Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ކުރީގެ ރައީސް ބައިޑަންގެ ރިޔާސީ ލައިބްރަރީ ޑެލްވެއާގައި ޤާއިމު ކުރަން ފަންޑު ހޯދަނީ

8 ސެޕްޓެމްބަރު 2025 | ހޯމަ 05:13

އެ މަޝްރޫއުގެ ބޯޑުގައި ހިމެނޭ މެމްބަރުންނަކީ، ބައިޑަންގެ ދައުރުގައި ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި އެންތަނީ ބްލިންކަންގެ އިތުރުން، ދިގު މުއްދަތެއް ވަންދެން ބައިޑަން އަށް ލަފާދޭ ފަރާތެއްގެ ގޮތުގައި ހުންނެވި ސްޓީވް ރިޗެޓީ އަދި ޑިމޮކްރަޓިކް ޕާޓީގެ ފަންޑުގެ ކަންކަން ބަލަހައްޓާން ރޫފަސް ގިފޯޑް އެވެ. ގިފޯޑް އަކީ ބައިޑަންގެ ދެމަފިރިންނާ ގާތް ގުޅުމެއް ވެސް އޮންނަ ފަރާތެެކެވެ.

ޖޯ ބައިޑެންގެ ރިޔާސީ ލައިބްރަރީ ޑެލަވެއަރގައި ޤާއިމްކުރުމަށް 13 މެންބަރުންގެ ބޯޑެއް އެކުލަވާލައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ސެޕްޓެމްބަރު 2025 | ހޯމަ 05:13
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ރިޔާސީ ލައިބްރަރީ ޑެލްވެއާގައި ޤާއިމު ކުރުމަށް ނިންމައި، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ހޯދުމާއި، ތަން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް 13 މެމްބަރުންގެ ބޯޑެއް އެކުލަވާލައިފި އެވެ.

ކުރީގެ ރައީސް ބައިޑަން އަދި އަނބިކަނބަލުން ޖިލް ބައިޑަން ފައުންޑޭޝަން އިން މިދިޔަ ހަފުތާގެ އެކުލަވާލި ބޯޑުގައި ހިމެނޭ މެމްބަރުންނަކީ، ބައިޑަންގެ ދައުރުގައި ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި އެންތަނީ ބްލިންކަންގެ އިތުރުން، ދިގު މުއްދަތެއް ވަންދެން ބައިޑަން އަށް ލަފާދޭ ފަރާތެއްގެ ގޮތުގައި ހުންނެވި ސްޓީވް ރިޗެޓީ އަދި ޑިމޮކްރަޓިކް ޕާޓީގެ ފަންޑުގެ ކަންކަން ބަލަހައްޓާން ރޫފަސް ގިފޯޑް އެވެ. ގިފޯޑް އަކީ ބައިޑަންގެ ދެމަފިރިންނާ ގާތް ގުޅުމެއް ވެސް އޮންނަ ފަރާތެެކެވެ.

އެމެރިކާގެ ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތައް އަދި ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް ބައިޑަންގެ މި މަޝްރޫއަށް ފައިސާ ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށާއި، އެކަމުގައި ގޮންޖެހުން ތަކެއް ކުރިމަތި ވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއީ ޑިމޮކްރަޓިކް ޕާޓީ އަށް ބޮޑެތި އަދަދު ތަކުން ފައިސާ ހަދިޔާ ކުރާ ފަރާތްތަކުން ވެސް، މި ވަގުތު ފައިސާ ދިނުން މަދު ކޮށްފައިވާތީ ކަމަށް ބުނެފައިވެ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް އެކުލަވާލި ބޯޑުގެ ޗެއާ އަކީ ގިފޯޑް އެވެ. އެ މަޝްރޫއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޯޑުން ވަކި އަމާޒުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ކުރީގެ ބައެއް އެހެން ރައީސުން ވެސް ވަނީ، އެ ބޭފުޅުންގެ ނަން މަތީގައި ލައިބްރަރީތައް ޤާއިމު ކޮށްފަ އެވެ. އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗްޑަބްލިއު ބުޝްގެ ލައިބްރަރީ 1997 ވަނަ އަހަރު ހުޅުވާފައިވާއިރު، އެ ލައިބްރަރީގެ އަގަކީ 43 މިލިއަން އެމެރިކާ ޑޮލަރެވެ.

ކުރީގެ ރައީސް ބިލް ކްލިންޓަންގެ ލައިބްރަރީގެ އަގަކީ 164 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި ޖޯޖް ޑަބްލިއު ބުޝްގެ ލައިބްރަރީ އަށް ޚަރަދުވެފައި ވަނީ 500 މިލިއަން އެމެރިކާ ޑޮލަރެވެ. މީގެ އިތުރުން، ކުރީގެ ރައީސް ބަރަކް އޮބާމާގެ ލައިބްރަރީ އަށް 1.6 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ޚަރަދުވެފަ އެވެ.

ކުރީގެ ރައީސުންގެ ނަމުގައި ރިޔާސީ ލައިބްރަރީތައް ޤާއިމު ކުރާއިރު، އެ އިމާރާތްތައް ޤާއިމު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ފައިސާ ހޯދަނީ ކުރީގެ ރައީސުން އުފައްދާ ނޮން-ޕްރޮފިޓް ޖަމިއްޔާ ތަކަށް އަމިއްލަ ފަރާތްތަކުން ދޭ ހަދިޔާ އިންނެވެ. ބައިޑަންގެ ލައިބްރަރީ ޤާއިމު ކުރުމުގެ މަޝްރޫއު އަދި އޮތީ ފެށުމުގެ މަރުޙަލާގަ އެވެ.

ނިމިދިޔަ ދައުރު އެމެރިކާގެ ރައީސް ކަމުގެ މަޤާމު އަދާ ކުރެއްވި ބައިޑަން، ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވީ 2020 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފަ އެވެ. އެ އިންތިޚާބުގައި ބައިޑަން ވަނީ ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ.

އޭގެ ފަހުން މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިޑަން ވަނީ، ދެ ވަނަ ދައުރެއް ހޯދުމަށް ވާދަ ކޮށްފަ އެވެ. ނަމަވެސް، އިންތިޚާބުގެ ވަކި ހިސާބަކުން ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވެ ވަޑައިގެންފަ އެވެ. އެއީ ބައިޑަންގެ ޞިއްޙީ ޙާލަތާ ގުޅޭ ގޮތުން ގިނަ ވާހަކަ ތަކެއް ދެކެވި، އޭނާ އަށް އެތައް ފާޑު ކިޔުން ތަކެއް އަމާޒުވަމުން ދިޔުމުންނެވެ.

އެމެރިކާގެ ރައީސް ކަމުގެ މަޤާމު އަދާ ކުރެއްވުމުގެ ކުރިން ބައިޑަން ވަނީ، އޮބާމާގެ ރިޔާސީ ދެ ދައުރުގައި ވެސް އޭނާގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. ނައިބު ރައީސް ކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ބައިޑަން ވަނީ އެކި ދާއިރާ ތަކުން ދައުލަތަށް ޚިދުމަތް ކޮށްފަ އެވެ.

މަސްދަރު: ދި ގާޑިއަން

ޖޯ ބައިޑަންޑެލަވެއަރރިޔާސީ ލައިބްރަރީިޖިލް ބައިޑަންޑިމޮކްރެޓިކް ޕާޓީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
05 ނޮވެމްބަރު 2025

ވާޖިނިއާގެ ފުރަތަމަ އަންހެން ގަވަރުނަރަކަށް ޑިމޮކްރަޓިކް ޕާޓީގެ ސްޕެންބާގާ

05 ނޮވެމްބަރު 2025
ވާޖިނިއާގެ ފުރަތަމަ އަންހެން ގަވަރުނަރަކަށް ޑިމޮކްރަޓިކް ޕާޓީގެ ސްޕެންބާގާ
05 ނޮވެމްބަރު 2025

ސިޔާސީ ޙަރަކާތްތަކާ ދުރުގައި ހުންނެވި ބައިޑަން ފެނުނީ ރެސްޓޯރެންޓެއް ގައި ފަރިއްކުޅުވަން އިންނަވަނިކޮށް

05 ނޮވެމްބަރު 2025
ސިޔާސީ ޙަރަކާތްތަކާ ދުރުގައި ހުންނެވި ބައިޑަން ފެނުނީ ރެސްޓޯރެންޓެއް ގައި ފަރިއްކުޅުވަން އިންނަވަނިކޮށް
03 ނޮވެމްބަރު 2025

ޓްރަމްޕްގެ ޤާނޫނާ ޚިލާފު އަމަލުތަކާ ދެކޮޅަށް ތެދުވުމަށް އޮބާމާ ގޮވާލައްވައިފި

03 ނޮވެމްބަރު 2025
ޓްރަމްޕްގެ ޤާނޫނާ ޚިލާފު އަމަލުތަކާ ދެކޮޅަށް ތެދުވުމަށް އޮބާމާ ގޮވާލައްވައިފި
02 ނޮވެމްބަރު 2025

ބައިޑަން ޖަލަށް ލާން ޖެހޭ ކަމަށް ގޮވާލައި ޓްރަމްޕް ވިދާޅުވީ، އެއީ ނާކާމިޔާބު މީހެއް ކަމަށް

02 ނޮވެމްބަރު 2025
ބައިޑަން ޖަލަށް ލާން ޖެހޭ ކަމަށް ގޮވާލައި ޓްރަމްޕް ވިދާޅުވީ، އެއީ ނާކާމިޔާބު މީހެއް ކަމަށް
30 އޮކްޓޯބަރު 2025

ޓްރަމްޕްގެ ވެރިކަމަކީ އެމެރިކާ އަށް އަނދިރި ދުވަސް ތަކެއް، ރައްޔިތުން ހިތްވަރު ކުރަން ޖެހޭ: ބައިޑަން

30 އޮކްޓޯބަރު 2025
ޓްރަމްޕްގެ ވެރިކަމަކީ އެމެރިކާ އަށް އަނދިރި ދުވަސް ތަކެއް، ރައްޔިތުން ހިތްވަރު ކުރަން ޖެހޭ: ބައިޑަން
28 އޮކްޓޯބަރު 2025

އިންތިޚާބުގައި ވާދަ ނުކުރަށްވަން ބައިޑަން އަށް ލަފާ ނުދިނީ އަމިއްލަ އެދުން އިސް ކުރަން ބޭނުން ނުވާތީ: ކަމަލާ

28 އޮކްޓޯބަރު 2025
އިންތިޚާބުގައި ވާދަ ނުކުރަށްވަން ބައިޑަން އަށް ލަފާ ނުދިނީ އަމިއްލަ އެދުން އިސް ކުރަން ބޭނުން ނުވާތީ: ކަމަލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް