Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 16:36
މާލެ ސިޓީ ކައުންސިލްގެ ހުރިހާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށް ތައިސޭ ކޮށްޓަށް ވަނީ ބަދަލުކޮށްފައި
މާލެ ސިޓީ ކައުންސިލްގެ ހުރިހާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށް ތައިސޭ ކޮށްޓަށް ވަނީ ބަދަލުކޮށްފައި
މާލޭ ސިޓީ ކައުންސިލް
އާދަމް ޢާޒިމް
މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް
ކުރިން ނުވަ ޢިމާރާތަކުން ޚިދުމަތް ހޯދަން ޖެހުމުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް މިހާރު ބޮޑު ލުޔެއް ލިބިގެންދާނެ
ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް 2026 ވަނަ އަހަރު ނިމުމުން ރާއްޖޭގެ އެންމެ ބޮޑު ކައުންސިލަށް އަމިއްލަ ވަޒަނެއް ލިބިގެންދާނެ

މާލެ ސިޓީ ކައުންސިލުން، ރައްޔިތުންނަށް ދެމުން އައި ހުރިހައި ޚިދުމަތްތަކެއް، މިހާރު އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރެވިފައިވާ ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މިހާރު މާލެ ސިޓީ ކައުންސިލްގެ ހުރިހާ ޚިދުމަތްތަކެއް ލިބެމުން ދާނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި ހުންނަ، މާލެ ސިޓީގެ ހޯލުންނެވެ.

މީގެ ކުރިން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ނުވަ ޢިމާރާތަކުން ޚިދުމަތް ހޯދަންޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް، މި ބަދަލާއެކު ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް، މޭޔަރ ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރުކަމާ ޢާޒިމް ހަވާލުވެވަޑައިގެންނެވުމަށް ފަހު، ''ކުރެވޭނެ ކުރާނަން'' މި ތީމުގެ ދަށުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ކާމިޔާބީގެ ހެއްކެއްގެ ގޮތުގައި މިކަން ފާހަގަކުރައްވައި މޭޔަރ ޢާޒިމް ވިދާޅުވީ، ނުވަ ޢިމާރާތަކުން ޚިދުމަތް ހޯދަންޖެހުމުން ރައްޔިތުން އުފުލަންޖެހުނު ތަކުލީފަށް، މިހާރު މި ލިބިގެންދަނީ، ބޮޑު ލުޔެއް ކަމަށެވެ.

މޭޔަރު އާޒިމް ވިދާޅުވީ އަވަސް ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފަށައިފައިވާ މަސައްކަތަށް މީގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ނަތީޖާއަކަށް ވެގެންދާނީ، ރައްޔިތުން އެދޭ ފަދަ އަވަސް، އިޚުލާޞްތެރި ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ރައްޔިތުން، މާލެ ސިޓީ ކައުންސިލް ބަލައިގަތުން ކަމަށެވެ. އަދި ރައްޔިތުން އުފަލުން ތިބެ ޚިދުމަތް ހޯދުމަށް އަންނަ ތަނަކަށް، މާލެ ސިޓީ ކައުންސިލް ބަދަލުވެގެން ދާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ކާރޫބާރު ބޮޑު މާލޭގެ އެކި އަވަށްތަކުގައި ހުރި، ނުވަ ޢިމާރާތެއްގައި ހިނގަމުންދިޔަ މަސައްކަތްތައް، އެއް އޮފީހަކަށް ބަދަލުކުރުމުން، ޚަރަދު ކުޑަވެ، ދެވޭ ޚިދުމަތް އަވަސްވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ހިންގުމަށް ވެސް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ފާހަގަ ކުރެއެވެ.

މި ބަދަލާއެކު އެއްތަނަކުން ލިބެންފަށާ ޚިދުމަތްތަކުގެ ތެރޭގައި، ލޭންޑް އެންޑް ބިލްޑިން، ވައިޓަލް ރަޖިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސް، އެޑްމިން، ކައުންސިލް ބިއުރޯ، ފައިނޭންސް އަދި ރޯޑް މެނޭޖްމަންޓްގެ މަސައްކަތްތައް ހިމެނެއެވެ.

މީގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި ހުންނަ، މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ދެމުން އަންނަ ތައިސޭ ކޮށީގެ ނަން "މާލެ ސިޓީ ހޯލް" ގެ ނަމަށް ބަދަލުކޮށްފައެވެ.

މާލެ ސިޓީ ހޯލްގެ ނަމަށް ތައިސޭ ކޮށީގެ ނަން ބަދަލުކުރީ ބުދަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 211 ވަނަ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ ފުރިހަމަ އަޤްލަބިއްޔަތުންނެވެ.

މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންއާ ހުރިހާ ޚިދުމަތްތަކެއް ވެސް މިހާރު ދެމުން އަންނަނީ މާލެ ސިޓީ ހޯލުންނެވެ. ކާރޫބާރު ބޮޑު މާލޭގެ އެކި އަވަށްތަކުގައި ހުރި، ނުވަ ޢިމާރާތެއްގައި ހިނގަމުންދިޔަ މަސައްކަތްތައް، އެއް އޮފީހަކަށް ބަދަލުކުރުމުން، ޚަރަދު ކުޑަވެ، ދެވޭ ޚިދުމަތް އަވަސްވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ހިންގުމަށް ވެސް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ފާހަގަ ކުރައްވައެވެ.

މި ބަދަލާއެކު އެއްތަނަކުން ލިބެންފަށާ ޚިދުމަތްތަކުގެ ތެރޭގައި، ލޭންޑް އެންޑް ބިލްޑިން، ވައިޓަލް ރަޖިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސް، އެޑްމިން، ކައުންސިލް ބިއުރޯ، ފައިނޭންސް، ހަބާރ އަދި މާރުކޭޓު މެނޭޖްމެންޓްގެ އިތުރުން ރޯޑް މެނޭޖްމަންޓްގެ މަސައްކަތްތައް ހިމެނެއެވެ.

ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ވެސް މިހާރު ދަނީ ބާރު ސްޕީޑުގައި މާލެ ސިޓީ ހޯލްގެ އިރުމަތި ފަރާތުގައި ކުރެވެމުންނެވެ. އެ ގޮތުން މިހާރު ކޮންކްރީޓް މަސައްކަތުގެ، 60 އިންސައްތަ ނިމިފައިވާ މި ޢިމާރާތުގެ މަސައްކަތް، 2026 ވަނަ އަހަރު އެއްކޮށް ނިމުމުން، ރާއްޖޭގައި އޮތް އެންމެ ބޮޑު ކައުންސިލަށް، އަމިއްލަ ވަޒަނެއް ނެތުމުންގެ އުނިކަން، އަބަދުގެ އަބަދަށް ނެތިގެންދާނެ ކަމަށް، މާލެ ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. މި ކަމުގެ ސަބަބުން، ދެ ލައްކަ ފަންސާސް ހާހެއްހާ ރައްޔިތުން، ޚިދުމަތް ހޯދުމަށް ޓަކައި، ގަނެ ތެޅެމުން އައި އައުމަށް، ނިމުމެއް އަންނާނެކަމަށް، މާލެ ސިޓީ ކައުންސިލުން އުއްމީދުކުރެއެވެ.

- ކޮމެންޓް