Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދަ ބެޑްމިންޓަން ކުލަބު

328 ކުޅުންތެރިންނާ އެކު ދިރާގު ޖޫނިއާ އޯޕަން 2025 ފެށުމަށް ތައްޔާރު ވަނީ

ހަތް ޤައުމެއްގެ ކުޅުންތެރިން މުބާރާތުގައި ވާދަ ކުރާނެ އެވެ. އޭގެ ތެރޭގައި މިވަގުތު ރާއްޖޭގައި އުޅެމުން އަންނަ ބައެއް ޤައުމު ތަކުގެ ކުޅުންތެރިން ހިމެނެ އެވެ. މީގެ އިތުރުން ބޭރު ޤައުމު ތަކުން ގާތް ގަނޑަކަށް 30 ކުޅުންތެރިން، މުބާރާތުގައި ވާދަ ކުރުމަށް ރާއްޖެ އަންނާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2025 | އާދީއްތަ 06:22
ދަ ބެޑްމިންޓަން ކުލަބު އިން ބާއްވާ މޯލްޑިވްސް އޯޕަންގެ ލޯގޯ

ދަ ބެޑްމިންޓަން ކުލަބު އިން ބާއްވާ މޯލްޑިވްސް އޯޕަންގެ ލޯގޯ

ދިރާގު މޯލްޑިވްސް އޯޕަން 2025 ގައި ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި، 328 ކުޅުންތެރިން ރަޖިސްޓްރީ ވެފައިވާ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނެފި އެވެ.

ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް އިސް ނެގުމުގެ މަތިން ކުރިއަށް ގެންދާ މި މުބާރާތް އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ހަ ވަނަ ދުވަހުގެ ނިޔަލަށެވެ. އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުރިއަށް ގެންދާ މި މުބާރާތަކީ، މިހާތަނަށް ލިބިފައިވާ ތަޖުރިބާ އާއި، ބެޑްމިންޓަން އަށް އޮތް ޚާއްސަ ޝައުޤުވެރި ކަމެއްގެ ސަބަބުން މަޚްލޫފް އިސް ނަގައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ ރަޖިސްޓްރީވެފަ އެވެ. އެގޮތުން ހަތް ޤައުމެއްގެ ކުޅުންތެރިން މުބާރާތުގައި ވާދަ ކުރާނެ އެވެ. އޭގެ ތެރޭގައި މިވަގުތު ރާއްޖޭގައި އުޅެމުން އަންނަ ބައެއް ޤައުމު ތަކުގެ ކުޅުންތެރިން ހިމެނެ އެވެ. މީގެ އިތުރުން ބޭރު ޤައުމު ތަކުން ގާތް ގަނޑަކަށް 30 ކުޅުންތެރިން، މުބާރާތުގައި ވާދަ ކުރުމަށް ރާއްޖެ އަންނާނެ އެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ރާއްޖޭގެ ކުޅުންތެރިންނަށް ބަލާއިރު، ރިވައިވަލް އޭދަފުއްޓަށް ނިސްބަތްވާ 59 ކުޅުންތެރިން މުބާރާތުގައި ވާދަ ކުރާނެ އެވެެ. މީގެ އިތުރުން ނައިފަރުން 25 އަށް ވުރެ ގިނަ ކުޅުންތެރިންނާއި، އައްޑޫ އިން 20 އަށް ވުރެ ގިނަ ކުޅުންތެރިންނާއި، އަޖިފާން އިންޓަނޭޝަނަލް އެކަޑަމީ އިން 30 އަށް ވުރެ ގިނަ ކުޅުންތެރިން އަދި އަފާން އެމް ސްޕޯޓްސް އެންޑް އެކަޑަމީ އަދި އެހެނިހެން އެކަޑަމީ ތަކުން 15 އަށް ވުރެ ގިނަ ކުޅުންތެރިން މުބާރާތުގައި ވާދަ ކުރާނެ އެވެ.

މީގެ އިތުރުން މި މުބާރާތުގައި އަމްޕަޔަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ވެސް ބައިނަލްއަޤުވާމީ އަމްޕަރުން ބައިވެރިވާނެ ކަމަށް ވަނީ ހާމަކޮށްފަ އެވެ. މި މުބާރާތުގެ ގުރު ނެގުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި ހިނގާ އޮގަސްޓު މަހުގެ 25 ވަނަ ދުވަހު އެވެ.

ކުރީގެ މިނިސްޓަރު މަޚްލޫފްގެ އިސް ނެގުމުގެ މަތިން އުފައްދާފައިވާ ދަ ބެޑްމިންޓަން ކުލަބުން ކުރިއަށް ގެންދާ މި މުބާރާތް ރާވާފައި ވަނީ އޯޕަން ކެޓަގަރީގެ އިތުރުން، ޕެރަ އެންޑް ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ އަށެވެ.

މީގެ އިތުރުން ޖޫނިއާ އޯޕަންގައި ނުވަ އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ އަށް ވެސް މުބާރާތް އޮންނާނެ އެވެ.

މުބާރާތުގެ އޯޕަން ކެޓަގަރީގެ ޕެރަ އެންޑް ސްޕެޝަލް އޮލިމްޕިކްސް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ދެ ވަަނަ ދުވަހަށެވެ. އޯޕަން ޖޫނިއާގެ ކުޅުން ކުރިއަށް ދާނީ ސެޕްޓެމްބަރު ތިން ވަނަ ދުވަހުން، ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު