Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހްމަދު ޒާހިރު

"ރައީސްގެ އޮތީ މިނިވަން މުއައްސަސާތަކަށް ރައީސުން އައްޔަން ކުރެއްވުމުގެ ޓެރެކް ރެކޯޑެއް، ބޭނުންފުޅުވަނީ މީޑިއާ ވެސް އެމަގުން ގެންދަން."

އޮގަސްޓު 18 ވަނަ ދުވަހު، މި ބިލް ހުށަހެޅީ މިނިވަން މެންބަރެއް ކަމުގައިވާ ތުޅާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޙަންނާން އަބޫބަކުރު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 އޯގަސްޓު 2025 | ހޮނިހިރު 16:49
ނޫސްވެރިކަމުގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ހިރިގާ އަހުމަދު ޒާހިރު

ނޫސްވެރިކަމުގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ހިރިގާ އަހުމަދު ޒާހިރު

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އޮތީ މިނިވަން މުއައްސަސާތަކަށް ރައީސުން އައްޔަން ކުރެއްވުމުގެ ޓެރެކް ރެކޯޑެއް، ބޭނުންފުޅުވަނީ މީޑިއާ ވެސް އެމަގުން ގެންދަން ކަމަށް ތަޖުރިބާކާރު ނޫސްވެރިޔާ ހިރިގާ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މީޑިއާތަކުން ގުޅިގެން ކުރިއަށް ގެންދާ "ކޮންޓްރޯލް ބިލް ބޭރުކުރޭ" ބިލުގައި ވާހަކަދައްކަވަމުންނެވެ. ރައީސް ޑރ.މުއިއްޒު ނޫސްވެރިން ރެގިއުލޭޓް ކުރާ ކޮމިޝަނަކަށް މެމްބަރަކު އައްޔަންކުރަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި ނަމަވެސް އެ މަނިކުފާނުގެ ޓްރެކް ރެކޯޑް އޮތީ އެހެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ސެލްފް ރެގިއުލޭޓަރީ ނިޒާމަކީ ރަނގަޅު ނިޒާމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި ސަރުކާރުގެ ބާރުވެރިކަމާއި އެކު މީޑިއާ ރެގިއުލޭޓް ކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަންނަކަމެއް ނޫން ކަމަށާއި އެއީ ތަހުޒީބުކަމެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

" ބިލް ބޭރެއް ނުކުރި ނޫސްވެރިން އެދުނު ގޮތަށް. މިއީ އާދައިގެ ޤާނޫނެއް ނޫން. ޤާނޫނު އަސާސީން ދީފައިވާ ހައްގެއްގެ އިން ކަނޑައަޅަން މި އުޅެނީ." އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މީޑިއާ އަދި ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި ބިލެއް ކަމަށް ބުނެ، ހިއުމަން ރައިޓްސް ވޮޗް އާއި އައި.އެފް.ޖޭ އާއި ސީ.ޕީ.ޖޭ ފަދަ ބޮޑެތި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ރައީސް މުޢިއްޒަށް ވަނީ ސިޓީ އެއް ފޮނުވާފައެވެ.

އޮގަސްޓު 18 ވަނަ ދުވަހު، މި ބިލް ހުށަހެޅީ މިނިވަން މެންބަރެއް ކަމުގައިވާ ތުޅާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޙަންނާން އަބޫބަކުރުއެވެ. މި ބިލު ގާނޫނަކަށް ވުމުން، މިހާރު އޮތް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި، އަލަށް މީޑިއާ ކޮމިޝަނެއް އުފައްދާނެއެވެ.

ރައީސް މުއިއްޒުޑރ. އަހްމަދު ޒާހިރުމީޑިއާ ކޮންޓްރޯލް ބިލުމީޑިއާ ކައުންސިލް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު