Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކަންމަތީ ބައްދަލުވުން

2024 ވަނަ އަހަރު ސްޓެލްކޯ އަށް ލިބުނު ބޮޑު ފައިދާގެ އަސްލަކީ ރައްޔިތުންގެ ކަރަންޓު ބިލުން ކުރި ބޮޑު ވައްކަން: ޣަފޫރު

ސްޓެލްކޯއިން 2023 ގައި 175 މިލިއަން ގެއްލުންވެ، 2024 ގައި 300 މިލިއަން ރުފިޔާގެ ފައިދާ ނެގީ ރައްޔިތުންގެ ކަރަންޓު ބިލުން ކުރި ވައްކަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2025 | ހުކުރު 18:12
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ: ވިދާޅުވީ މި ސަރުކާރަށް ކުރަން އެނގޭ ހަމަ އެކަނި ކަމަކީ ވައްކަން ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ: ވިދާޅުވީ މި ސަރުކާރަށް ކުރަން އެނގޭ ހަމަ އެކަނި ކަމަކީ ވައްކަން ކަމަށް

2023 ވަނަ އަހަރު ސްޓެލްކޯއިން 175 މިލިއަން ގެއްލުން ވެފައިވާއިރު، 2024 ވަނަ އަހަރު 300 މިލިއަން ރުފިޔާގެ ފައިދާ ނެގީ ރައްޔިތުންގެ ކަރަންޓު ބިލުން ކުރި ބޮޑު ވައްކަމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު މިފަދައިން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ކައްމަތީ އެއްވުމުގެ ޖަލްސާގަ އެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރު އައިފަހުން މިހާރު ދެއަހަރު ވެގެން ދިޔަ އިރުގައި ވެސް ގާބުރިއެއްގެ މިންވަރު ވެސް ބާއްވާފައި ނުވާކަން ފާހަގަކުރައްވައި ގަފޫރު ވިދާޅުވީ ދައުލަތުގެ ފައިސާއިން 110 ބިލިއަން ރުފިޔާ ޚަރަދުކޮށް ހުސްކޮށްލާފައިވާ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ޕްރޮޖެކްޓެއް ކުރިޔަށް ނުގެންދާ ކަމަށެވެ.

ޣަފޫރު ވިދާޅުވީ 110 ބިލިއަން ރުފިޔާ ދުއްވާލައިގެން މި ސަރުކާރަށް ކުރެވިފައި ހުރި ހަމަ އެކަނި ކަމަކީ އެއް ނަމްބަރު ފާލަން ހެދުން އެކަނި ކަމަށެވެ. އެ ނޫން އެއްވެސް ކަމެއް މި ސަރުކާރަށް ކުރެވިފައި ނުވާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އަޅުގަނޑުގެ ގާތުގައި ހއ އަތޮޅުގެ މީހަކު، އަޅުގަނޑު ކެފޭއެއްގައި އިންދާ އައިސް ބުނީ ކޮއްކޯއޭ މި ޅެން ބަހުރުވައިން މި ފަރުވާދޭ މިނިސްޓްރީގެ ބޭފުޅުން ނުވަ ގަޑީގެ ސަޔަށް އަންނައިރު، ހީވަނީ ހުވަހަންދޫ ބޭރަށް ރެހި އަރާފައި އޮންނަހެންނޭ. ހަމަ އެބޭފުޅާ ވިދާޅުވި ގޮތަށް އަޅުގަނޑު މި ބުނީ. ޅެންބަހުން ފަރުވާދޭ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން، އެބޭފުޅުން އޮފީސްކައިރީގައ ޗާންދަނީމަގު ހަތަރުއަނގޮޅި ކަންމަތީގައި ހުން ކެފޭއަކަށް ވަންނަ އިރު ހީވަނީ ހުވަހަންދޫ ބޭރަށް ރެހިއަރާފަ އިރުވާ މޫސުމގައި އޮންނަހެންނޭ. ދެން ތިބޭފުޅުން ވިސްނަވާ. މީކީ ސަމާސާ ވާހަތަކެއް ނޫން. އަޅުގަނޑު މިބުނާ އަދަދަށް ރައްޔިތުންގެ ފައިސާއިން ޚަރަދުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ

ކަން މިހެންހުރިއިރު، ގައުމެއް ލޫޓުވަމުން ދާއިރު ބަލަން ތިބެގެން ނުނާނޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ސްޕްރީމް ކޯޓުގައި އަތްލިފަހުން ފަހަރަކު އެއްޗަކަށް ފަހު އެއްޗެއް ހަލާކުރަމުން ދާނެކަން ދަންނަންޖެހޭ ކަމަށެވެ. އެގޮތުން މިއަދު މިއޮތީ މިޑިއާ އާއި ޖެހިފައި ކަމަށާއި އެގޮތުން މި ސަރުކާރުން އެދަނީ އެމީޙުން ބޭނުންވާ ގޮތަށް މީޑިއާ ބައްޓަން ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ މި ސަރުކާރުން ކުރަމުން މި ގެންދާ ކަންކަން ނުހުއްޓުވައި ފަހަތަށް ޖެހިގެން ތިބެއްޖެ ނަމަ ދެން މި ގައުމު އަތު ނުވާނޭ ކަމަށެެވެ. އެހެންކަމުން މި ސަރުކާރު ހަމަމަގަށް އެޅުވުމަށް ނުކުންނަން އެބަޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ މި ސަރުކާރަށް ރައްޔިތުންނަށްޓަކައި، ގައުމަށް ޓަކައި ކޮށްދެވޭނޭ އެއްވެސް ކަމެއް ނެތް ކަމަށާއި މި ސަރުކާރަށް ހަމަ އެކަނި ކުރަން އެނގޭ ކަމަކީ ވައްކަން ކުރުން ކަމަށެވެ.

ޣަފޫރު ވިދާޅުވީ 2023 ވަނަ އަހަރު ސްޓެލްކޯއިން 175 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ޖެހިގެން އައި 2024 ވަނަ އަހަރު 300 މިލިއަން ރުފިޔާފެ ފައިދާއެއް ސްޓެލްކޯއަށް ލިބުނު ކަމަށާއި އެއީ މި ސަރުކާރުން ރައްޔިތުންގެ ކަރަންޓު ބިލުން ކުރި ބޮޑުވައްކަންތަކުން ލިބުނު ފައިދާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ ސްޓެލްކޯ އަށް އެހާ ބޮޑު ގެއްލުމެއް ލިބިފައި އޮވެ ކުއްލިއަކަށް އެ ހާބޮޑު ފައިދާއެއް ލިބޭނޭ އިތުރު ވަސީލަތެއް މި ސަރުކާރަށް ނެތް ކަމަށާއި އެއީ ސީދާ ކަރަންޓު ބިލުން ކުރި ބޮޑު ވައްކަމުން ލިބުނު ފައިދާއެއް ކަމަށެވެ.

މި ވައްކަން މި ސަރުކާރުން ކުރަނީ ކަރަންޓު ބިލްތައް އޮޅުވާލައިގެން ކަމަށާއި މިހާރު އެ ވައްކަން ރަށްރަށުގައި ވެސް ކުރަމުން ގެންދާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު