Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މޭ ހޫން ޑޯން!

ސުވާލަކީ އާންމުކޮށް ކާރުކޮޅުގައި އޮފީހަށް ވަޑައިގެން އުޅުއްވާ ބޭފުޅަކު ނޫސްވެރިން އިހްތިޖާޖުގައި ތިއްބާ އެތަނަށް ނުކުމެވެވަޑައިގެން ހިންގަވައިގަތީ ކޮން ބޭނުމެއްގައި ތޯއެވެ. ބޭނުން ފުޅުވީ ކޮން ފޮޓޯއެއްތޯ އެވެ. ސާބިތުކޮށްދެއްވަން ބޭނުންފުޅުވީ ކޮންކަމެއްތޯ އެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2025 | ހުކުރު 12:44
ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ނޫސްވެރިންނާއި ބައްދަލުކޮށް ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވާފައި

ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ނޫސްވެރިންނާއި ބައްދަލުކޮށް ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވާފައި

ލައިވް ކުރަމުންދިޔަ މަންޒަރު ފެނުމާއި އެކު އަޅުގަނޑުގެ ހަނދާނަށް އައީ ހިންދީ ފިލްމު ޑޯންގެ މަންޒަރުތަކެވެ. ޝާހުރުކު ޚާން ހިނގާލާފައި އައި މަންޒަރެއެވެ. ވަށައިގެން ތިބީ އެނާގެ ބޮޑީގާޑުންތަކެވެ. އެކަމަކު ދަންނަވާލަން މިއުޅެނީ ހިންދީ ފިލްމު ޑޯންގެ ވާހަކައެއް ނޫނެ އެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކޮޅާއި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެ ކޮޅު މުލިއާގެ އާއި ދޭތެރޭގައި ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ހިނގާދިޔަ ހާދިސާއެއްގެ ވާހަކަ އެވެ. ރައީސް ނުކުންނެވީ ގެއަށް ވަޑައިގަންނަވާށެ އެވެ. ވަށައިގެން ހަތިޔާރާއެކު ތިބި ސިފައިންނާއި ފުލުހުންގެ ބޮޑު ފައުޖެއް އޮތެ އެވެ. ރައީސް އޮފީހުގެ ކުރިމަތީގައި ހުންނަ ނޫސްވެރިންގެ ފެންޑާގައި އިހްތިޖާޖުގައި ތިބި އެތައް ނޫސްވެރިންނެއް ތިއްބެވެ. އޭރު ނޫސްވެރިން ރައީސް އާއި ބައްދަލުކުރަން ހުށަހަޅައިގެން އިޙްތިޖާޖް ކުރާތާ ދެ ދުވަސް ވެއްޖެ އެވެ. ސަރުކާރުން ނޫސްވެރިކަން އުލުބައިންދާ ބިލެއް ފާސްކުރަން އުޅޭތީ، މުޅި ގައުމުގައި އޮތީ އެކަމާއި ދެކޮޅު ހެދުމުގެ އަޑުތަކެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ ނޫސް މިޑިޔާތަކުން ދިޔައީ އެކަމާއި ދެކޮޅަށް ވަރުގަދަ އިހްތިޖާޖްތަކެއް ކުރަމުންނެ އެވެ.

ރައީސުޖުމްހޫރިއްޔާ ރައީސް އޮފީހުން ނިކުމެވަޑައިގަތީ ނޫސްވެރިންގެ ތެރެއިން ބަޔަކާއި ރައީސް އޮފީހުގައި ބައްދަލުކުރެއްވުމަށްފަހުގަ އެވެ. އޭރު ގަޑިން މެންދުރުފަހު ތިންގަޑި ފަހެއް އެހާކަންހާއިރު އެވެ. ރައީސް ނިކުމެވަޑައިގަތުމާއެކު ނޫސްވެރިން އެމީހުންގެ ކަންބޮޑުވުންތައް ރައީސްއަށް ހިއްސާކުރަން ފެށި އެވެ. ސުވާލުތައް އޮއްސަން ފެށި އެވެ. ރީތި ބަހުންނެ އެވެ. އެކަމަކު ހިތްހަމަ ނުޖެހުމާއި، ނުތަނަސްކަމާއި އެކުގަ އެވެ. ރައީސް ހިންގަވަމުންދެ އެވެ. ނޫސްވެރިން ފަހަތުން ހިނގަމުން ދުވަމުންދެ އެވެ. ރައީސްގެ ވަށައިގެންތިބި ސަލާމަތީ ބާރުތަކުން ނޫސްވެރިން ގަޅުވާ ކޮއްޕާ ބިންމައްޗަށް ވައްޓަމުންދެ އެވެ. ރައީސްއަށް ކަހެރިވަކެކޭވެސް ހީނުވާ ތާނގައި ކަލެއަށް ކިޔަނީ މަރިޔަމްހޭވެސް އަހާނުލަ އެވެ. ކޮންމެވެސް އެއް ހިސާބަކުން ތިޔަކަން ބަލާލާނަމޭ ކަހަލަ އެއްޗެކޭ ވިދާޅުވާތީވެސް އިވުނެ އެވެ.

މިފަދަ ގޮތަކަށް ރައީސް އެވަޑައިގެންނެވި ތަނަކަށް ވަޑައިގެންފި އެވެ. ނޫސްވެރިއަކަށް ލިބުނު ޖަވާބެއް ފުދުނު ބޭނުމެއް ސާފުވި އެއްޗެއް ނެތެ އެވެ. އަނިޔާވުން ނޫން ކަމެއްނުވި އެވެ. އެކަމަކު ލައިވް ކޮންނާއި ސީދާ އެތަނުންނާއި މިމަންޒަރު ބަލަންތިބި އެތައް ނޫސްވެރިންނަކަށާއި އެތައްހާސް އާއްމު ރައްޔިތުންނަކަށް ރައީސް މުއިއްޒުގެ ހަސީލަތާއި ވައްޓަފާޅި އޮޅުން ފިލާ ސާފުވެއްޖެ އެވެ. ބައެއް މީހުން ބުނަނީ މިމަންޒަރުން ފެނުނީ ރައީސްގެ ބޮޑާ ކަމާއި ކިބުރުވެރިކަން ކަމަށެ އެވެ. އަނެއް ބަޔަކު ބުނަނީ އައު ކަމެއް ނުފެންނަ ކަމަށެ އެވެ. އަނެއްކާވެސް ފެނުނީ މުނާފިގު ކަމުގެ ސިފަ ކަމަށެ އެވެ. ސަބަބަކީ މިނިވަން ނޫސްވެރިކަމަށް ސަތޭކަ އިންސައްތަ ތާއީދުކުރާ ސަރުކާރެއް ކަމަށާއި ނޫސްވެރިކަމަށް ފުރިހަމައަށް ޖާގަދޭ ސަރުކާރެއް ކަމަށް ތާއަބަދު ވިދާޅުވަމުން ގެންދަވާ ރައީސެއްގެ ފަހަތުން ނޫސްވެރިން ދުވި އިރުވެސް ހުއްޓިވައިގެން އެއިން މީހަކާއި އަނގައިން ބުނަން ބޭނުންފުޅު ނުވި ކަމެވެ. ރައީސް އޮފީހުގެ ދޮރުމަތީގައި ނޫސްވެރިންގެ ފެންޑާއެއް ހައްދަވާ، އެފެންޑާ ހުޅުއްވައިދެއްވި ދުވަހު މިއީ ނޫސްވެރިން އަބަދު އައިސް ތިބެންވީ ތަން ކަމަށާއި މިތާ ތިބެފައި ރައީސް އޮފީހަށް ވަދެ ނިކުމެ ހަދާ ވަޒީރުންނަށާއި ރައީސް އަށް ވެސް ސުވާލު ކުރަންވީ ކަމަށް ވިދާޅުވުމަށްފަހު އެކަން އަމަލީ ގޮތުން ދައްކަވާލަން ފުރުޞަތު ލިބުމުން އެކަން ކުރައްވަން ބޭނުންފުޅު ނުވި ކަމެވެ. ބައެއް ފަހަރު މި ކަހަލަ ޑްރާމާތައް ރައީސް އޮފީހުގެ ދޮރުމަތީގައި، ބައެއް ނޫސްވެރިން ލައްވާ ކުޅުވުމަށްފަހު ހަގީގަތުގައި މިކަހަލަ ކަމެއް ކުރަން ޖެހުނު ވަގުތު ފިއްލަވައިގެން ވަޑައިގެންނެވި ކަމެވެ.

ސުވާލަކީ އާންމުކޮށް ކާރުކޮޅުގައި އޮފީހަށް ވަޑައިގެން އުޅުއްވާ ބޭފުޅަކު ނޫސްވެރިން އިހްތިޖާޖުގައި ތިއްބާ އެތަނަށް ނުކުމެވެވަޑައިގެން ހިންގަވައިގަތީ ކޮން ބޭނުމެއްގައި ތޯއެވެ. ބޭނުން ފުޅުވީ ކޮން ފޮޓޯއެއްތޯ އެވެ. ސާބިތުކޮށްދެއްވަން ބޭނުންފުޅުވީ ކޮންކަމެއްތޯ އެވެ. ދައްކަވަން އުޅުއްވީ ކޮން މަންޒަރެއްތޯ އެވެ. ކުޅުއްވަން އުޅުއްވީ ކޮން ޗަރުކޭހެއްތޯ އެވެ. އެހާ ގަޓެއް ހުރި ނަމަ އެހާ ނޫސްވެރިން ދެކެ ލޯބިފުޅުވާ ނަމަ އެހާބޮޑަށް މިނިވަން ނޫސްވެރިކަމަށް ޖާގަ ދެއްވާ ނަމަ އެހާ ގަދަކަން ދައްކަވާފައި އެހާ ބޮޑާކަމާއި އެކު ވަޑައިގަތީ ކީއްވެތޯ އެވެ.

ޤަބޫކުފުޅުކުރައްވާށެ އެވެ. ސަތޭކަ ޕަސެންޓޭ ބުނުމަކުން އަދި ސަތޭކަ ޕަސެންޓެއް ހަމައެއް ނުވެ އެވެ. މިނިވަންކަންދީފީމޭ ބުނުމަކުން އަދި މިނިވަނެއް ނުވެ އެވެ. ރައްޔިތުންގެ ފަޅީގައި ހުންނަވާ ކަމަށް ބުނުމަކުން އަދި އެހުރެވުނީ އެފަޅީގައި ކަމަކަށްވެސް ނުވެއެވެ. އެއަށްވުރެ ބޮޑަށް ޤަބޫލުކުރައްވަންވީ ކަމަކީ ވަށައިގެން ހަތިޔާރު އެޅި ގާޑުން އަތުރުއްވައިގެން، ގުންފައި ޖައްސަވާފައި ދެއަތް ފުޅާކުރައްވާފައި، ހިންގެވުމަކުން ޑޯންއަކަށްވެސް ނުވެވޭ ކަމެވެ. މިފަހަރު ތިޔަ ޖެއްސެވި ސްޓަންޓް ގޮވީ އަތަށް ނޫންތޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟

މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟

20 ނޮވެމްބަރު 2025
މޭ ޕަލް ދޯ ޕަލްކާ ޝާޔަރު ހޫން، ޕަލް ދޯ ޕަލް މެރީ ކަހާނީހޭ....

މޭ ޕަލް ދޯ ޕަލްކާ ޝާޔަރު ހޫން، ޕަލް ދޯ ޕަލް މެރީ ކަހާނީހޭ....

22 ޖެނުއަރީ 2022

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު