Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ގައުމީ މަޖިލިސް

މި ސަރުކާރުން ދަރަންޏާމެދު ކަންބޮޑުވަނީ ރައްޔިތުންނަށް މަޝްރޫއު ހިންގަންޖެހުމުން - ސަލީމް

ސަރުކާރުގެ ޚަރަދު އިންތިހާއަށް ބޮޑުވަމުންދާއިރު ދަރަނީގެ ވާހަކަ ދެއްކުމުގެ ހައްގެއް މި ސަރުކާރަކަށް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2025 | އަންގާރަ 05:39
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ވާހަކަ ދައްކަވަނީ

މި ސަރުކާރުގެ ވެރިންގެ ފަރާތުން ދަރަންޏާއި މެދު ކަންބޮޑުވާތަނެއް ނުފެންނަ ކަމަށާއި، ހަވާ ފަޓާސް އަރުވާ، ރައީސް މީހާ ފުޓުބޯޅަ ކުޅުއްވަން 8 ލައްކަ ރުފިޔާ 8 މަސް ތެރޭގައި ހަރަދު ކުރައްވާ އިރު ދަރަނީގެ ވާހަކަ މި ސަރުކާރަށް ދެއްކުމުގެ ހައްގެއް ނެތް ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ދިވެހި ޤައުމު ހިންގުމާ ހަވާލުވެ އޮތް ދިވެހި ސަރުކާރަށް ދަރަނީގެ ކަންތައް ބޮޑުވެއްޖެތޯ އެއީ އުފެދޭ ސުވާލެއް ކަމަށެވެ. ދަރަނީގެ ވާހަކަ ވެރިން ދައްކަވަން އޮންނަނީ އެންމެ ހާލަތެއް ކަމަށާއި، އެއީ ރަށްރަށަށް ވަޑައިގެން މަޝްރޫޢުތައް ނުހިންގަނީ ކީއްވެގެންތޯ ރައްޔިތުންނާއި ކައުންސިލުން ސުވާލުކުރުމުން ކަމަށެވެ. އަދި ސަރުކާރުގެ ޖަވާބަކަށް ވަނީ މި ޤައުމާ ތިމަންނާމެން ހަވާލުވިއިރުގައި ޤައުމުގެ ދަރަނީގެ ހާލަތު އޮތް ގޮތް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ސަލީމް ވިދާޅުވީ އެނޫން ހާލަތެއްގައި ދަރަންޏަކީ އޮތް އެއްޗެއް ކަމަކަށް މި ސަރުކާރަށް ގަބޫލުކުރެވޭކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement
ދަރަނި ބޮޑު ޤައުމަކަށް ނުވަތަ ދަރަންޏާ މެދުގައި ކަންތައް ބޮޑުވާ ޤައުމަކުން ހަވާ ފަޓާސް އަރުވަން، ހަވާ އަރުވަން ރެކޯޑު ހަދާނެތޯ؟ އަޅުގަނޑަށް ހިތެއް ނުބުނޭ އެފަދަ އިސްރާފުތައް ކުރާނެ ކަމަކަށް. ވެރިކަމުގައި ހުންނަވާ ބޭފުޅަކު، ފުޓްބޯޅަ ކުޅުއްވަން އަށް ލައްކަ ރުފިޔާ އަށެއްކަ މަސް ތެރޭގައި ދަރަނީގެ ކަންތައް ބޮޑު ޤައުމަކުން ހޭދަކުރާނެތޯ؟ އަޅުގަނޑަށް ހިތެއް ނުބުނޭ އެފަދަ ކަމެއް ކޮށްފާނޭ. އިޤްތިޞާދު ފުޅާކުރަން ދަރަންޏަށް ގިނަ ފައިސާ ހޯދަން އައިނު ފިހާރަ ހުޅުވުމުގެ ވިސްނުމަށް ސަރުކާރަކުން ދާނެތޯ، އިޤްތިޞާދެއް ބިނާކުރަން އުޅޭ ބަޔަކު. އަޅުގަނޑުގެ ހިތެއް ނުބުނޭ. އެ ކަންކަން އެހެން ވެދާނޭ. މިހެންގޮސް ކިތަންމެކިތަންމެ ކަމެއްގެ ވާހަކަ އަޅުގަނޑުމެންނަށް ދެންނެވިދާނެ. ބޭނުންނުވާ އަދަދަށް، މިނިސްޓްރީތައް ހަދައި، ބޭނުންނުވާހާ ވަޒީފާތަކަށް މީހުން ލައި، ސަރުކާރުގެ ޚަރަދު އިންތިހާއަށް ބޮޑުވަމުންދާއިރުގައި، ދަރަނީގެ ވާހަކަ ދެއްކުމަށް އެއްވެސް ޙައްޤު ކަމެއް ނެތް މި ސަރުކާރަކަށް. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް.
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ އެމްޑީޕީ ސަރުކާރަށް ވާރުތަވި ދަރަނި ހިމެނޭހެން ދަރަނި ނަގަމުންގެންދިޔައީ، އެ ދަރަނި އަދާކުރާނެ ގޮތްތައް ހޯދާ އެ ދަރަނިތައް ދައްކަމުން، ޚަލާސްކުރަމުން، ރައްޔިތުންނަށް އޭގެ ބުރައެއް ނުޖައްސާ ކަމަށެވެ. ކޮވިޑުގެ އެންމެ ދަތި ހާލުގައި ދުނިޔޭގެ އިގްތިސާދު ބަންދުކޮށްފައި އެއަރޕޯޓުތައް ތަޅުވަޅުވާފައި އޮތް ދަނޑިވަޅުގައި ވެސް އާސަންދައިގެ ފަރުވާއެއް ކުރަން ދިވެހި ރައްޔިތަކަށް ކަންބޮޑުވާކަށްނުޖެހޭ ކަމަށާއި، އިންޑިއާއަށް ދާންޖެހިއްޖެ ނަމަ އިންޑިއާއަށް އެ ހާލަތުގައި ވެސް އެމްޑީޕީ ސަރުކާރުން ފޮނުވަމުންގެންދިޔަ ކަމަށެވެ.

އެހެންވީމާ، ދިވެހި ރައްޔިތުން މިއަދު މި ސުވާލުކުރަނީ ކީއްވެގެންތޯ ތިމަންނާމެންނަށް މި ހާލު މި ޖެހެނީ؟ ބައްލަވާ! އަޅުގަނޑުމެން ދިވެހިންގެ ގުދާރު ބިދޭވަރަށް މަސައްކަތް އެބަ ކުރަން. ކޮންމެ މަހަކު، ކޮންމެ މަހަކު އެއް ބިލިއަން ރުފިޔާގެ އާމްދަނީ ދައުލަތަށް އަޅުގަނޑުމެން އެބަ ދައްކަން. ކީއްވެގެންތޯ މި ދަތި ހާލުގައި އުޅެންޖެހެނީ؟ އެއީ އަޅުގަނޑުމެން ކުރަންޖެހޭ ސުވާލަކީ. ބައްލަވާ! އިއްޔެގެ އެމް.އެމް.އޭގެ ރިޕޯޓު، އިއްޔެގެ އަދި ދުރަށް ވަޑައިގަންނަވާނެ ކަމެއް ނެތް. އިއްޔެގެ އެމް.އެމް.އޭގެ ރިޕޯޓުގައި އެ ބުނަނީ، މިއަހަރު ކުރިން އަންދާޒާކުރި ވަރަކަށް، ރާއްޖޭގެ އިޤްތިޞާދު ކުރިޔަކަށް ނުދާނެއޭ. ދެހާސް ތޭވީސް ވަނަ އަހަރު ދިޔަ ހިސާބަކަށް ވެސް ނުދާނެއޭ. މި ސަރުކާރުގެ ވެރިން ނެރުއްވާ ރިޕޯޓުތައް. މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް. އެހެންވެ ލޯނު ދެއްކިދާނެތޯ އަޅުގަނޑުމެންގެ ހިތުގައި މި ސުވާލު އުފެދެނީ. އަޅުގަނޑުމެން މަސައްކަތް އެބަ ކުރަން، ޖީ.އެސް.ޓީ. ދައްކާ މިންވަރު މަތިވަނީ. ޓީ.ޖީ.އެސް އާމްދަނީން ނަގާ ޓެކްސް ދަނީ މައްޗަށް. އެކަމަކު ރައްޔިތުންގެ މަޝްރޫޢުތަކެއް ނުހިނގާ. ލޯނުތައް ދެއްކޭނެ ކަމަށް އަޅުގަނޑުމެންނަކަށް ނޭނގޭ. މިއީ ކަންބޮޑުވާ ކަމެއް.
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ ސަރުކާރުން ލޯނުތައް ރީސްޓްރަކްޗަރ ކުރަނީތޯ، ލޯނުތައް ޑިފަރ ކުރަނީތޯ، ލޯނުތައް މާފުކޮށްދޭތޯ، މި ދިވެހި ރައްޔިތުންނަށް އެނގެންޖެހޭ ކަންކަން ކަމަށެވެ. އަދި މި ކަންކަމުގެ ވާނުވާ ނޭނގި، ބަލަން ތިބެވޭކަށް އެއްގޮތަކަށްވެސް ނޯންނާނެ ކަމަށެވެ. އަދި އެމްޑީޕީއިން މަގުމައްޗަށް ނުކުންނަން ޖެހެނީ މި ސަބަބުތަކާ ހެދި ކަމަށެވެ.

ދަރަނިއެމްޑީޕީއެމްއެމްއޭމޯލްޑިވްސް ސަރުކާރުއިގްތިސާދުއިންތިޚާބުތައްހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު