Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު

ދޮންފަނު ރައްޔިތުންނާއި ގުޅޭގޮތުން ރައީސް މުއިއްޒު ކަނޑައެޅިގެން އިތުރުފުޅު ހައްދަވާފައިވާތީ، އެކަން ދޮންފަނު ކައުންސިލުން ކުށްވެރިކޮށްފި

13 އޮގަސްޓް 2025 ގައި ރައީސް މުއިއްޒު ދޮންފަނަށް ވަޑައިގެން، ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ރަށު ރައްޔިތުންގެ ކުރިމަތީގައި އެމްޓީސީސީއާ އެކު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2025 | އަންގާރަ 13:55
ބ، ދޮންފަނު ބިންހިއްކުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން, އެއްބަސްވުމުގައި ސޮއި ކުރިތާ މަސް ދުވަސް ނުވަނިސް، ރައްޔިތުންގެ އެދުމުގެ މަތިން ކަމުގައި ބުނެ ރައީސް މުއިއްޒުވަނީ މި މަސައްކަތް ހުއްޓާލަން ނިންމާފަ.

ބ. ދޮންފަނު ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދަން ނިންމާފައިވަނީ އެރަށު ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަކީ ސީދާ އިތުރުފުޅެއް ކަމަށް ބުނެ، ދޮންފަނު ކައުންސިލުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، 13 އޮގަސްޓް 2025 ގައި ރައީސް މުއިއްޒު ދޮންފަނަށް ވަޑައިގެން، ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ރަށު ރައްޔިތުންގެ ކުރިމަތީގައި އެމްޓީސީސީއާ އެކު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ. ނަމަވެސް 9 ސެޕްޓެމްބަރ 2025 ގައި ރަށު ރައްޔިތުން ބިން ހިއްކުމަށް ބޭނުންނުވާ ކަމަށް ވިދާޅުވެ މަޝްރޫޢު ހުއްޓާލައްވަން ނިންމަވާފައިވަނީ، ރައްޔިތުންނާއި ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ކަމުގައެެވެ.

Advertisement - newsAdvertisement

ދޮންފަނަކީ ބިމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެއްކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ފެންނަން އޮތީ ހަމައެކަނި ރަށުގެ ބިން ހިއްކައިގެން ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި މި މަޝްރޫޢަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް މަޝްރޫޢު ކަމަށްވެފައި، ރައްޔިތުންނާ މަޝްވަރާކުރުމެއްނެތި ކުއްލި ގޮތަކަށް މިފަދަ ނިންމުމެއް ނިންމެވުމަކީ ރައްޔިތުންނާއި ކައުންސިލް ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައިވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ކައުންސިލުން ވަނީ ރައްޔިތުންނާއި ކައުންސިލްގެ އެދުމާ ދެކޮޅަށް ނިންމަވާފައިވާ މި ނިންމެވުން އަނބުރާ ގެންދެވުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެއްވެސް ދަތިކަމެއް ހުރިނަމަ، އެކަމެއް ހައްލުކޮށްދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ، ރައްޔިތުން އެދިފައިވާ ގޮތަށް ދޮންފަނުގެ ބިން ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފެއްޓެވުމަށާއި، ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދި ގޮވާލައްވާފައެވެ.

ބ. ދޮންފަނުން ބިން ހިއްކަން ރައްޔިތުން ނޭދޭ ކަމަށް ވިދާޅުވެ ބިން ހިއްކުމުގެ ޕްރޮޖެކްޓު ކުރިއަށް ނުގެންދިއުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވުމުން އެ ރަށު ރައްޔިތުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. ސަރުކާރުން ކުރާ މިފަދަ ތާކުންތާކު ނުޖެހޭ ކަންތައްތަކުގެ ސަބަބުން ގިނަބައެއްގެ ފާޑުކިޔުން މިހާރުވެސް ރައީސް މުއިއްޒުގެ ސަރުކާރަސް އަމާޒުވެއެވެ.

ރައީސް މުއިއްޒުބ. ދޮންފަނުދޮންފަނު ކައުންސިލްއެމްޓީސީސީބިންހިއްކުންބޯހިޔާވަހިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު