Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ

ރައީސް މުއިއްޒުގެ ހެޔޮފުޅުކަން؛ އެއްވެސް މަސައްކަތެއް ނުކުރާ ފެނަކަ މެނޭޖަރަކަށް މުސާރަ ހިނގާތާ 14 މަހަށް ވުރެ ގިނަ ދުވަސް

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 03:30

ހދ. ނޭކުރެންދޫ ފެނަކަ އޮފީހުގެ އެސިސްޓެންޓް މެނޭޖަރ މުހައްމަދު ތޯހިރު 14 މަހަށްވުރެ ގިނަ ދުވަހު މަސައްކަތަށް ނުނިކުމެ މުސާރަ ނަގަމުންދޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 03:30
ހދ. ނޭކުރެންދޫ ފެނަކަ އޮފީސް

ހދ. ނޭކުރެންދޫ ފެނަކަ އޮފީސް

ހދ. ނޭކުރެންދޫ ފެނަކަ އޮފީހުގެ އެސިސްޓެންޓް މެނޭޖަރެއްގެ މަގާމުގައި ހުރި މުހައްމަދު ތޯހިރަށް، އެއްވެސް މަސައްކަތެއް ނުކުރާތާ 14 މަހަށް ވުރެ ގިނަ ދުވަސްވެފައި ވާއިރުވެސް މުސާރަ ލިބެމުންދާކަން ހާމަވެއްޖެއެެވެ.

ރާއްޖެ ޓީވީ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ހދ. ނޭކުރެންދޫ ފެނަކަ އޮފީހާ މިވަގުތު ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖަރ އަލީ ޒާހިރު ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. ނޭކުރެންދޫ ފެނަކަ އޮފީހުގައި ޖާގަ ނެތުމުގެ ސަބަބުން މިވަގުތު އެއޮފީހުގައި މަސައްކަތްކުރާ 3 މެނޭޖަރުންވެސް މަސައްކަތް ކުރަން ހުންނަނީ އެންމެ ކޮމްޕިއުޓަރ ސިސްޓަމެއް ކަމަށާއި، އެސިސްޓެންޓް މެނޭޖަރ ތޯހިރު މަސައްކަތައް ނުނިކުންނަނީ އޮފީހުގައި ޖާގައިގެ ދަތިކަން ހުރުމުންކަމަށް ލަފާ ކުރެވޭ ކަމަށް އަލީ ޒާހިރު ފާހަގަ ކުރައްވާފައި ވެއެވެ.

Advertisement - newsAdvertisement

މީގެ އެތަށް މަހެއް ކުރިން، މިކަން ފެނަކަ ހެޑް އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާނޭ ކަމަށާއި ނަމަވެސް އެޅިހާވެސް ފިޔަވަޅަކީ ބަޔާން ނަގަން އަންގާ، ލިޔުމުން ނަސޭހަތް ދިނުން ކަމުގައި އަލީ ޒާހިރު ވިދާޅުވެފައިވެއެވެ. ނަމަވެސް ބަޔާނުގައި ސޮއި ކުރުމަށް ތޯހިރު ދެކޮޅު ހަދާފައިވާ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވެފައިވެއެވެ. އަދި އެސިސްޓެންޓް މެނޭޖަރު ތޯހިރަށް ލިޔުމުން ނަސޭހަތް ދެވުނު ފަނުން މިހާރު 3 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށާއި ނަމަވެސް އޭގެ ފަހުން ހެޑް އޮފީހުން ވަކި އެއްޗެއް އަނގާފައި ނުވާކަންވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

އެސިސްޓެންޓް މެނޭޖަރު މަސައްކަތެއް ނުކުރާތާ 12 މަހެއް ނޫން 14 މަސް ދުވަހަށްވުރެ ގިނަ ދުވަސްވެދާނެ..މިކަން ހެޑް އޮފީހުގެ ސަމާލު ކަމަށްވެސް ގެނެސްފަވާނީ..ހެޑް އޮފީހުން އެންގި ތޯހިރު [އެސިސްޓެން މެނޭޖަރު] ގެ ބަޔާން ނަގާ، ބަޔާނުގަ ސޮއި ކުރުވުމަށް..އެހެން ނަމަވެސް އެބޭފުޅާ [އެސިސްޓެންޓް މެނޭޖަރ] އޭގަ ސޮއި ނުކުރޭ..ސޮއި ނުކުރި ވާހަކަވެސް އޮންނާނީ އަންގާފާ..އޭގެ ފަހުން ލިޔުމުން މީގެ 3 މަސް ކުރިން ނޯޓިސް އެއް ދީފައިވޭ...........ވަޒީފާއިން ކަނޑާލުންފަދަ ފިޔަވަޅެއް އަޅަން އުޅޭކަމުގެ މައުލޫމާތެއް ނުލިބޭ
ހދ. ނޭކުރެންދޫ ފެނަކަ އޮފީހުގެ ޑެޕިއުޓީ މެނޭޖަރ އަލީ ޒާހިރު

ރާއްޖެ ޓީީވީ އަށް މައުލޫމާތު ލިބިފައިވާގޮތުން، ނޭކުރެންދޫގައި އަމިއްލަ ވިޔަފާރިވެސް ކުރާ މުހައްމަދު ތޯހިރު ކޮންމެ ދުވަަހަކުވެސް އޮފީހަށް ސައިން އިން ވުމަށްފަހު ދެން އުޅެނީ އަމިއްލަ މަސައްކަތްތަކުގައެވެ.

ސަރުކާރުގެ ދަރަނިތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، ހަރަދު ކުޑަކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ހައިރާންވާފަދަ ފިޔަވަޅު ތަކެއް އަޅަމުންދާކަމަށް ސަރުކާރުން ވިދާޅުވަމުން ދާއިރު، އެންމެ ފަހުން ރައީސް މުއިއްޒު ހދ. ނޭކުރެންދޫއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށްވެސް ވަނީ، ބަނގުރޫޓު ވެފައިވާ ފެނަކައިންވެސް ކުންފުންޔަށް އިތުރަށް ގެއްލުންވާ ގޮތަށް ވަޒީފާތައް ދެއްވާފައެވެ.

މީގެ އިތުރުން އާބާދީގައި 600 އެއްހާ މީހުން ދިރިއުޅޭ ނޭކުރެންދޫގެ ސިއްހީ މަރުކަޒު އަދި ރަށު ކައުންސިލަށް 2 ޕޮލިޓިކަލް ޑިރެކްޓަރުން ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އައްޔަނު ކޮށްފައިވެއެވެ. މި މަގާމުތަކަަށް މީހުން އައްޔަނު ކުރުމާއެކު ނޭކުރެންދޫގެ ސިއްހީ މަރުކަޒު އަދި ކައުންސިލަށް ރައީސް މުއިއްޒު އައްޔަނުކޮށްފައިވާ ސިޔާސީ މީހުންގެ ޖުމްލަ އަދަދު ފަހަކަށް އަރައެވެ. އަދި ނޭކުރެންދޫ ފެނަކައިގަވެސް 30 އަށްވުރެ ގިނަ މީހުން މަސައްކަތްކުރެއެވެ.

ގައުމުގެ އިގްތިޞާދީ ހާލަތު ދުވަހެއް ދުވަހަކަަށް ދަށަށްދާއިރު ވެސް ސަރުކާރުގެ އިސްރާފުކުރުން ބޮޑުތަނުން އިތުރުވެފަވާކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.

ހދ. ނެއްލައިދޫފެނަކަރައީސް މުއިއްޒުއިގްތިޞާދީ ހާލަތު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
05 ޑިސެމްބަރު 2025

ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟

05 ޑިސެމްބަރު 2025
ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް