Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސަރުކާރުގެ ދެއްކުންތެރިކަން

މި ސަރުކާރުން ދަނީ ދެއްކުންތެރިކަމުގައި ރައްޔިތުންގެ ފައިސާ ހުސްކުރަމުން: މެންބަރު ޝަމްހީދު

30 އޯގަސްޓު 2025 | ހޮނިހިރު 07:09

މިއަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 60 ބިލިއަންއާ ގާތަށް ހޭދަކޮށްފައިވާ ކަމަށް ބެލެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޯގަސްޓު 2025 | ހޮނިހިރު 07:09
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެއްކުންތެރިކަމުގައި ރައްޔިތުންގެ ފައިސާ ހުސްކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުކީ ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ މިސަރުކާރުން ހުރިހާ މަސައްކަތްތަކެއް ކުރަމުންދަނީ ދެއްކުންތެރިކަމާއެކު ކަމަށާއި، އެއުސޫލުގެ ދަށުން މަސައްކަތްކޮށް، ދެއްކުންތެރިކަމަށް ރައްޔިތުންގެ ފައިސާ ހުސްކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު ޝަމްހީދު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރު 56 ބިލިއަން ރުފިޔާ ހޭދަކޮށްލާފައިވާ ކަމަށާއި، މިއަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 60 ބިލިއަންއާ ގާތަށް ހޭދަކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ރައްޔިތަކަށް އަދި ގައުމަށް މިސަރުކާރުން ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށާއި، ރައްޔިތަކަށް ލިބުނު ލުޔެއް ނެތް ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް އިޝާރާތް ކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ އައު ޓާމިނަލް ހުޅުވައި، ބޮޑު ރަސްމިއްޔާތެއް ބާއްވައި ހަވާ އަރުވާފައިވަނީ ދެއްކުންތެރިކަމާއެކު ކަމަށެވެ. އައު ޓާމިނަލްގެ މަސައްކަތް ނުނިމޭ ކަމަށާއި، ރައްޔިތުންނަށް ލުއިފަސޭހަ ކަމެއް ނުލިބޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް ފެނިގެންދިޔަ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު އެއާޕޯޓު ހޮޅުވުމުގެ ރަސްމިއްޔާތަށް ދެތިން ސަތޭކަ މިލިއަން ރުފިޔާ ހަމަ ދެގަޑިއެއްހާއިރު ހޭދަ ކޮށްނިންމާލީ. އަޅުގަނޑު އިހަށް ދުވަހު މިއައީ އެއަރޕޯޓުން. ލަގެޖަށް އަޅުގަނޑު މަޑު ކުރަން ޖެހުނު ދޮޅުގަޑިއިރު. ހަމައެއްކަލަ ބާ ބެލްޓް ބޭނުންކުރަން ޖެހުނީ. އެހެންވީމަ އެބަ އެނގޭ ނުނިމޭ ތަނެއް ހަމަ ދެއްކުމުގެ ގޮތުން ހަމަ ކަންދައްކަންވެން ހުޅުވީކަން. ބޮޑެތި ހަފްލާތައް ބާއްވައިގެން ވޯލްޑް ރިކޯޑު ހަދަން. މިއީ ކިހައި ބޮޑު ޖޯކެއްތޯ. އެންމެ ގިނައިން އެފަހަރާ ހަވާ އެރުވި ގައުމަކަށްވާން އަޅުގަނޑުމެންވާން ދެތިންސަތޭކަ މިލިއަން ރުފިޔާ ހޭދަކޮށްލަން. އަޅުގަނޑުމެން މިއުޅެނީ ބޭސްފަރުވާއަށް ދޭން ޖެހޭ 200 ޑޮލަރު ނުދެވިގެން. ރަށްރަށަށް ވަޑައިގަންނަވާއިރު ރައްޔިތުން މަގުމައްޗަށް ނެރުވައިގެން ސަފުހަދައިގެން އެ ފޮޓޯގަނޑު ދެއްކިޔަސް އެއީ ވޯޓު ލިބޭނެ ކަމެއް ނޫން. ރައްޔިތުންގެ ލޮއެއްބެއް ވެސް އެގޮތަކަށް ނުލިބޭނެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ ދެއްކުންތެރިކަމުގައި ކަންކަން ކުރަމުންދާއިރު، މިސަރުކާރުގައި ގައުމު ދަނީ ފަހަތަށް ކަމަށާއި، މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ކަމަށެވެ. އަދި ކުރިން ލިބުނު ޚިދުމަތްތައް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ކުރިން ލިބުނު ބޭސް ނުލިބޭ ކަމަށާއި، ގައުމުގައި ސަލާން ޖަހާ މީހުން ގިނަ ކޮށްފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރު ޝަމްހީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ބައެއް ދަރިވަރުންނަށް ފައިސާ ދެއްކޭނެ ގޮތެއް ނެތި، ބައެއް ދަރިވަރުން ރާއްޖެއަށް ބަދަލުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މެންބަރު ޝަމްހީދު ވިދާޅުވީ މުއައްސަސާތަކާއި، ކުންފުނިތަކުގެ މެންޑިޑޭޓުން ބޭރުން މަސައްކަތްތައް ހަވާލުކޮށް، ގައުމު ބޮޑު ޖޯކަކަށް ހަދާފައިވާ ކަމަށެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ މިދައުރު ނިމުމާއެކު، ރައީސް މުއިއްޒުގެ ލަގަސީ ވެސް ތާރީހުގައި ލިޔެވޭނެ ކަމަށާއި، ގައުމާއި، ރައްޔިތުންނަށް ކޮށްދިން ކަންކަމާއި މެދު ސުވާލު އުފައްދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް