Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ދޮންފަނު މުޒާހަރާ

ބިން ހިއްކުން ހުއްޓާލިކަން ރައީސް މުއިއްޒު އިއުލާނު ކުރުމުން، އެކަމާއި ދެކޮޅަށް ދޮންފަނުގައި މުޒާހަރާ ކުރަނީ

10 ސެޕްޓެމްބަރު 2025 | ބުދަ 13:40

ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިޔަށް ނުގެންދާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވުމާ ގުޅިގެން ރައްޔިތުން ދަނީ މުޒާހަރާކުރަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 10 ސެޕްޓެމްބަރު 2025 | ބުދަ 13:40
ބިން ހިއްކުން ހުއްޓާލިކަން ރައީސް މުއިއްޒު އިއުލާނު ކުރުމުން، އެކަމާއި ދެކޮޅަށް ދޮންފަނުގައި  ކުރި މުޒާހަރާގެ ތެރެއިން: އެ ރަށުގެ ރައްޔިތުން ގޮވާލަމުން ދިޔައީ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް

ބިން ހިއްކުން ހުއްޓާލިކަން ރައީސް މުއިއްޒު އިއުލާނު ކުރުމުން، އެކަމާއި ދެކޮޅަށް ދޮންފަނުގައި ކުރި މުޒާހަރާގެ ތެރެއިން: އެ ރަށުގެ ރައްޔިތުން ގޮވާލަމުން ދިޔައީ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް | ރާއްޖެއެމްވީ

ބ ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިޔަށް ނުގެންދާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާތީ އެކަމާއި ރުޅިގަދަވެ އެ ރަށުގެ ރައްޔިތުން މުޒާހަރާކޮށްފި އެވެ.

ދޮންފަނުގައި ބުދަ ދުވަހު ހަވީރު ކުރިޔަށް ގެންދިޔަ މުޒާހަރާގައި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

Advertisement - newsAdvertisement

މުޒާހަރާގެ ބައިވެރިން އެއް އަޑަކުން ގޮވާލަމުން ގެންދިޔައީ ރައީސް މުއިއްޒުގެ އެ ނިންމުން ބަދަލުކުރައްވައި، ދޮންފަނުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށެވެ. އެގޮތުން ބިންހިއްކުން އަވަސް ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ދިޔައީ ގޮވާލަމުންނެވެ.

ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ރާއްޖެ އެމްވީ އަށް ވިދާޅުވީ ރަށުގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެގޮތުން ރައީސް މުއިއްޒު ވައުދުވެވަޑައިގަތް ގޮތަށް ބިން ހިއްކައިގެން ނަމަވެސް އަދި ރަށުގައި މިވަގުތު އޮތް ހުސްބިމުގައި ރޯހައުސްތަކެއް އަޅައިގެން ކަމުގައި ވިޔަސް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯއްދަވައިދެއްވުމަށް އެދޭ ކަަމަށެވެ.

އިރުޝާދު ވިދާޅުވީ ރައީސް މުއިއްޒު އެ ރަށަށް ވަޑައިގެން ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި އިރުގައި ވެސް އެ ސަރަހައްދަކީ ހިމާޔަތްކޮށްފައި އޮތް ސަރަހައްދެއްކަން ވަރަށް ރަނގަޅަށް އެނގިލައްވާ ކަމަށެވެ. ނަމަވެސް ފަހުން ބިންހިއްކުމަށް ނިންމެވި އެ ނިންމެވުން ބަދަލުކުރައްވައި އެކަން ކެންސަލް ކުރުމަކީ އެ ރަށުގެ ރައްޔިތުން ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިރުޝާދު ވިދާޅުވީ ދޮންފަނުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ލިބެންދެން ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތައް ސިލްސިލާ ކޮށް ކުރިޔަށް ދާނޭ ކަމަށެވެ.

ދޮންފަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ބޯހިޔާކަމުގެ މައްސަލަ. މުޒާހަރާގެ ބައިވެރިންގެ ޑިމާންޑަކީ ވެސް އެއީ، ރައީސް މުއިއްޒު އަލުން ރަނގަޅަށް ވިސްނާވަޑައިގެން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުން. ބިން ހިއްކައިގެން ވިޔަސް ނޫނީ ރަށުގެ ހުސްބިން އޮތް ތަނުގައި ރޯހައުސްތަކެއް އަޅައިގެން ނަމަވެސް މި ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ބޭނުން ވަނީ. މިކަމަށް ހައްލެއް ލިބެން ދެން މުޒާހަރާތައް ކުރިޔަށް ދާނެ.
ބ ދޮންފަނު ކައުންސިލް ރައީސް އަހުމަދު އިރުޝާދު

ދޮންފަނު ރައްޔިތުންގެ މުޒާހަރާކުރަމުން ގެންދިޔައީ އެމީހުންގެ ކަންބޮޑުވުންތަކުގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. އެގޮތުން ބިން ހިއްކުން އަވަސްކުރޭ، ރައްޔިތުންގެ އާދޭސް އަޑު އަހާ، ދޮންފަނު ރައްޔިތުންނަށް ހައްގުމިންވަރަކީ މިއީ ތޯ، ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާ ފަދަ ޝުއޫރުތައް ހިމެނެއެވެ.

ބޯހިޔާވަހިކަމަށް ހައްލުހޯދުމަށް ދޮންފަނުގެ ރައްޔިތުން މުޒާހަރާކުރަން ފަށާފައިވާއިރު، އަންގާރަ ދުވަހު ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިޔަށް ނުގެންދާނެ ކަމަށެވެ. އަދި ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވައުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށާއި ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ހިންގަން ވައުދު ވިން ކަމަށާއި އަދި އެވައުދު ފުއްދުމަށް އެގްރިމެންޓުގައި ސޮއި ވެސް ކުރި ކަމަށް ރައިސް ވިދާޅުވި އެވެ.

ނަމަވެސް ރައްޔިތުން އެ މަޝްރޫޢު ހިންގަން ބޭނުން ނުވާކަން ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާތީ އެރަށުގައި ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ކަމަށާއި ރަސްމީކޮށް އެ ކައުންސިލަށް ސިޓީއަކުން ކަމާބެހޭ ވުޒާރާއިން އަންގާނެ ކަމަށް ވެސް ރައިސް ވަނީ ވިދާޅުވެފަ އެވެ.

ބ. ދޮންފަނުއަހުމަދު އިރުޝާދުބިންހިއްކުންބޯހިޔާވަހިކަންއިހުތިޖާޖުޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2026

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

21 އޮކްޓޯބަރު 2026
މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!
21 އޮކްޓޯބަރު 2026

ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ބައިލެޓްރަލް ވިޔަފާރި މިހާރު އޮތް 13 މިލިއަން ޑޮލަރުން ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވޭ: ރައީސް

21 އޮކްޓޯބަރު 2026
ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ބައިލެޓްރަލް ވިޔަފާރި މިހާރު އޮތް 13 މިލިއަން ޑޮލަރުން ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވޭ: ރައީސް
20 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިރިއުޅޭނީ ދިވެހި ރައްޔިތުންނާއި އަރަބި އިސްލާމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

20 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިރިއުޅޭނީ ދިވެހި ރައްޔިތުންނާއި އަރަބި އިސްލާމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
20 އޮކްޓޯބަރު 2026

ހަމަނުޖެހުންތަކަށް ފަހު ފަރަންސޭސިވިލާތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިތުރަށް ކާފިއު ހިންގަން ތައްޔާރުވެއްޖެ

20 އޮކްޓޯބަރު 2026
ހަމަނުޖެހުންތަކަށް ފަހު ފަރަންސޭސިވިލާތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިތުރަށް ކާފިއު ހިންގަން ތައްޔާރުވެއްޖެ
20 އޮކްޓޯބަރު 2026

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި

20 އޮކްޓޯބަރު 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި
19 އޮކްޓޯބަރު 2026

ރާއްޖޭގެ ބިން ޒަޔަނިސްޓުންގެ އަތުން ސަލާމަތް ކުރުމަށް ދަމު ނަމާދާއެކު ހިމޭން އިހުތިޖާޖެއް މިހާރު ވެސް ދަނީ ކުރަމުން: އިމްރާން

19 އޮކްޓޯބަރު 2026
ރާއްޖޭގެ ބިން ޒަޔަނިސްޓުންގެ އަތުން ސަލާމަތް ކުރުމަށް ދަމު ނަމާދާއެކު ހިމޭން އިހުތިޖާޖެއް މިހާރު ވެސް ދަނީ ކުރަމުން: އިމްރާން
19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!
19 އޮކްޓޯބަރު 2026

މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ

19 އޮކްޓޯބަރު 2026
މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ
19 އޮކްޓޯބަރު 2026

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

19 އޮކްޓޯބަރު 2026
އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި
17 އޮކްޓޯބަރު 2026

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

17 އޮކްޓޯބަރު 2026
ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް