Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ގުނަވަން ބުރިކުރުން

އިންޝުއަރެންސް ފައިސާ ހޯދުމުގެ ދަހިވެތި ކަމުގައި ޑޮކްޓަރަކު އަމިއްލަ ދެ ފައި ބުރިކޮށްލައިފި

ސަތޭކަ އެތައް މީހެއްގެ ފައި ބުރި ކުރުމުގެ އޮޕަރޭޝަން ކުރި ޑޮކްޓަރަކު، އަމިއްލަ ދެ ފައި ބުރިކޮށްލީ އިންޝުއަރެންސްއިން މަކަރުން ފައިސާ ހޯދުމަށް ކަމަށް ކޯޓުގައި ވަނީ އިޢުތިރާފުވެފައެވެ.

ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 17:27
ހޮޕަރ - އަމިއްލަ ދެ ފައި ބުރިކޮށްލީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށް ކޯޓު ގައި ވަނީ ހާމަވެފައި

ހޮޕަރ - އަމިއްލަ ދެ ފައި ބުރިކޮށްލީ ފައިސާގެ ދަހިވެތި ކަމުގައި ކަމަށް ކޯޓު ގައި ވަނީ ހާމަވެފައި

އިންޝުއަރެންސް ފައިސާ ހޯދުމުގެ ދަހިވެތި ކަމުގައި އިނގިރޭސި ވިލާތުގެ ޑޮކްޓަރަކު އަމިއްލަ ދެ ފައި ބުރިކޮށްލައިފިއެވެ.

ނޭޝަނަލް ހެލްތް ސާރވިސް (އެން.އެޗް.އެސް) ގެ ވަސްކިއުލަރ ސަރޖަން އޭނާގެ އަމިއްލަ ދެ ފައި ބުރިކޮށްލި ކަމަށް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ގައި ވަނީ އިޢުތިރާފު ވެފައެވެ.

އުމުރުންގެ 49 އަހަރުގެ ނީލް ހޮޕަރ ވަނީ 2019 ގައި އޭނާގެ އަމިއްލަ ދެ ފައި ބުރިކޮށްލުމުގެ ކުރިން އެތައް ސަތޭކަ ފައި ބުރިކުރުމުގެ އޮޕަރޭޝަންތައް ކޮށްފައެވެ.

ޓްރޫރޯ ކްރައުން ކޯޓުގައި އޮތް އަޑުއެހުމުގައި ހާމަވި ގޮތުގައި އޭނާ އިންޝުއަރެންސް ކުންފުންޏަށް ދޮގު ހަދާ، ބުނެފައި ވަނީ އޭނާގެ ދެ ފަޔަށް ސެޕްސިސް ބަލީގެ ސަބަބުން ލިބުނު ގެއްލުމެއް ކަމަށެވެ. އެއީ އޭނާ އަމިއްލަ އަށް ކުރި ކަމެއް ކަމަކަށް ނުބުނެއެވެ. ކޯޓުގައި ހާމާވި ގޮތުގައި 2019 ގެ މޭ މަހު ހޮޕަރ ވަނީ "ގޮތްނޭނގޭ ބައްޔެއް" ގެ ސަބަބުން ކަކުލުން ތިރީ ބައި ބުރިކޮށްލާފައެވެ. އޭނާ ވަނީ ގަނޑުފެނާއި އަދި ޑްރައި އައިސް ބޭނުން ކޮށްގެން އަމިއްލަ ދެ ފައި ގަނޑުކޮށް، ބުރިކޮށްލަން ޖެހޭ ހިސާބަށް ގެންގޮސްފައެވެ.

ކޯޓުގައި ހާމަވި ގޮތުގައި 2019 ގެ މޭ މަހު ހޮޕަރ ގެ ދެފައި ވެސް ބުރިކޮށްލީ ދެފައިގައި ރިހޭކަމަށް ބުނެއެވެ. އޭނާ އަށް ފަރުވާ ދެވުނީ ސެޕްސިސް ބަލި ހުރި ކަމަށް ބަލައިގެން ކަމަށްވެއެވެ. އަދި އޮޕަރޭޝަން ޑޮކްޓަރުން އޭނާގެ ދެ ފައި ވެސް ބުރި ކޮށްލަން ޖެހޭ ކަމަށް ބުނެފައިވެއެވެ. އޭގެ ފަހުން އޮޕަރޭޝަން ކުރެވުނެވެ. އޭނާގެ ދެ ފަޔަށް ގެއްލުން ލިބުނު ހަގީގީ ސަބަބު ޑޮކްޓަރުންގެ ގާތުގައި ބުނެފައި ނުވާ ކަމަށް ކޯޓު އަޑުއެހުމުގައި ވަނީ ހާމަ ވެފައެވެ.

ދެފައި ބުރި ކޮށްލުމަށްފަހު ދެ ކުންފުންޏަކުން ކުރި އިންޝުއަރެންސް ކްލެއިމްތަކުގެ ޖުމްލަ އަދަދު 466,000 ޕައުންޑަށް ވުރެ ގިނަ ކަމަށް ކޯޓު އަޑުއެހުމުގައި ވަނީ ހާމަ ވެފައެވެ. އޭނާ މިކަން ކުރީ "ދަހިވެތިކަމުން" ކަމަށް ކޯޓުގައި ބުނެފައިވެއެވެ.

އޭނާ ރައްޓެއްސަކަށް މެސެޖް ކޮށް ބުނެފައިވަނީ މިކަމުން "ފައިދާ ނަގަން" ޖެހޭނެ ކަމަށެވެ. އިންޝުއަރެންސްގެ ފައިސާ އިން 50,000 ޕައުންޑަށް ވުރެ ގިނަ އަދަދެއް އަނބިމީހާ އަށް ފޮނުވާފައި ވާއިރު، 255,000 ޕައުންޑް އިމާރާތް ކުރުމާއި ގެ މަރާމާތު ކުރުމަށާއި ހޮޓް ޓަބެއް ގަތުމަށް ހޭދަކޮށްފައިވެއެވެ.

ފައި ބުރިކޮށްލުމަށްފަހު، އޭނާ ވަނީ 6 މަސްދުވަހަށްވުރެ ކުޑަ މުއްދަތެއްގެ ތެރޭގައި، ޖަހާފައިވާ މަސްނޫއީ ފައިތަކާއެކު އަނބުރާ ހޮސްޕިޓަލުގެ މަސައްކަތައް ނުކުތެވެ.

އޭނާ ހައްޔަރުކުރެވުނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އަދި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މެޑިކަލް ރަޖިސްޓަރީން އޭނާ ސަސްޕެންޑް ކުރެވިފައިވެއެވެ.

އިންޝުއަރެންސް ފްރޯޑްއެންއެޗްއެސްސެޕްސިސް

ކޮމެންޓް

އިތުރަށް ކިޔާލަން

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025
ބޮޑުވަޒީރު މޯދީގެ ކޮވިޑް-19 ރިލީފް ފަނޑަށް އަކްޝޭ އާއި ވަރުން ފައިސާ ހަދިޔާކޮށްފި

ބޮޑުވަޒީރު މޯދީގެ ކޮވިޑް-19 ރިލީފް ފަނޑަށް އަކްޝޭ އާއި ވަރުން ފައިސާ ހަދިޔާކޮށްފި

29 މާރިޗު 2020
ޝްވެކުގައި "ގޮށްރާޅު" އެޅުވި ފައިސާތައް ނުދީގެން ޕްރޮޑިއުސަރު ރަތަށް!

ޝްވެކުގައި "ގޮށްރާޅު" އެޅުވި ފައިސާތައް ނުދީގެން ޕްރޮޑިއުސަރު ރަތަށް!

27 އޮކްޓޯބަރު 2019
ސަލްމާނަށް ލިބުނު ފައިސާ ހަރަދުކުރަނީ ގޭގެ ފުރާޅު މަރާމާތު ކުރަން

ސަލްމާނަށް ލިބުނު ފައިސާ ހަރަދުކުރަނީ ގޭގެ ފުރާޅު މަރާމާތު ކުރަން

25 ޑިސެމްބަރު 2018
400 އަހަރު ވަންދެން ކަޅު ނަސްލުގެ މީހުން އަޅުވެތި ކަމުގައި ތިބީ އަމިއްލަ އިހްތިޔާރުގައި ކަމަށް ކާންޔޭ ބުނެފި

400 އަހަރު ވަންދެން ކަޅު ނަސްލުގެ މީހުން އަޅުވެތި ކަމުގައި ތިބީ އަމިއްލަ އިހްތިޔާރުގައި ކަމަށް ކާންޔޭ ބުނެފި

03 މެއި 2018

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު