Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަމްއާން ވަހީދު

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޝަމްއާންގެ އަޑުއެހުމެއް ތާވަލުކޮށްފި

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް މަނީ ލޯންޑަރިންގ، ފޭރުން އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކުރެވިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2025 | ހޮނިހިރު 11:45
ކުރީގެ ކޮންޓްރޯލަރ ޝަމްއާންގެ ޝަރީއަތުގެ ތެރެއިން

ކުރީގެ ކޮންޓްރޯލަރ ޝަމްއާންގެ ޝަރީއަތުގެ ތެރެއިން

މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވާ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ޝައްމާންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 11 މާޗުގެ ރޭގަނޑު 11:30 ހާއިރު، އިމިގްރޭޝަންގެ ކަމާއި ގުޅުން ހުރި ޑިޕާޓްމަންޓަށް އެންގުމެއް ނެތި، ކޮންޓްރޯލަރުގެ ބިއުރޯގައި މަސައްކަތްކުރަމުން ދިޔަ އިބްރާހީމް އަހުމަދާއި އަހުމަދު ލައްސާނު އަދި މުހައްމަދު އަލްސަން އިސްމާއީލާއި ދެ މީހުންނަށް ބިދޭސީންތަކެއް ރާއްޖޭގައި ކުރާ މަސައްކަތް ބެލުމަށް އިރުޝާދުދިން މައްސަލަ އާއި ގުޅިގެންނެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ވަނީ ވާނުވާ ބަންދު ޖަހާފަ އެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި އޭނާގެ ޝަރިއަތް ތާވަލުކޮށްފައިވަނީ 3:30 ގައެވެ. އެއީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުން އަދި މަނީ ލޯންޑަރިންގ ކުށުގެ ދައުވާގެ އަޑުއެހުމެވެ. މި މައްސަލަތަކުގެ ޝަރީއަތް ފެށީ މިދިޔަ ޖޫންމަހު އެވެ.

އި ޝަމްއާންއަށް ކުރާ ދައުވާތަކަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެވެ.ޝައްމާންގެ އަމުރަށް، 530،000 ދިވެހި ރުފިޔާއާއެކު ބިދޭސީއެއް ދޫކޮށްލާފައިވާ ކަމަށް ބުނާ މިމައްސަލާ ގުޅިގެން ޝައްމާން ދިރިއުޅޭ ގެ ވެސް ފުލުހުން ބަލާ ފާސްކޮށްފައިވެއެވެ. އަދި އެގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލެމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ދައުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ޝަމްއާންއަށް އެނގިގެން އެ މުވައްޒަފުން އެ ރެއިޑް ޖަހާފައިވާ ކަމަށާއި ރެއިޑް ޖެހުމުގެ ރަސްމީ ހުއްދައެއް ނެތްކަން އަދި މޯލްޑިވްސް އިމިގްރޭޝަންގެ އުސޫލުތަކާ ހިލާފަށް އެކަން ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން މި ރެއިޑް ޖެހިރޭ މޯލްޑިވްސް އިމިގްރޭޝަންގެ ރިސްކް ސެކްޝަން މުވައްޒަފުން އެ ތަނަށް ހާޒިރުވުމަށް ފަހު އެ ތަނުގައި ތިބި ބިދޭސީންގެ ތެރެއިން 530،000ރ.އާ އެކު ބަންގަލަދޭޝްެގެ ރައްޔިތެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވަނީ ބުނެފައެވެ. އަދި އޭނާ ބަންދުން ދޫކުރުމަށް އޭނާގެ ސްޕޮންސަރުގެ ނަމުގައި ސައްހަ ނޫން ސިޓީއެއް އިމިގްރޭޝަންގެ މެއިލް އަށް ފޮނުވާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު އޭނާގެ އަތުގައި ހުރި ފައިސާގެ ތެރެއިން 500،000ރ. ދިނުމަށް އަންގާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ ފައިސާ ނުދެވޭނެ ކަމަށް އޭނާ ބުނުމުން، އޭނާގެ އަތުން އަތުން 500،000ރ. އަތުލުމަށް ޝަމްއާން އެންގި ކަމަށް ވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ. އެ ބިދޭސީ މީހާ އަށް ރާއްޖެ އިން ދިއުމަށް އަންގާ ބިރު ދެއްކި ކަމަށް ދައުވާގައި ފާހަގަކޮށްފައިވެ އެވެ.

13 މާޗުގެ ދަންވަރު 3 ހާއިރު ޝަމްއާން ދިރިއުޅޭ ގެއަށް އެ ފައިސާ ގެންގޮސްދީފައިވާ ކަމަށާޢި އެ ފައިސާގެ ތެރެއިން 400،000ރ. ޝަމްއާން އަށް ދީފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ. އެ ފައިސާ ބޭނުންކޮށްގެން ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯންއަކަށް ހަމަ އެ ދުވަހު ފައިސާ ދައްކާފައިވާ ކަމަށް ދައުވާގައި ބަޔާންކޮށްފައިވެ އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅިގެން ބަންދުގައި ތިބި ހަތަރު މުވައްޒަފުންނާއި، ޝަމްއާންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ މީގެ ކުރިން ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. މި މައްސަލައިގައި ޝަމްއާންގެ އިތުރުން ހައްޔަރުކުރި 4 މީހުންނަކީ ތ ބުރުނި، މޫނިމާ، މުހައްމަދު އަލްސަން އިސްމާއީލް (21އ)، މާލެ، ގ.ހެޕީސައިޑް، އިބްރާހިމް އަހުމަދު (37އ) އަދި މާލެ ގ ހެޕީސައިޑް، ހަސަން ސަހެޝާން (47އ) ކަމަށެވެ. މި 3 މީހުން ހައްޔަރުކުރީ މާޗް 20 ވަނަ ދުވަހުގެ ރެއެވެ. އަދި 21 ވަނަ ދުވަހު މާލެ، މ. ހަޒާރީވިލާ އަހުމަދު ލައްސާން (40އ)އެވެ. މި 4 މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.

ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ޝަމްއާންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މަނީ ލޯޑްރިންގެ ކުށުގެ ދައުވާ ޝަމްއާންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެ އެވެ.

ޝަމްއާން ވަހީދުމަނީ ލޯންޑަރިންގއިމިގްރޭޝަންކްރިމިނަލް ކޯޓްކޮންޓްރޯލަރ ޖެނެރަލްބިދޭސީން-އިމިގްރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު