Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެރިކަން ނުހިންގުން

"ދިވެހިންގެ ހާލަތު ބަދަލު ކުރައްވާކަށް ރައީސް މުއިއްޒު މަސައްކަތެއް ނުކުރައްވާ، އޮފީހުން ބޭރުގައި އުޅުއްވަނީ މަސައްކަތް ނުކުރަން"

ސަރުކާރުގެ ވެރިން ގިނަ ވަގުތު ދަތުރުތަކުގައި ހޭދަކުރެއްވި ނަމަވެސް ނަތީޖާއެއް ނުފެންނަ ކަމަށާއި ޖަވާބުދާރީވުމުގެ ސިފައެއް ނެތް ކަމަށް ވަހީދު ވިދާޅުވެފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2025 | ހޮނިހިރު 15:07
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

ދިވެހިންގެ ހާލަތު ބަދަލު ކުރައްވާކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މަސައްކަތެއް ނުކުރައްވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އެހެނިހެން ވެރިން އޮފީހުން ބޭރުގައި އުޅުއްވަނީ މަސައްކަތް ނުކުރަން ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ކޮބާ މަގޭ ގޯތި، ކޮބާ މަގޭ ފްލެޓް ކަވަރޭޖްގެ ތެރެއިން ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ ވެރިން ގިނަ ވަގުތުު އަތޮޅު ތެރޭގައި ދަތުރުތަކުގައި ހޭދަކުރެއްވި ނަމަވެސް ނަތީޖާ އެއް ނުފެންނަ ކަމަށެވެ. އަދި ޖަވާބުދާރީވުމުގެ އެއްވެސް ސިފަ އެއް ސަރުކާރުގެ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ އެހެންމެ ރައީސް ވެސް އަތޮޅުތެރޭގެ ދަތުރުތަކަށް ފަހު މާލެ ވަޑައިގަންނަވާފައި، އެމްޑީޕީގެ ހަރަކާތެއް ނެތް ނަމަ ދެން ވަޑައިގަންނަވަނީ ރާއްޖެއިން ބޭރަށް ކަމަށް ވަހީދު ވިދާޅުވިއެވެ. އޮފީހުގައި ތިބެ ރައްޔިތުން އެދޭ ކަންކަން ހައްލުކޮށްދިނުމުގެ ސިފަ މި ސަރުކާރުގެ ކިބައިގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭގައި އޮފީހެއްގައި ރައީސް ވެސް މަޑެއް ނުކުރައްވާ، ވަޒީރެއް ވެސް މަޑެއް ނުކުރައްވާ. އެމްޑީ އެއް ވެސް މަޑު ނުކުރައްވާ ކީއްވެތޯ؟ މަސައްކަތް ނުރަން ވެގެން. މެމްބަރުން ދިޔައީމަ ވަޒީރެއް ނުހުރޭ. މެމްބަރެއް ނުހުރޭ. ރަށްރަށުގައި އުޅުއްވާފައި ވަަޑައިގެން ރައީސް މާލޭގައި މަޑެއް ނުކުރައްވާ." އޭނާ ވިދާޅުވިއެވެ.

މީގެ އިތުުރުން ޕީޕީއެމް ޕީއެންސީގެ ވިސްނުމަކީ އަބަދުވެސް ރައްޔިތުންނަށް ބިރު ދައްކައިގެން އުޅުން ކަމަށާއި މިހާރު ރައްޔިތުން އެފަދަ އުކުޅުތަކުން ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމައް ވާނަމަ ރައްޔިތުން އަޑު އުފުލާނެ ކަމަށާއި މި ވެރިކަމުގައި މިހާރު ރައްޔިތުން ތިބީ ނުރުހޭ ކަންކަން ގިނަވުމުން އަޑު އުފުލާފަ، ނުއުފުލާނެ ކަމެއް ނޭނގޭ ހިސާބުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ހައްގުތައް ނުހައްގުން ފޭރިގަންނަން ސަރުކާރަށް ފުރުސަތު ދީގެން ރައްޔިތުން ނުތިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ ކިބައިން ފެންނަނީ ހައްގުތަކަށް ވަކާލާތުކުރުމުން އިތުރު ދަތިތައް ކުރިމަތިކުރުވާނެ ކަމަށް ބުނަމުންދާ މަންޒަރު ކަމަށް ވެސް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވިއެވެ. އަޅުވެތިކަމާއި ބިރުވެރިކަން ފަދަ ރާއްޖެއިން ނެތި ގޮސްފައިވާ ކަންކަން އިއާދަކުރާ ސަރުކާރަކަށް މި ސަރުކާރު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ، ރައީސް މުއިއްޒު އަކީ ދިވެހިރައްޔިތުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަން ހުރިހާ ދިވެހިންނަށް މިހާރު އެނގޭ ކަަމަށާއި އެހެން ރައީސް އަމަލުކުރައްވަން ޖެހެނީ ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތުމުން ކަމަށް ވެސް ވަހީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ ވަނީ ސަރުކާރުން ބަޖެޓް އެކުލަވާލާ ގޮތަށް ވެސް ފާޑު ވިދާޅުވެފައެވެ. އަދި މި ވެރިކަން އައިފަހުން ޕީއެސްއައިޕީ މަޝްރޫޢުތައް ވެސް ނުހިނގާ ކަމަށާއި އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށް ވިދާޅުވެފައެވެ. ބަޖެޓް ހޭދަކުރާ ގޮތް ވެސް މި ސަރުކާރުން ހާމަ ނުކުރާ ކަމަށާއި އެއީ އޮޅުވާލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއަބްދުﷲ ވަހީދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު