Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާޒް

މަޝްވަރާ އަށް ގޮވާލުމުގައި ސަރުކާރުގެ އިހުލާސްތެރި ކަމެއް ނެތް:ރިޔާޒް

މަޝްވަރާ ކުރުމަށް ޝަރުތުތަކެއް ކަނޑަނޭޅޭނެ ކަމަށް ސަކާރުން ބުނާއިރު ސަރުކާރުން ވަނީ ޝަރުތުތަކެއް ކަނޑައަޅާފަ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2017 | ހުކުރު 09:03
ޖޭޕީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް

ޖޭޕީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި ސިޔާސީ ޕާޓީތަކަށް، މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލުމުގައި ސަރުކާރުގެ އިހުލާސްތެރި ކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭނުންވާ އިސްލާހީ ބަދަލުތައް ހަތް ދުވަހުގެ ތެރޭގައި ލިޔުމުން އަންގައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުރިހާ ޕާޓީތަކަށާއި ރައީސް މައުމޫނަށް ބުދަ ދުވަހު ވަނީ ސިޓީ ފޮނުވާފަ އެވެ.

Advertisement - newsAdvertisement

ޕާޓީތަކަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި ސިޔާސީ ގޮތުން އޮތް ހިޔާލު ތަފާތުވުންތައް ނައްތާލައި، ގައުމު ތަރައްގީކުރުމާއި ބިނާ ކުރުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި، އަދި ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް އެކި ފަހަރުމަތިން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާތައް ފެށުމުގެ އެކިއެކި ޝަރުތުތައް ކުރަމުން ދިއުމުގެ ސަބަބުން މަޝްވަރާތައް ކުރިއަށް ގެންދެވޭ ގޮތް ނުވެފައިވާ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

ސަރުކާރުން މަޝްވަރާ އަށް ގޮވާލާ ފޮނުވި ސިޓީއާ ގުޅޭ ގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ރިޔާޒް ވިދާޅުވީ މަޝްވަރާ އަށް އަބަދުވެސް ޖުމްހޫރީ ޕާޓީން މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް މަޝްވަރާ ކުރުމުގައި އަދި މަޝްރާ އަށް ގޮވާލުމުގައި ވެސް ސަރުކާރުގެ ފަރާތުން އެއްވެސް ވަރަކަށް އިހުލާސްތެރިކަމެއް ނެތް ކަމަށެވެ.

ރިޔާޒް ވިދާޅުވީ މައްސަލަތަކެއް ހައްލެއް ލިބޭނީ މަޝްވަރާ ކޮށްގެން ކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި މަޝްވަރާގެ މޭޒަށް ދިއުމުގެ ކުރިން ޝަރުތުތަކެއް ކަނޑައެޅުމަކީ މަޝްވަރާ ކުރުމުގައި އިހުލާސްތެރިކަން ނެތުމުން ކުރާ ކަމެއް ކަން ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ މަޝްވަރާގެ މޭޒަށް އަންނައިރު ޝަރުތުތަކެއް ނުހުންނާނެ ކަމަށް ސަރުކާރުން ބުނާއިރު މަޝްވަރާގެ މޭޒަށް އައުމަށް ދައުވަތު ދެއްވާ ފޮނުވި ސިޓީގައި މަޝްވަރާ ނުކުރެވޭނެ ކަމަށް ބުނެ ކަންތައްތަކެއް ފާހަގަ ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ހަމަ ހަގީގަތުގައި ވެސް ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމާމެދު ސުވާލު އުފެދޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ސަރުކާރުން ފޮނުވި ދައުވަތަށް ޖަވާބް ދޭނީ ޖުމްހޫރީ ޕާޓީގެ ކައުންސިލާ މަޝްވަރާ ކުރުމަށް ފަހު ކަމަށާއި މަޝްވަރާ ކުރުމަށް ބޭނުންވާ ކަންކަން ނިންމާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މަޝްވަރާތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަންކަން އިސްލާހުކުރަން ބޭނުންވާކަމުގެ ވާހަކަތައް ދައްކަމުންދާ ކަމަށާއި، އެހެންކަމުން ސަރުކާރުން ބޭނުންވަނީ އެއީ ކޮން ކަންތައްތަކެއްކަން ދެނެގަންނަން ކަމަށެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ޖަލު ހުކުމަކާ ކުރިމަތިލައްވަން ނުޖެހި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް ހުކުމްކުރިތާ ހަފްތާއެއް ފަހުން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލާފައިވާއިރު، ޝައިނީ ވިދާޅުވީ މަޝްވަރާތައް ބާއްވަންޖެހޭނީ ވަކި ފަރުދެއްގެ މައްސަލައާ ވާހަކަ ދެއްކުމުގެ ބަދަލުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އެފަދަ ހުށަހެޅުންތަކެއް ހުރި ކަމަށް ސަރުކާރަށް ފެންނަ ކަމަށް ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ އެ ކަންތައްތައް ހަތް ދުވަހުގެ ތެރޭގައި ހުށަހެޅުމުން ސަރުކާރާއެކު ތިބި ސިޔާސީ ފަރާތްތަކާ މަޝްވަރާކުރާނެ ކަމަށާއި އެއަށްފަހު އީޖާބީ ބަދަލުތަކެއް ފެންނަ ނަމަ މަޝްވަރާގެ މަސައްކަތް ފަށާނެ ކަމަށެވެ. ޝައިނީ ވިދާޅުވީ ސިޔާސީ މަސްރަހު "އޮމާންކޮށް، ފިނިކުރުމަށް" މަޝްވަރާތަކަށް އަންނަންވާނީ އެއްވެސް ޝަރުތަކާ ނުލައި ކަމަށެވެ.

"މިފަހަރު ސިޓީ މި ފޮނުވީ ޖަލަށް ލާފަ ހުރި މީހަކަށެއް ނޫން، ޕާޓީތަކުގެ ލީޑަރުންނަށް، ދެން އެބޭފުޅުންނަށް އެކިއެކި ކަންކަމުގެ ތުހުމަތުކުރެވިގެން ޝަރީއަތް ހިންގުމާ ޖަލަށް ލެވިފަ ހުރުމާ ޖަލުން ފިލައިގެން އުޅުމާ މިއީ އެހެން ލެވަލްއެއްގަ ހިނގާ ކަންތައްތައް. ހަމަގައިމުވެސް ހުރިހާ އެންމެންގެ މައްޗަށް މިހާރު ޝަރީއަތް ކުރެވޭނެ ކަން ހުކުމް އަންނާނެކަން އެއްވެސް މީހަކު ތަފާތުނުކޮށް، ސަރުކާރުން ބޭނުންފުޅުވޭކަން މި ހުރިހާ އެންމެންނާ ދޭތެރޭގައި ވެސް އެއްވަރަކަށް ގާނޫނާއި ގަވާއިދުތައް ތަންފީޒްވާން ރައްޔިތުންނަށް ޔަގީންވާނެ، އެހެންވީމަ އޭގެ ތެރޭގައި އަދި މީހަކު ކޮށްފައި ހުރި ކަމެއްގެ ސަބަބުން އޭނައަށް ވަކިވަކިން އަންނަ ކަންތައްތަކާ ޕާޓީއާ ވަރަށް ތަފާތު، އެހެންވީމަ ޕާޓީގެ ލީޑަރުންނަށް ސިޓީ ފޮނުވާފަ އެއޮތީ އެއީ ލީޑަރުންނަށް ވާތީވެ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެެއިން ކަމަށާއި "ޗާޓުން ބޭރުން" އެއްވެސް ކަމެއް ކުރަމުންނުދާ ކަމަށެވެ. އެހެންކަމުން ހުރި މައްސަލަތަކަކީ ކޮބައިކަން ސަރުކާރަށް އެނގޭނީ އިދިކޮޅު ފަރާތްތަކުން ބުނެދިނުމުން ކަމަށް ޝައިނީ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ޝައިނީއާ ވަރުގަދަ ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ. އެގޮތުން ސަރުކާރުގެ ތެރޭގައި "ގޯސްކޮށް" ހިނގަމުންދިޔަ ކަންތައްތައް ސީދާ ރައީސް އަބްދުﷲ ޔާމީނުގެ ސަމާލުކަމަށް ރައީސް މައުމޫނާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގެންނެވި ކަމާއި އެއިރު އެކަންތައްތައް އިސްލާހު ނުކުރި ސަބަބާ މެދު ސުވާލުކުރި އެވެ. އަދި ސަރުކާރުގައި އިސްލާހު ކުރަންޖެހޭ ކަމެއް ހުރިކަމަށް ސަރުކާރުން ގަބޫލުކުރޭތޯ ސުވާލުކޮށްފައިވެއެވެ.

މީގެ އިތުރުން، ޕާޓީތަކަށް ފޮނުވި ސިޓީތަކުގައި އެ ޕާޓީގެ ލީޑަރުންނަށް ނުވަތަ ރައީސުންނަށް އެޑްރެސް ކޮށްފައިވަނީ ކީއްވެތޯ ވެސް ސުވާލުކޮށްފައިވެއެވެ. ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ސިޔާސީ ޕާޓީއާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުމުގެ އިތުރަށް އެއިން ތަނެއްގެ މަސްއޫލްވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނުލިބޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ.

މީގެ ކުރިން 2015 ވަނަ އަހަރުގެ މެދު ތެރޭގައާއި، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަޝްވަރާ ކުރުމަށް ސަރުކާރުން ޕާޓީތަކަށް ދައުވަތު ދިނެވެ. އެހެން ނަމަވެސް، ވަކި ހިސާބަކުން މަޝްވަރާތައް ހުއްޓިގެން ދިޔައީ ޖަލުގައި ބަންދުކުރެވިފައިވާ ޕާޓީތަކުގެ ލީޑަރުން މަޝްވަރާގައި ބައިވެރިކުރުމާ މެދު "އެއްގަލަކަށް" ނޭރުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު