Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތޫނު އެއްޗަކުން ހަމަލާ ދިނުން

އުކުޅަހުގައި ބައްޕަ އަށް ވަޅިން ހަމަލާ ދިން ޒުވާނާ އަށް މެންޓަލް ހެލްތް ކެއަރ ޔުނިޓްގައި ފަރުވާ ދެނީ

ހަމަލާދީފައިވަނީ ނަފްސާނީ ބަލި ހުންނަ 26 އަހަރުގެ ޒުވާން ފިނެހެނެއް

އަމްނާ އިމާދު
އަމްނާ އިމާދު | 1 ސެޕްޓެމްބަރު 2025 | ހޯމަ 06:55
އައިޖީއެމްއެޗް

އައިޖީއެމްއެޗް

އއ.އުކުޅަހުގައި ބައްޕައަށް ވަޅިން ހަމަލާ ދިން ޒުވާނާއަށް އައިޖީއެމްއެޗްގެ މެންޓަލް ހެލްތް ކެއަރ ޔުނިޓްގައި ފަރުވާ ދޭން ފަށައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ 26 އަހަރުގެ ޒުވާން ފިނެހެނެކެވެ. އަދި އޭނާގެ ބައްޕަ 60 އަހަރުން މަތިވާނެއެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ، އުކުޅަހުގައި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީފައިވައިވާ މައްސަލަ 31 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 10:20 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަނިޔާވި މީހާއަށް ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށާއި، ހާލަތު ސީރިއަސް ނޫން ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މި ހާދިސާއާ ގުޅިގެން އެރަށުގެ ސިއްހީ މަރުކަޒުގެ އިންޗާޖު ސައުދުﷲ ވިދާޅުވީ ވަޅިން ހަމަލާދިން ފިރިހެން މީހާ މާލެއަށް ގެނެސްފައިވާ ކަމަށާއި، އައިޖީއެމްއެޗްގެ މެންޓަލް ހެލްތް ކެއަރ ޔުނިޓްގައި ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އަދި އޭނާގެ ބައްޕަގެ ބަނޑަށް ވަޅިން ހަމާލާދީފައިވާތީ، އިތުރަށް ޓެސްޓުތައް ހެދުމަށް އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

މެންޓަލް ހެލްތް ކެއަރ ޔުނިޓްގައި މިހާރު ފަރުވާ ފަށާފައިވާ ޒުވާނަކީ ގަވާއިދުން އިންޖެކްޝަނެއް ޖަހަން ޖެހޭ މީހެކެވެ. ނަމަވެސް މިފަހުން އޭނާ އިންޖެކްޝަން ޖެހުމަށް ދެކޮޅު ހަދަމުންދާތީ، އާދިއްތަ ދުވަހުގެރޭ ސިއްހީ މަރުކަޒުން އޭނާގެ ގަޔަށް އިންޖެކްޝަން ޖެހިއެވެ. އަދި އެކަމާއި ރުޅިގަދަވެ، މީހަކު ނެތް ވަގުތު އޭނާގެ ބައްޕައަށް ހަމަލާ ދިނީ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގައި ނަފްސާނީ ބައްޔަށް ފަރުވާ ދޭންޖެހޭ މީހުންނަށް އެކަށީގެންވާ ފަރުވާ ނުލިބޭ މައްސަލަ ބޮޑެވެ.

އއ.އުކުޅަސްނަފްސާނީ މައްސަލައައިޖީއެމްއެޗްދަރިފުޅު-ބައްޕަ ހަމަލާތޫނު އެއްޗަކުން ހަމަލާ ދިނުން

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
11 އޮކްޓޯބަރު 2025

މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި

11 އޮކްޓޯބަރު 2025
މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި
05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
05 އޮކްޓޯބަރު 2025

ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން

05 އޮކްޓޯބަރު 2025
ޕެޕަރ ސްޕްރޭގެ ސަބަބުން ހަރޓް އެޓޭކް ޖެހުނު މައްސަލަ: އައިޖީއެމްއެޗުން ނެރުނީ ސިޔާސީ ބަޔާނެއް، ގިނަ ބައެއްގެ ނުރުހުން
04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
21 ސެޕްޓެމްބަރު 2025

މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފި

21 ސެޕްޓެމްބަރު 2025
މާރާމާރީއެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މެޑިކަލް ސްޓާފުންނަށް ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފި
14 ސެޕްޓެމްބަރު 2025

ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!

14 ސެޕްޓެމްބަރު 2025
ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު