Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައުސިންގ މަޝްރޫއުތައް

މިހާތަނަށް ހައުސިންގ ގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދެވޭ މި ސަރުކާރުން އަންނަ އަހަރު ވެސް އެންމެ އިސްކަން ދޭނީ މި ދާއިރާއަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ބޮޑުފޮޅުދޫގައި 50 ހައުސިންގ ޔުނިޓްގެ މަޝްރޫއެއްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 އޯގަސްޓު 2025 | ބުދަ 08:45
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބޮޑުފޮޅުދޫއަށް ވަޑައިގަތުން- 20.08.2025

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބޮޑުފޮޅުދޫއަށް ވަޑައިގަތުން- 20.08.2025

ކުރިއަށް އޮތް އަހަރު ވެސް އިސްކަމެއް ދޭނީ ހައުސިންގ މަޝްރޫއުތައް ކުރިއަށް ގެންދަން ކަމަށާއި، އަންނަ އަހަރު ކުރީކޮޅު އއ.ބޮޑުފޮޅުދޫގައި 50 ހައުސިންގ ޔުނިޓްގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޮޑުފޮޅުދޫއަށް ވަޑައިގަންނަވައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސް މުއިއްޒު ވިދާޅުވީ މިއަންނަ އަހަރު ވެސް ބަޖެޓުގެ އެންމެ އިސްކަމެއް ދޭ ދާއިރާއަކީ ހައުސިންގ މަޝްރޫއުގެ ދާއިރާ ކަމަށާއި، ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޮޑުފޮޅުދޫގައި 50 ހައުސިންގ ޔުނިޓްގެ މަޝްރޫއެއްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަށުގެ ގެދޮރުގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއު ނިމުމުން ގެދޮރުގެ މައްސަލަ ހައްލުވާނެ ކަމަށެވެ.

މިރަށުގައި ހައުސިންގ މަޝްރޫއެއް މިއަހަރު ބަޖެޓުގައި ހިމެނިފައި ނުވެ އޮންނާނެ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ވެސް އަޅުގަނޑުމެންގެ ބަޖެޓުގެ އެންމެ އިސްކަމެއް ދޭ ދާއިރާއަކީ އެއީ. ގެދޮރުގެ މައްސަލަ ހައްލު ކުރުން. އަޅުގަނޑު ކަނޑައަޅާފައި އޮތް ގޮތް. ކުރިން ވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތް ސިޔާސަތު އެއީ. ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް މަޝްރޫއުތަކުގެ ތެރެއިން އެއް ދާއިރާއަކަށް އެންމެ އިސްކަން ދެނީ ހައުސިންގ މަޝްރޫއުތައް ހިންގަން. އެހެންވީމަ މިއަހަރު ކުރިއަށް ގެންދަން ނިންމާފައި ހުރި މަޝްރޫއުތައް އިތުރަށް ފަށާ އައު މަޝްރޫއުތަކުގެ ތެރޭގައި ވެސް އެންމެ އިސްކަމެއް ދެނީ ގެދޮރުގެ މައްސަލަ މިއަންނަ އަހަރު ބަޖެޓުން ވެސް. މިއަންނަ އަހަރުގެ ބަޖެޓުގައި މިރަށުގެ ހައުސިންގ މައްސަލަ ގެދޮރު މައްސަލަ ހައްލު ކުރުމަށް 50 ހައުސިންގ ޔުނިޓް އެޅުމަށް ކަނޑައަޅާ އެމަޝްރޫއު ބަޖެޓުގައި ހިމަނާނަން. އަދި އިރާދަކުރެއްވިއްޔާ އަހަރުގެ ކުރީ ކޮޅު އަމަލީ ގޮތުން މަސައްކަތް ފަށާދޭނަން.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ، ބޮޑުފޮޅުދޫ ސްކޫލްގެ ކްލާސްރޫމާއި މަލްޓިޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

އެ މަޝްރޫއަށް އިޝާރާތްކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް، ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން، އެ ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން މަޝްރޫއުގެ އަމަލީ މަސައްކަތް، ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނޭކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.

ބޮޑުފޮޅުދޫގައި ގާއިމުކުރާ ހޭންޑްބޯލް ދަނޑުގެ އަމަލީ މަސައްކަތް ފެށޭކަން ފާހަގަކުރައްވައި، ރަށުގެ ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބޭނުންކުރެވޭނެ ގޮތަކަށް މަސައްކަތް ނިންމުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ދާޅުވިއެވެ.

ރަށުގައި މިހާރު ހިއްކާފައިވާ ހަތަރު ހެކްޓަރުގެ ބިން ރަށާއި ހަވާލުކުރުމުގެ ކަންކަން ނިންމަވައި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، އެއާއިގުޅިގެން ކުރަންޖެހޭ ކަންކަން އަންނަ އަހަރު ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށް، މި ނިޒާމު ވެސް އިތުރަށް ހަރުދަނާ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ބޮޑުފޮޅުދޫގެ ތަރައްގީއާ ގުޅިފައިވާ މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވައި، އެކަމުގެ ނަފާ، ރައްޔިތުންނަށް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް މިސަރުކާރުގައި މިހާތަނަށް ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގާފައިނުވެއެވެ. އަދި ހައުސިންގ މަޝްރޫއެއް ވެސް ކުރިއަށް ގެންގޮސްފައިނުވާއިރު، ކުރީ ސަރުކާރުގައި ނިންމާފައިވާ ގެދޮރުވެރިޔާގެ ފްލެޓުތައް ވެސް ދޫކުރެވިފައި ނުވެއެވެ.

ރައީސް މުއިއްޒުއއ. ބޮޑުފޮޅުދޫހައުސިންގ ޔުނިޓްބޯހިޔާވަހިކަމުގެ މައްސަލަބަޖެޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު