Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށީ މަގު ހެދުން

ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

ކުޅުދުއްފުށީގެ 18 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް ހަމަޖެހިފައިވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2017 | ހޮނިހިރު 05:58
ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން

ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން

ވިއްސާރަ މޫސުމުގައި ހދ ކުޅުދުއްފުށީ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އަށް ހައްލެއް ގެނައުމުގެ ގޮތުން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަަރަށް ހެދުމަށް ކުރަމުންދާ މސައްކަތުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ހދ ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިނިސްޓަރުގެ ޓުވިޓްގައިވާ ގޮތުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގެ 18 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.

މިމަޝްރޫޢުގެދަށުން ފުރަތަމަ ތާރު އަޅަން ހަމަޖެހިފައި ވަނީ ކުޅުދުއްފުށީ މަގާން މަގުގައެވެ. މީގެ އިތުރުން އެރަށު ފަނޑިޔާރު މަގާއި، ކަނބޯރަނި މަގުގައި ސީއެސްބީ ލޭޔަރ އަޅައި ނިމިފައިވާ ކަމަށާ، މިސްކިތް މަގުގައި ސީއެސްބީ ލޭޔަރ އެޅުމުގެ މަސައްކަތް އަންނަ ބުރާސްފަތިދުވަހު ފަށާނެ ކަމަށް ވެސް އެމްއާރުޑީސީން ބުނެއެވެ.

ކުޅުދުއްފުށީ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފުރާސްޓްރަކްޗަރ އިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގެ 18 މަގެއްގައި 5.8 ކިލޯމީޓަރުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢު މިއަހަރުގެ ނިޔަލަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ، 2010 ވަނަ އަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް އެމަޝްރޫޢު ހުއްޓިފައި އޮންނަތާ ގިނަދުވަސްތަކެއް ފަހުން، 2013 ވަނަ އަހަރުވަނީ އޭރު ހަދަންފަށާފައިވާ އަމީނީމަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހަދަންނިންމައި، އެމަސައްކަތް ފަށާފައެވެ. އެމަގުގެ މަސައްކަތް ފުރިހަމަވީފަހުން އަނެއްކާވެސް މި މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމަށް ފަހު މަސައްކަތް އަލުން ފެށުނީ އެމްއާރްޑީސީއާ ހަވާލުކުރި ފަހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު