Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު ސަލީމް

އެމްޓީސީސީ އަށް ވަރި ކައިވެނީގެ ކަންކަން ހަވާލު ކުރިޔަސް ހައިރާން ނުވޭ: ކުރީގެ އެމްޕީ ސައްލެ

30 އޯގަސްޓު 2025 | ހޮނިހިރު 01:27

ދިވެހިން ބުރަ މަސައްކަތުން ބިނާކުރި ހުރިހާ އިންސްޓިޓިއުޝަންތަކެއް ބިމާ ހަމަކޮށްލައިފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 30 އޯގަސްޓު 2025 | ހޮނިހިރު 01:27
ހުކުރު ދުވަހުގެރޭ އެމްޑީޕީ އިން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަލީމް ވާހަކަ ދައްކަވަނީ

ހުކުރު ދުވަހުގެރޭ އެމްޑީޕީ އިން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަލީމް ވާހަކަ ދައްކަވަނީ

ދިވެހިރާއްޖެ މިހާރު މި ފެނިގެން މިދަނީ އެއްވެސް އިންތިޒާމެއް ނެތް ތަނެއްގެ ގޮތުގައިކަން ފާހަގަ ކުރައްވާ، ވަރިކައިވެނީގެ ކަންކަން އެމްޓީސީސީ އާ ހަވާލުކުރިޔަސް ރައްޔިތުން ހައިރާން ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައްލެ ވިދާޅުވީ، ބޭރު މީހުންގެ ކުރިމަތީ ދިވެހިރާއްޖެ ޖޯކަކަށްވެ ނިމެން ދިވެހިން ބޭނުން ނުވާކަމުގައެވެ. ނަމަވެސް މިހާރު މި ފެނިގެންދަނީ އެތައް ޒަމާނަކުން ފެށިގެން، ލައްކަ ގިނަ މަސައްކަތުން ދިވެހިން ބިނާކުރި ހުރިހާ އިންސްޓިޓިއުޝަން ތަކެއް ބިމާ ހަމަކޮށްލާފައިވާ މަންޒަރުކަމަށް ސައްލެ ވިދާޅުވިއެވެ.

Advertisement - newsAdvertisement
ފެނަކައިން އަޅަނީ މިސްކިތް، އެއަރޕޯޓް ކުންފުނިން އަޅަނީ ޖިމް. ހައިރާންވެވަޑައި ނުގަންނަވާތި އެމްޓީސީސީ އާ ވަރި ކައިވެނީގެ ކަންކަން ހަވާލު ކުރިޔަސް
ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަލީމް

މިއަދު މިރާއްޖޭގައި ހެޔޮވެރިކަމެކޭ ބުނާނެ އެއްވެސް ސިފައެއް ދައްކަން ނެތްކަން ފާހަގަ ކުރައްވާ ސައްލެ ވިދާޅުވީ، ދުނިޔޭގެ ގައުމު ތަކުގެ ކުރިމަތީގައި މިގައުމަށް އުފެއްދި އިތުބާރު ވެއްޔާ މޮޑެވިގެންގޮސް މިއަދު މިގައުމަށް އިތުބާރުކޮށްފަ ފައިސާ ފޮއްޗެއް ދިއްކޮށްލާނެ ބޭރުގެ އެހީތެރިވާނެ މުވައްސަސާއެއް ނެތި، ގައުމު ނިކަމެތި ވެއްޖެ ކަމުގައެވެ.

އެމްޑީޕީ އިން އަލުން ތެދުވެ ސަފުތައް ރުކުރުވާލާ އެކީ އެކެއްޗެއްގެ ގޮތުގައި މަސައްކަތަަށް އަލުން ތެދުވާން މިޖެހުނީ ގައުމު މި ވެއްޓެމުންދާ ވަޅުގަނޑުގެ ސަބަބުން، ކޮންމެ ގޮތެއް އެމްޑީޕީއަށް ވަރިހަމަނުވުމުން ކަމަށް ސައްލެ ވިދާޅުވިއެވެ.ދިވެހި ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވެން ޖެހޭނެ ކަމަށާއި، ޚިޔާލު ފާޅުކޮށް ކަމުނުދަންޔާ ކަމުނުދާ ވެރިމަކެއްގެ ވާހަކަ މިނިވަންކަންމަތީ ބުނެވެން ޖެހޭނެ ކަމަށް ސައްލެ ފާހަގަ ކުރެއްވިއެވެ. އަދި މި ނޫން ގޮތަކަށް ގައުމު ކައްސާލައިގެން ދާތަން ބަލަން، ހުރިހާ ކަމެއް ވަރިހަމަވެގެން އެމްޑީޕީ އިން ނުތިބޭނެ ކަން ސައްލެ ވަނީ މި ސަރުކާރަށް ހަނދާން ކޮށްދެއްވާފައެވެ.

މި ސަރުކާރުން ފަހަރަކު މުއައްސަސާއެއް ކޮށަމުން ބިމާ ހަމަކުރަމުން ގޮސް، މިހާރު ކަނޑި ހިފައިގެން އެނިކުތީ ރާއްޖޭގެ މިނިވަން މީޑިޔާއާ ދިމާލަށް ކަމަށް ފާހަގަ ކުރައްވާ ސައްލެ ވިދާޅުވީ، ރައްޔިތުން އަޅުވެތި ކުރުވަން ބޭނުންވި ކޮންމެ ވެރިޔަކު ހިޔާލުފާޅު ކުރުމާ ދެކޮޅުހެދިކަން ދިވެހި ތާރީހުން ސާފުވާކަމުގައެވެ. ނަމަވެސް މިނިވަން ހިޔާލު ޑަބިޔަލަށް އަޅާ މަތިޖަހައިގެން ގެންގުޅުނު ޒަމާން މިހާރު ހިނގައްޖެ ކަމާއި، ދެން މިރާއްޖޭގަ މި އޮތް މިނިވަން މީޑިޔާއާ، މިނިވަން ހިޔާލާ، މިނިވަން ފިކުރު، މިނިވަން ބަސްބުނުމުގެ ހައްގު ކަނޑު ފެއްތޭނެ ކަމަކަށް ގަބޫލު ނުކުރެވޭކަމުގައެވެ.

އަޅުގަނޑުމެންގެ މުވައްޒަފުން ގައިގަ ތެޅީ، މަރުގެ ހަމަލާދިން، ރޯކުރި، އަނދާ އަޅިޔަށް ހަދާލި. އަޅުގަނޑުމެން ހުއްތުނުތޯ؟ އެހެންވާ ކަމެއް ނޫން އެއީކީ. މިނިވަން ޚިޔާލުގައި މިނިވަން ފިކުރުގައި އަތް އަޅަން އުޅޭ ކޮންމެ މީހަކު އޭނަ އަމިއްލައަށް ގޮސް އެބެދެނީ ދަންތުރައެއްގަ
ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަލީމް

މިނިވަން މީޑިޔާ ނެތިކޮށްލުމުގެ ފުރުސަތު މިރާއްޖޭގައި ދެން އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށާއި އަދި ގައުމަށް ދިމާވާ އެފަދަ ކޮންމެ ހާލަތެއްގައި އެމްޑީޕީއިން ތެދުވާނެކަމުގެ ޔަގީންކަން ސައްލެ ދެއްވާފއިވެއެވެ. މިނިވަން ޚިޔާލު އަދި މިނިވަން ފިކުރުގަ އަތްއަޅަން އުޅޭ ކޮންމެ މީހަކު، އޭނާ އަމިއްލައަށް އެބެދެނީ ދަންތުރައެއްގަކަން ތާރީހު ހެކިދޭކަމަށް ސައްލެ ފާހަގަ ކުރެއްވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް