Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިސްރާއީލް އަށް ދުނިޔޭގެ ތާއީދު ގެއްލެމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޓްރަމްޕް ވިދާޅުވީ، ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން އިސްރާއީލް އަށް އަސްކަރީ ގޮތުން ކާމިޔާބީ ތަކެއް ހޯދިދާނެ ކަމަށެވެ. އެހެން ނަމަވެސް، އިސްރާއީލް އަށް ދުނިޔޭގެ ތާއީދު ގެއްލެމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އިސްރާއީލުން ގާޒާގައި އަސްކަރީ ގޮތުން ކާމިޔާބު ހޯދަމުންދިޔަ ނަމަވެސް ދުނިޔޭގެ އާންމު ރައުޔު އެގައުމާ ދެކޮޅަށް ބަދަލުވަމުންދާކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2025 | ބުދަ 01:51
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، އެ ޤައުމަށް ދުނިޔޭގެ ތާއީދު ގެއްލުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޑެއިލީ ކޯލާ އަށް ދެއްވި އިންޓަވިޔުއެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން އިސްރާއީލް އަށް އަސްކަރީ ގޮތުން ކާމިޔާބީ ތަކެއް ހޯދިދާނެ ކަމަށެވެ. އެހެން ނަމަވެސް، އިސްރާއީލް އަށް ދުނިޔޭގެ ތާއީދު ގެއްލެމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމަ އަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އިސްރާއީލް އިން ވީހާ ވެސް އަވަހަކަށް ޣައްޒާ ހަނގުރާމަ ނިންމާލަން ޖެހޭ ކަަމަށެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، މުޅި ދުނިޔޭގެ ކުރިމަތީގައި އިސްރާއީލްގެ ތާއީދު ދަނީ ފަނޑުވަމުން ކަމަށާއި، އެ ތާއީދު ގެއްލެމުންދާ ކަމަށެވެ.

އަބަދު ވެސް އިސްރާއީލާ އެކު ގާތް ގުޅުމެއް ބާއްވަވާ ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، ޕިއު ރިސާޗް ސެންޓަރުން ދާދި ފަހުން ހާމަ ކުރި ދިރާސާއަކާ ގުޅޭ ގޮތުން ސުވާލު ކުރުމުންނެވެ. އެ ދިރާސާގައި ދައްކާ ގޮތުން ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ޒުވާނުންގެ މެދުގައި އިސްރާއީލް އަށް އޮންނަ ތާއީދު ދަށްވަމުންދާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން ޓްރަމްޕް ވިދާޅުވީ، މީގެ 20 އަހަރު ކުރިއަށް ބަލާއިރު، ކޮންގްރެސްގައި އެންމެ ބާރު ގަދަ ލޮބީ އޮތް ފަރާތަކީ އިސްރާއީލް ކަމަށެވެ. އެހެން ނަމަވެސް، މިއަދު އެ ބާރުވެރި ކަމެއް ނެތް ކަމަށާއި، އެއީ ހައިރާންވާން ޖެހޭ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އިސްރާއީލް އަށް ދޭތެރެ އަކުން ފާޑު ވިދާޅުވާ ޓްރަމްޕް ވިދާޅުވީ، މީގެ ކުރިން އިސްރާއީލާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ސިޔާސީ ގޮތުން ނުކުރެެވޭނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، މިހާރު އެކަން ވެސް ބަދަލުވެފައިވާ ކަމަށް ޓްރަމްޕް ފާހަަގަ ކުރެއްވި އެވެ.

ޓްރަމްޕް މިހެން ވާހަކަ ދައްކަވާފައި ވާއިރު، ކޮންގްރެސްގައި ހިމެނޭ ޑިމޮކްރަޓްސް ޕާޓީގެ މެންބަރު އެލެކްސެންޑްރިއާ އޮކޮޒިއޯ ކޯޓެޒް އަދި އެހެން މެމްބަރުންގެ އިތުރުން، ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރު މާޖަރީ ޓެއިލާ ގްރީން ވެސް ވަނީ އިސްރާއީލްގެ އަމަލުތަކާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޖެނޮސައިޑް ސްކޮލާސް އިން ފާސްކޮށްފައިވާ ޤަރާރެެއްގައި ބުނެފައި ވަނީ، ޣަައްޒާ ގައި އިސްރާއީލް އިން ހިންގަމުން ދަނީ ނަސްލު ނައްތާލުމުގެ ޖަރީމާ އެއް ކަމަށެވެ. އެ ޖަމިއްޔާގެ 500 މެމްބަރުންގެ ތެރެއިން، 86 އިންސައްތަ މެމްބަރުން ވަނީ އެ ޤަރާރަށް ތާއީދު ކޮށްފަ އެވެ.

މީގެ އިތުރުން، އެމެރިކާގެ ކައުންސިލް އޮފް ފޮރިން ރިލޭޝަންސް އިން ބުނާ ގޮތުގައި، އިސްރާއީލް އަކީ އެމެރިކާގެ އެހީތެރިކަން އެންމެ ބޮޑަށް ލިބޭ ޤައުމެވެ. ނަމަވެސް މެދު އިރުމަތީގައި ހިނގަމުންދާ ހަމަ ނުޖެހުންތަކާ ގުޅިގެން، އެމެރިކާ އިން އިސްރާއީލް އަށް ދޭ އެހީތެރިކަން ބޭނުން ކުރެވޭ ގޮތާ މެދު ސުވާލު އުފެދެމުންދާކަން ވެސް ފާހަގަ ކުރެވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޑޮނަލްޑް ޓްރަމްޕްއިސްރާއީލް-ޣައްޒާއެމެރިކާ-އިޒްރާއީލްނަސްލު ނައްތާލުންމެދު އިރުމަތިޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު