯބަރުގައި މަގުމައްޗަށް ނިކުމެ، މިއަދުން މިއަދަށް ރައީސް ބާލަން ޖެހޭ ކަމަށް ވަހީދު ގޮވާލެއްވިއެވެ.

އަބްދުﷲ ވަހީދުދިއްދޫ ދާއިރާއިގްތިޞާދީ ހާލަތުނޫސްވެރިކަމުގެ ބިލުމަޖިލީސް3 އޮކްޓޯބަރ މުޒާހަރާ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
27 ނޮވެމްބަރު 2025

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
01 ނޮވެމްބަރު 2025

"ދިވެހިންގެ ހާލަތު ބަދަލު ކުރައްވާކަށް ރައީސް މުއިއްޒު މަސައްކަތެއް ނުކުރައްވާ، އޮފީހުން ބޭރުގައި އުޅުއްވަނީ މަސައްކަތް ނުކުރަން"

01 ނޮވެމްބަރު 2025
"ދިވެހިންގެ ހާލަތު ބަދަލު ކުރައްވާކަށް ރައީސް މުއިއްޒު މަސައްކަތެއް ނުކުރައްވާ، އޮފީހުން ބޭރުގައި އުޅުއްވަނީ މަސައްކަތް ނުކުރަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު