Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރިނބީގެ ތަރައްގީ

ކުރިނބީގެ ތަރައްގީގެ ގިނަ މަޝްރޫއުތަކުގެ އަމަލީ މިއަހަރު ފަށައި، އަންނަ އަހަރު ނިންމާނަން: ރައީސް މުއިއްޒު

30 އޯގަސްޓު 2025 | ހޮނިހިރު 08:19

ރައީސް މުއިއްޒުގެ މިދަތުރުފުޅުގައި، ކުރިނބީ ސިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޯގަސްޓު 2025 | ހޮނިހިރު 08:19
ރައީސް މުއިއްޒު ހދ.ކުރިނބީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ

ރައީސް މުއިއްޒު ހދ.ކުރިނބީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ

ހދ.ކުރިނބީގެ ތަރައްގީގެ ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށައި، އަންނަ އަހަރު ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިމަހުގެ 27 ވަނަ ދުވަހު ކުރިނބީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ރަށު ރައްޔިތުން ތަރައްގީއަށް ބޭނުންވާ ކަންކަމުގައި އަދި ވެފައިހުރި ހުރިހާ ވައުދެއް ފުއްދުމުގައި، ޚާއްސަ އިސްކަމެއްދީގެ މަސައްކަތް ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

ކުރިނބީގެ ތަރައްގީގެ ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަހަރު ފަށައި، އަންނަ އަހަރު ނިންމާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ބަނދަރުގެ މަޝްރޫއަށް އިޝާރަތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް ކަމަށެވެ. ރައްޔިތުން އެދޭ ބަދަލުގެ އިތުރުންވެސް ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު، ދެވަނަ ފިޔަވައްސެއްގެ ގޮތުގައި މޫދަށް އެރޭ ސަރަހައްދަކާއި، އޮޑި އެހެލާނެ ސަރަހައްދެއްގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައި އަދި އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއް ފުއްދުމުގައި، އަޅުގަނޑުމެން ވަރަށްވަރަށް އިސްކަމެއްދީގެން، ކާމިޔާބުކަމާއެކީގައި ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން އަދިވެސް އަރުވާ ވާހަކަ. މި ގިނަ މަސައްކަތްތައް މިހާރު މި ފެށިގެން ގޮސް، މި އަންނަ އަހަރު ތެރޭގައި، މީގެ ގިނަ ކަންކަން ނިމިގެންދާނެ. އެންމެ ބޮޑެތި ކަންކަމުގެ ތެރޭގައި މި ހިމެނެނީ، ބަނދަރާ ގުޅިފައި ހުރި މި ހުރިހާ ކަމެއް. މިކަންކަން އިރާދަކުރެއްވިއްޔާ މި ދެންނެވި ގޮތަށް ގެންދެވޭނެ. އަދިވެސް އަޅުގަނޑު ވެފައިހުރި ބައެއް ވަޢުދުތައް އެބަހުރި. މަގު ހެދުމާއި، މިކަހަލަ ބައެއް ކަންތައްތައްވެސް. ކުނި މެނޭޖް ކުރުމުގެ މަރުކަޒުވެސް އެބައޮތް. އެވެސް އަޅުގަނޑު ވެފައި އޮތް ވައުދެއް.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ މިދަތުރުފުޅުގައި، ކުރިނބީ ސިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ވަނީ ހަވާލުކުރައްވާފައެވެ. މި އިމާރާތާއި އެކު ސިއްހީ މަރުކަޒުން އިތުރު ޚިދުމަތް ދެވޭގޮތަށް ޖާގަ ފުރިހަމަވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން އިތުރު ވޯޑުތަކާއި، ލެބޯޓްރީ އަދި ޕަބްލިކް ހެލްތު ޔުނިޓްފަދަ ޚިދުމަތް އިތުރުވެގެންދާނެ ކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިންވެސް 16 ގަޑިއިރަށް ޚިދުމަތް އިތުރުކުރުމަށް، ބޭނުންވާ މުވައްޒަފުން ހޯދައި މިއަހަރު އެ ޚިދުމަތްދެވޭތޯ މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ސިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން ސައުވީސް ގަޑިއިރަށް ޚިދުމަތް ދެވޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ކުޅިވަރުގެ ދާއިރާއިން ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފުޓްބޯޅަ ދަނޑަކާއި، ފުޓްސަލް ދަނޑެއްގެ އިތުރުން، ހޭންޑްބޯލް ކޯޓެއްވެސް ކުރިނބީގައި އަޅުއްވާނެކަމަށެވެ. އެގޮތުން، ފުޓްސަލް ދަނޑު މިއަހަރު ނިންމަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ.

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، 26 ފެބުރުވަރީ 2024 ގައި އެރަށުގެ ކައުންސިލްއާ ބައްދަލުކުރައްވައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައިވެއެވެ. ނަމަވެސް އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް ރައްޔިތުންގެ އެދޭ ގޮތަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް