Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް ކުރާ މަސައްކަތަށް ޔޫރަޕުން ހުރަސްއަޅާ ކަމަށް ރަޝިޔާ އިން ބުނެފި

ރަޝިޔާގެ ސަރުކާރުގެ މީޑިއާއާ ވާހަކަ ދައްކަވަމުން ޕެސްކޮވް ވިދާޅުވީ، "ޔޫރަޕިއަން ޕާޓީ އޮފް ވޯ" އިން ޔުކްރެއިންގެ މައްސަލައިގައި އެމެރިކާ އާއި ރަޝިޔާ އިން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އަޅަމުން ގެންދާ ކަމަށެވެ.

ޔުކްރެއިންގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް ކުރަމުންދާ މަސައްކަތްތަކަށް ޔޫރަޕުގެ ގައުމުތަކުން ހުރަސްއަޅަމުންދާ ކަމަށް ކްރެމްލިން ބުނެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2025 | ހޯމަ 08:23
ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް

ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތަށް ޔޫރަޕުން ހުރަސް އަޅަމުން ގެންދާ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ، ޔުކްރެއިން އިން ސުލްޙަވެރި ކަމަށް ތައްޔާރުވެފައިވާ ކަމުގެ ހަގީގީ ނިޝާން ތަކެއް ފެންނަންދެން، ރަޝިޔާ އިން އެ ޤައުމުގައި ކުރިއަށް ގެންދާ "ސްޕެޝަލް މިލިޓަރީ އޮޕަރޭޝަން" ކުރިއަށް ގެންދާނެ ކަމަށެވެ.

ރަޝިޔާގެ ސަރުކާރުގެ މީޑިއާއާ ވާހަކަ ދައްކަވަމުން ޕެސްކޮވް ވިދާޅުވީ، "ޔޫރަޕިއަން ޕާޓީ އޮފް ވޯ" އިން ޔުކްރެއިންގެ މައްސަލައިގައި އެމެރިކާ އާއި ރަޝިޔާ އިން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އަޅަމުން ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ ރަޝިޔާ އިން ބޭނުން ވަނީ، ސިޔާސީ ގޮތުން އަދި ޑިޕްލޮމެޓިކް ގޮތް ތަކުން އެ މައްސަލަ ޙައްލު ކުރަން ކަމަށާއި، އެކަމަށް އެ ޤައުމު އޮތީ ތައްޔާރަށް ކަމަށެވެ.

އެހެން ނަމަވެސް، މިހާތަނަށް އައިއިރު އެކަމުގައި ޔުކްރެއިންގެ ފަރާތުން އެއްބާރުލުމެއް ނުލިބޭކަން ފާހަގަ ކުރައްވައި ޕެސްކޮވް ވިދާޅުވީ، އެ ސަބަބާ ހުރެ ރަޝިޔާގެ ޚާއްސަ އަސްކަރީ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެކަމުގައި އެމެރިކާ އާއި ރަޝިޔާ އިން އަންނަނީ ގިނަ މަސައްކަތް ތަކެއް ވެސް ކުރަމުންނެވެ.

ރަޝިޔާގެ ރައީސް ވޮލަޑިމިއަރ ޕުޓިން، ޔުކްރެއިންގެ ހަނގުރާމަ ރަސްމީކޮށް އިއުލާން ކުރައްވާފައި ވަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގަ އެވެ. މި ހަނގުރާމަ އިއުލާން ކޮށްފައި ވަނީ، އޭގެ ކުރިން އިރުމަތީ ޔުކްރެއިންގައި އަށް އަހަރު ވަންދެން ރަޝިޔާގެ ބާރުދޭ ވަކިވަކި ވެގެންދާ ސަރަހައްދުތަކާއި، ޔުކްރެއިންގެ ސިފައިންނާ ދެމެދު ހިނގަމުން ދިޔަ ހަނގުރާމަ އަށް ފަހު އެވެ.

ރަޝިޔާ-ޔުކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން މީގެ ކުރިން ވެސް އެމެރިކާ އިން ބުނެފައި ވަނީ، 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު މި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށާއި، ގިނަ އަދަދެއްގެ ބަޔަކަށް ޒަޚަމުތައް ލިބިފައިވާ ކަމަށެވެ.

ޔޫރަޕުގެ ބާރުތަކުން ބުނާ ގޮތުގައި، ރަޝިޔާގެ ރައީސް ޕުޓިން، ސުލްޙަވެރިކަން ޤާއިމު ކުރުމަށް ބޭނުމެއް ނުވެ އެވެ. އެހެން ނަމަވެސް، ޕުޓިން ވިދާޅުވަމުން ގެންދަވަނީ ރަޝިޔާ އިން ވެސް ބޭނުން ވަނީ ސުލްޙަވެރިކަން ޤާއިމު ކުރަން ކަމަށާއި، ރަޝިޔާ އިން ހިފާފައިވާ ޔުކްރެއިންގެ ބިންތައް ދޫކޮށްލުމަށް ވެސް ނުބުނެވޭނެ ކަމަށެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓަރު އަންދްރޭ ބެލޯސޯވް ހުކުރު ދުވަހު ވިދާޅުވެފައިވާ ގޮތުގައި، ރަޝިޔާގެ ސިފައިން މިހާރު ވެސް ވަނީ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެގޮތުން މިއަހަރު ފެށުނުއިރު މަހަކު 300-400 އަކަ ކިލޯ މީޓަރުގެ ސަރަަހައްދެއް ހޯދަމުން ގެންދިޔަ ނަމަވެސް، މިހާރު މަހަކު 600-700 އަކަ ކިލޯ މީޓަރުގެ ސަރަހައްދު ކޮންޓްރޯލް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ރަޝިޔާ-ޔުކްރެއިންޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންކްރެމްލިންޑްމިޓްރީ ޕެސްކޮވްއަންދްރޭ ބެލޯސޯވްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު