Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާޑެއްދޫ އެއަރޕޯޓު

ކާޑެއްދޫ އެއަރޕޯޓްގެ މައްސަލައިގައި ސަރުކާރުން އެއްވެސް ބަދަލެއް ދޭންޖެހޭ ގާނޫނީ ހަމައެއް ނެތް

23 އޯގަސްޓު 2025 | ހޮނިހިރު 06:49

ވިލާ އެއަރއަށް ކާޑެއްދޫ އެއަރޕޯޓު ދިނުމަށް ބަދަލުގެ ގޮތުގައި ސަރުކާރުން 18 މިލިއަން ޑޮލަރު ދޭން ނިންމައިފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 23 އޯގަސްޓު 2025 | ހޮނިހިރު 06:49
އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޒު އަހްމަދު މައުރޫފް

އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޒު އަހްމަދު މައުރޫފް

ކާޑެއްދޫ އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް ވިލާ އެއަރއާއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން، އެ ކުންފުންޏަށް އެއްވެސް ބަދަލެއް ދިނުމަކީ ޤާނޫނީ ގޮތުން ކުރަންޖެހޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޒު އަހްމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

މައުރޫފް މިހެން ވިދާޅުވަފައިވަނީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ގދ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ސަރުކާރަށް ހޯދުމަށްޓަކައި، ވިލާއިން ހުށަހެޅި އަގު ދަށްކޮށް، 18 މިލިއަން ޑޮލަރު (277.5 މިލިއަން ރުފިޔާ)ގެ ބަދަލެއް ދޭން ސަރުކާރުން ހުށަހެޅުމުން، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ނެވެ.

Advertisement - newsAdvertisement

ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި މައުރޫފް ފާހަގަކުރެއްވި ގޮތުގައި، 2013 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ވިލާ އެއަރއިން އެއްބަސްވުމުގައިވާ އެއްވެސް މުހިންމު ޒިންމާއެއް އަދާކޮށްފައެއް ނުވެއެވެ. އަދި އެއަރޕޯޓް ތަރައްޤީ ކުރުމަށް އެއްވެސް ފާހަގަކުރެވޭ އިންވެސްޓްމަންޓެއް ކޮށްފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

2017 ވަނަ އަހަރު ސަރުކާރުން އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، 2018 ވަނަ އަހަރު ސިވިލް ކޯޓުން ނިންމީ އެއްބަސްވުން ބާތިލުކުރި ކުރުން ޤާނޫނީ ގޮތުން ރަނގަޅު ނޫން ކަމަށެވެ. މި މައްސަލަ ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ބެލުމަށްފަހު، 2022 ވަނަ އަހަރު އެއްބަސްވުން އަލުން ތަންފީޒުކުރަން ފެށުނެވެ.

"އަލުން ތަންފީޒުކުރެވުނު އެއްބަސްވުމުގެ ދަށުން، ފުރަތަމަ އަހަރު ތެރޭގައި ޑޮމެސްޓިކް ފެސިލިޓީތައް ސީއޭއޭގެ މިންގަނޑުތަކަށް ތަރައްޤީކުރަންޖެހޭ. އަދި 7 އަހަރު ތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ އެއަރޕޯޓަކަށް ހަދަންޖެހޭ. ނަމަވެސް މިހާރު 4 އަހަރު ވެގެން ދިޔައިރުވެސް އެއްވެސް ކަމެއް ކުރިއަށް ގޮސްފައެއް ނުވޭ،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހާލަތުގައި ސަރުކާރަށް އެއްބަސްވުން އެއްފަރާތުން ބާތިލުކުރުމުގެ ފުރިހަމަ ޙައްޤު ލިބިގެންވެއެވެ. އަދި މިކަމުގައި ވިލާ އެއަރގެ ރުހުން ހޯދާކަށް ނުޖެހޭނެ ކަމަށާއި، އެއްވެސް ބަދަލެއް ދޭންޖެހޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރަށް އެއަރޕޯޓް ބޭނުންވާނަމަ، ހަމައެކަނި ކުރަންޖެހޭނީ އެއްބަސްވުން ބާތިލުކުރުން. އެއްވެސް ބަދަލެއް ދިނުމަކީ އެކަށީގެންވާ، ޖަވާބުދާރީވެވޭނެ އަދި ޤާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫން،" މައުރޫފް ނިންމާލަމުން ވިދާޅުވި އެވެ.

ކާޑެއްދޫ އެއަރޕޯޓު ވިލާއަށް ހަވާލުކުރީ ދެ ފަޅެއް ވެސް ޖާމިނުކޮށްފަ އެވެ. ނަމަވެސް އެތަނެއް ވިލާއިން ތަރައްގީ އެއް ނުކުރެ އެވެ. ކާޑެއްދޫ އެއަރޕޯޓުގެ އެއްބަސްވުން ބާތިލުކުރުމާއެކު އެ ދެ ފަޅު ވެސް ސަރުކާރަށް ލިބޭނެ އެވެ.

ބަދަލު ހޯދުމުގެ ގޮތުން ވިލާ އެއަރ އިން ރައީސް އޮފީހަށް ހުށަހެޅި ހުށަހެޅުމުގައި އެއަރޕޯޓް ތަރައްގީ އަށް 100 މިލިއަން ޑޮލަރު އަރާނެ ކަމަށް "އާރނެސްޓް އެންޑް ޔަންގް" އިން ލަފާ ކޮށްފައިވާ ކަމާއި، އެހެން ނަމަވެސް ބަދަލުގެ ގޮތުގައި، ދައުލަތުން 21 މިލިއަން ޑޮލަރު ދިނުން އެދޭ ކަމަށް ވިލާ އެއަރ އިން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ އޮފީހުން ބެލި ބެލުމުން، ކާޑެއްދޫ އެއަރޕޯޓުގެ އަގަކީ 18.5 މިލިއަން ޑޮލަރު ކަމަށާއި، އެއަރޕޯޓް ތަރައްގީ ކުރުމަށް ޖާމިނު ކޮށް ދައުލަތުގެ ފަރާތުން އދ އަތޮޅުން ދޫކޮށްފައިވާ 2 ފަޅުގެ އަގު ކަމުގައިވާ 15 މިލިއަން އެމެރިކާ ޑޮލަރު ހިމަނައިގެން ޖުމްލަ އަގަކީ 33.5 މިލިއަން އެމެރިކާ ޑޮލަރު ކަމަށް 14 އޮގަސްޓް 2025 ގައި ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ ގޮތުން އެއަރޕޯޓަށް ކޮށްފައިވާ ޚަރަދުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ޑޮލަރު ދޭން ނިންމީ ކަމުަގައި ރައީސް އޮފީހުން ބުނެފައިވެ އެވެ.

އަދި ވިލާ ގްރޫޕުން ދައުލަތައް ދައްކަން ޖެހޭ ޓެކްސް 18 މަސް ދުވަހަށް ބަހާލައިގެން އެޖެސްޓްމަންޓް ހަދާ ގޮތަށް ވެސް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ އޮފަރ ގައި ވާ ގޮތުން ވިލާ އެއަރ އަށް 18 މިލިއަން ޑޮލަރު ލިބުމުގެ އިތުރުން، އދ އަތޮޅުން އެއަރޕޯޓް ތަރައްގީ ކުރާތީ ދިން 2 ފަޅު ވެސް ގާސިމް ގެ ކުންފުންޏަށް ލިބޭނެ އެވެ.

ސަރުކާރުން މިހާރު ވަނީ ގދ. ކާޑެއްދޫ އެއަރޕޯޓުގެ ލީސް އެގްރީމެންޓް ބާތިލު ކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ އޮފަރ ގާސިމް ގެ ވިލާ އެއަރ އިން ގަބޫލު ކުރާ ނަމަ އެކަން ސަރުކާރަށް އެންގުމަށް އެދޭ ކަމަށް ބުނެފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް