Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޓްރަމްޕް އަށް ނުރައްކާތެރި ކަމެއް ދިމާވެއްޖެ ނަމަ، ރައީސްކަމާ ހަވާލުވާން ތައްޔާރު ކަމަށް ވޭންސް ވިދާޅުވެއްޖެ

ޔޫއެސް ޓުޑޭ އަށް ދެއްވި އިންޓަވިޔުގައި ނައިބު ރައީސް ވޭންސް ވިދާޅުވީ، ރައީސް ޓްރަމްޕްގެ ޞިއްޙީ ޙާލަތު ރަނގަޅު ކަމަށާއި، އެއްވެސް ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެ ނަމަ، ރައީސް ކަމުގެ މަޤާމާ ހަވާލުވުމަށް އޭނާ ތައްޔާރަށް ހުންނެވި ކަމަށެވެ.

ރައީސް ޓްރަމްޕްއަށް އެއްވެސް ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެނަމަ އޮވަލް އޮފީހާ ހަވާލުވުމަށް ނައިބު ރައީސް ޖޭޑީ ވޭންސް ތައްޔާރަށް ހުރި ކަމަށް ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2025 | އާދީއްތަ 06:41
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އޭނާގެ ނައިބު ޖޭޑީ ވޭންސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އޭނާގެ ނައިބު ޖޭޑީ ވޭންސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޞިއްޙީ ޙާލަތާ ގުޅޭ ގޮތުން ގިނަ ކަންބޮޑުވުން ތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި، ޓްރަމްޕް ނެތް ޙާލަތެއްގައި ރައީސްކަމާ ހަވާލުވާން ތައްޔާރަށް ހުންނެވި ކަމަށް އޭނާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން ނައިބު ރައީސް ވޭންސް ދެއްވި އިންޓަވިޔުއެއްގައި އޭނާ ވިދާޅުވީ، ޓްރަމްޕް އަށް ނުރައްކާތެރި ހާދިސާއެއް، ނުވަތަ ކަމެއް ދިމާ ވެއްޖެ ނަމަ، ރައީސް ކަމުގެ މަޤާމާ ހަވާލުވާން ތައްޔާރަށް ހުންނެވި ކަމަށެވެ. މި ވާހަކަރައް ވޭންސް ދައްކަވާފައި މި ވަނީ، ޓްރަމްޕްގެ ޞިއްޙީ ޙާލުކޮޅާ ގުޅޭ ގޮތުން އެމެރިކާގެ ރައްޔިތުންގެ މެދުގައި ވެސް ކަންބޮޑުވުން ތަކެއް އުފެދިފައި ވަނިކޮށެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ، ޓްރަމްޕްގެ އަތް ތިލައިގައި ލޭ ގަނޑުވެފައި ހުންނަ މަންޒަރު ފެންނަ ވީޑިއޯ އަދި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެކަމާ ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފައި ވަނީ، ޓްރަމްޕް އަށް ކްރޮނިކް ވީނަސް އިންސަފިޝެންސީ (ސީވީއައި)ގެ ބައްޔެއް ޖެހިފައިވާ ކަމަށެވެ.

އެ ބައްޔަށް ޓްރަމްޕް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށާއި، އެ ބައްޔަކީ އާންމު އަދި ނުުރައްކާތެރި ކަމެއް ނެތް ބައްޔެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވައިޓް ހައުސް އިން ހާމަކޮށްފައިވެ އެވެ. އަދި ޓްރަމްޕް ހުންނެވީ ޞިއްޙީ ގޮތުން "ގަދަފަދަ"ކޮށް ކަމަށާއި، ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ޙާލަތުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް، މިދިޔަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށް ވެސް، އާންމުންނަށް ޓްރަމްޕް ފެނިފައި ނުވާ ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. އެގޮތުން މީޑިއާތަކާ ވެސް ގާތް ގުޅުމެއް ބާއްވަވާ ޓްރަމްޕް، މީޑިއާތަކަށް، އަދި ކެމެރާތަކުގެ ކުރި މައްޗަށް ވެސް ނިކުމެ ވަޑައިގެންފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާ ގައި އެމެރިކާގެ ގިނަ ބަޔަކު ވަނީ ޝުއޫރު ފާޅު ކުރަން ފަށައިފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި "ރައީސް ޓްރަމްޕް އަވަހާރަވެއްޖެ ކަމަށް މަގުމަތީގައި ދެކެވޭ". މި ސުރުޚީގެ ދަށުން ޕޯސްޓު ކޮށްފައިވާ ވީޑިއޯ ވެސް ވަނީ، 3.5 މިލިއަން ފަހަރު ބަަލައިފަ އެވެ.

ޔޫއެސް ޓުޑޭ އަށް ދެއްވި އިންޓަވިޔުގައި ނައިބު ރައީސް ވޭންސް ވިދާޅުވީ، ރައީސް ޓްރަމްޕްގެ ޞިއްޙީ ޙާލަތު ރަނގަޅު ކަމަށާއި، އެއްވެސް ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެ ނަމަ، ރައީސް ކަމުގެ މަޤާމާ ހަވާލުވުމަށް އޭނާ ތައްޔާރަށް ހުންނެވި ކަމަށެވެ.

މީޑިއާ ތަކުގައި އެމެރިކާގެ ގިނަ ރައްޔިތުން އެކަމުގެ ކަންބޮޑުވުން އަދި ޝުއޫރު ފާޅު ކުރަމުން ގެންދިޔަ ނަމަވެސް، ރައީސް ޓްރަމްޕް މަސައްކަތުގައި އުޅުއްވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. ހޮނިހިރު ދުވަހު ޓްރަމްޕް ބައެއް ނޫސްވެރިންނަށް ފެނިފައިވާ ކަމަށާއި، މީޑިއާތަކާ ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ.

އެމެރިކާގެ ރައީސް ކަމުގެ ބާރުތައް ލިބޭ ތަރުތީބި ކަނޑައަޅާފައި ވަނީ، 1792 ވަނަ އަހަރު ފާސްކޮށްފައިވާ "ޕްރެޒިޑެންޝަލް ސަކްސެޝަން އެކްޓް"ގެ ދަށުންނެވެ. މި ޤާނޫނުގެ ދަށުން ރައީސް އަށް މަގާމުގެ އަދާ ނުކުރެވޭ ޙާލަތެއްގައި، ނައިބު ރައީސް، ހައުސް ސްޕީކާ، އަދި ކެބިނެޓުގެ މެމްބަރުންނަށް ވާރުތަވާ ގޮތަށް އޮތީ ލިޔެވިފައިވެ އެވެ.

އެމެރިކާގެ ތާރީޚަށް ބަލާއިރު، 15 ފަހަރެއްގެ މަތިން ނައިބު ރައީސުން ވަނީ ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންފަ އެވެ. މީގެ ތެރެއިން އަށް ފަަހަރެއްގެ މަތިން ހަވާލުވެފައި ވަނީ ރައީސް އަވަހާރަވުމާ ގުޅިގެންނެވެ. އަދި ހަތަރު ނައިބު ރައީސަކު ވަނީ ފަހުން އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބު ހޯއްދަވައިފަ އެވެ.

އެމެރިކާގައި އަމަލު ކުރަމުން އަންނަ "ޓްވެންޓީ ފިފިތް އެމެންޑްމެންޓް" ތައާރަފު ކޮށްފައި ވަނީ 1965 ވަނަ އަހަރު ރައީސް ޖޯން އެފް ކެނެޑީ އަވަހާރަވުމާ ގުޅިގެންނެވެ. މި އިސްލާހުގެ ދަށުން، ރައީސަކު މަގާމުން ވަކި ކުރުމާއި، އަވަހާރަވުމާއި، އިސްތިއުފާ ދިނުމުގެ ޙާލަތްތަކުގައި ނައިބު ރައީސް ކަމުގައި ހުންނަވައި ބޭފުޅަކު، ރައީސް ކަމާ ހަވާލުވާނެ ގޮތް ސާފުކޮށް ބަޔާން ކޮށްފައިވެ އެވެ.

ޖޭޑީ ވޭންސްޑޮނަލްޑް ޓްރަމްޕްވައިޓް ހައުސްނައިބް ރައީސްޕްރެޒިޑެންޝަލް ސަކްސެޝަން25 ވަނަ އިސްލާހުއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު