Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މީޑިއާ ކޮންޓްރޯލް ބިލު

"ފަހު ދުވަސް" ނަމުގައި ނޫސްވެރިން މަޖިލިސް ދޮށުގައި މުޒާހަރާ ކުރަން ފަށައިފި

މުޒާހަރާގައި ބާއިވެރިވި ނޫސްވެރިންނަށް އެ ސަރަހައްދަށް ނުވަދެވޭގޮތައް ފުލުހުންވަނީ ހުރަސް އަޅައި ބާރުގެ ބޭނުންކޮށްފަ

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2025 | އަންގާރަ 06:36
ނޫސްވެރިންގެ މުޒާހަރާ

ނޫސްވެރިންގެ މުޒާހަރާ

މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްލާ ގޮތަށް ހުށަހަޅާފައިވާ "މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލު ފާސްކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބާއްވާ ޖަލްސާއާ ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަން ފަށައިފިއެވެ.

މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބާއްވާ ޖަލްސާގެ އިއުލާން މަޖިލީހުގެ އިދާރާއިން ކުރީ އިއްޔެއެވެ. ނަމަވެސް ޖަލްސާގެ އެޖެންޑާއާއި ބާއްވާ ގަޑި މިވަގުތާ ހަމައަށްވެސް ހާމަކޮށްފައެއް ނުވެއެވެ. ނޫސްވެރިން ތަކުރާރުކޮށް މި މައުލޫމާތު ސާފުކުރަން މަސައްކަތްކުރި ނަމަވެސް އެކަށިގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށް ނޫސްވެރިން ބުނެ އެވެ. ނޫސްވެރިން ސުވާލު ކުރުމުން މަޖިލީހުގެ މީޑިއާ ޓީމުން ބުނެފައިވަނީ އެޖެންޑާ ފައިނަލްވުމުން މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

މި ވަގުތު މަޖިލިސް ސަރަހައްދުގެ ގްރީން ޒޯން މުޅިން ބަންދުކޮށް، ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދެއެވެ. ނޫސްވެރިންނަށް އެ ސަރަހައްދަށް ވަނުމުގެ ފުރުސަތު ފުލުހުން ދީފައި ނުވާއިރު މުޒާހަރާގައި ބައިވެރިވާ ނޫސްވެރިން ގޮވަމުންދަނީ މިނިވަން ނޫސްވެރިކަން ހިމާޔަތްކޮށް، މި ބިލު ބޭރުކޮށްލުމަށެވެ. އަދި މުޒާހަރާގައި ބާއިވެރިވި ނޫސްވެރިންނަށް އެ ސަރަހައްދަށް ނުވަދެވޭގޮތައް ފުލުހުންވަނީ ހުރަސް އަޅައި ބާރުގެ ބޭނުންކޮށްފަ އެވެ.

މީގެ އިތުރުން މަޖިލީހުގެ މެންބަރުން ފާހަގަ ކުރި ގޮތުގައި، މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މެންބަރުންނަށް ލިބިފައި ނުވެ އެވެ. އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލަކީ ސަރުކާރުގެ ބިލެއް ނޫން ކަމަށް ބުނަމުންދިޔަ ނަމަވެސް، ބިލު ދިފާއުކުރުމުގެ މަސައްކަތް ކުރަމުންދަނީ ސަރުކާރުންކަން ފާހަގަކޮށްލެވެ އެވެ.

ހޯމަ ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މި ބިލު ފާސްކޮށްފައިވަނީ ނޫސްވެރިންނާއި އާންމު ރައްޔިތުން ކޮމިޓީއަށް ނުވައްދަ އެވެ. އަދި މަޖިލީހުގެ ގަވާއިދުގައި ކޮމިޓީ އަޑުއަހަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދޭންޖެހޭ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ބިލު ފާސްކޮށްފައިވަނީ ސިއްރު ބައްދަލުވުމެއްގައެވެ.

ރައްޔިތުންގެ މަޖިލިސްމީޑިއާ ބިލު ނޫސްވެރިންދިވެހި ފުލުހުންއަބްދުލް ހަންނާން އަބޫބަކުރުމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު