Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ-އެމެރިކާ ގުޅުން

އިންޑިއާ އިން އެތެރެ ކުރާ މުދަލުން ނަގާ ޓެކްސް "ބޮޑުތަނުން" އިތުރު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޑޮނަލްޑް ޓްރަމްޕް އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުމާ ގުޅިގެން އެޤައުމުގެ މުދަލަށް ނަގާ ޓެކްސް ބޮޑުތަނުން އިތުރުކުރަން ނިންމަވައިފި. އިންޑިއާއިން ބުނަނީ ރަޝިއާއާ އެކު އޮތް ޒަމާންވީ ގުޅުން ދަމަހައްޓާނެ ކަމަށާއި، ހަކަތައިގެ އަގު އަތްފޯރާ މިންވަރެއްގައި ބެހެއްޓުމަށްޓަކައި ރަޝިއާއިން ތެޔޮ ގަންނަމުންދާނެ ކަމަށް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާއިން އެތެރެކުރާ މުދަލަށް ނަގާ ޓެކްސް ބޮޑުތަނުން އިތުރުކުރައްވާނެކަމަށް ވިދާޅުވެއްޖެ

ރާއްޖެ އެމްވީ | 4 އޯގަސްޓު 2025 | ހޯމަ 18:23
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޮޝިންޓަން ޑީސީގެ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވަނީ - ފެބްރުއަރީ 13، 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޮޝިންޓަން ޑީސީގެ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވަނީ - ފެބްރުއަރީ 13، 2025

އިންޑިއާ އިން އެތެރެ ކުރާ މުދަލަށް ނަގާ ޓެކްސް "ބޮޑު ތަނުން" އިތުރު ކުރައްވާނެ ކަމަށް އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕްޕް ވިދާޅުވެއްޖެ އެވެ.

މިއީ ދެ ޤައުމުގެ ދެމެދުގައި އަހަރުތަކެއް ވަންދެން ގުޅުން ރަނގަޅު ވަމުން އައި ނަމަވެސް، މިހާރު އުފެދިފައިވާ ޚިލލާފު އިތުރަށް ގޯސްވެގެން ދިޔުމުގެ ނިޝާނެކެވެ.

ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއް ގައި ޓްރަމްޕް ވިދާޅުވެފައިވަނީ އިންޑިއާ އިން "ވަރަށް ބޮޑު އަދަދަކަށް" ރަޝިޔާގެ ތެޔޮ ގަނެ "ބޮޑެތި ފައިދާ ތަކެއް" ހޯދުމަށް އަލުން ވިއްކަމުންދާ ކަމަށެވެ.

"ރަޝިއާގެ ހަނގުރާމައިގެ މެޝިނުން ޔޫކްރެއިން ގައި ކިތައް މީހުން މަރުވަމުންދޭތޯ ބަލާކަށް އެމީހުންނަކަށް މުހިއްމެއް ނޫން،" އެމެރިކާގެ ރައީސް ލިޔުއްވިއެވެ. "މިކަމުގެ ސަބަބުން، އިންޑިއާ އިން އެމެރިކާ އަށް ދައްކަންޖެހޭ ޓެރިފް އަހުރެން ބޮޑުތަނުން އިތުރު ކުރާނަމެވެ. މިކަމަށް ސަމާލުކަން ދެއްވީތީ ޝުކުރިއްޔާ!!!!!"

ބޮޑު ކުރާ ޓެރިފްގެ ރޭޓަކީ ކޮބައިކަމެއް އަދި އެ ކަން ތަންފީޒު ކުރާނެ ތާރީޚެއް ބަޔާން ކުރައްވާފައެއް ނުވެއެވެ. އެމެރިކާގެ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެމެރިކާ އިން އިންޑިއާގެ 87.4 ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓް ކޮށްފައިވެއެވެ.

ފާއިތުވި ހަފްތާގައި ޓްރަމްޕް އިޢުލާނު ކުރެއްވީ އިންޑިއާގެ މުދަލަށް 25 އިންސައްތައިގެ ޓެރިފެއް ނަގާނެ ކަމަށެވެ. މިއީ އިންޑިއާ އިން އެމެރިކާގެ އުފެއްދުންތަކަށް ނަގާ ޓެރިފް ބޮޑު ވުމާއި ރަޝިޔާ ގެ ތެލާއި ހަތިޔާރު ގަތުމުގެ ސަބަބުން ކަނޑައެޅުއްވި ރޭޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯމަ ދުވަހު އިންޑިއާ އިން ވަނީ، އިންޑިއާ އިން ރަޝިޔާ އާއެކު ކުރަމުންދާ ވިޔަފާރީގެ މުޢާމަލާތްތަކާ ބެހޭ ގޮތުން ހުޅަނގުގެ ޤައުމުތަކުގެ ފާޑުކިޔުންތައް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އަދި އެމެރިކާ އާއި ޔޫރަޕުގެ ޤައުމުތަކުން ހަނގުރާމަ ފެށުނު ފަހުންވެސް ރަޝިޔާގެ މުދަލާއި ހަކަތައިގެ އުފެއްދުންތައް އިމްޕޯޓް ކުރަމުން ދާކަން ފާހަގަކުރިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ސްޕޯކްސްޕަރސަން ރަންދީރު ޖައިސްވާލް ވިދާޅުވީ ނިއުދިއްލީން ރަޝިޔާގެ ތެޔޮ ގަންނަނީ "އިންޑިއާގެ ކަސްޓަމަރުންނަށް ލަފާކުރެވޭ އަދި އަތްފޯރާ އަގެއްގައި ހަކަތަ ލިބޭނެކަން ޔަޤީން ކުރުމަށްޓަކައި،" ކަމަށެވެ.

އެމެރިކާގެ އެނަރޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަން (އީއައިއޭ) އިން ބުނާގޮތުގައި 2022 ގައި ޔޫކްރެއިންގެ ހަނގުރަނގުރާމަ ފެށުނީއްސުރެ އިންޑިއާ އިން ވަނީ ޑިސްކައުންޓް އަގެއްގައި ރަޝިޔާގެ ތެޔޮ ގަންނަމުން ގޮސްފައެވެ. މި ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ މައްޗަށް ހަކަތައިގެ ދާއިރާ ހިމެނޭ ގޮތަށް ބޮޑެތި ދަތިކުރުންތަކެއް ހުޅަނގުގެ ޤައުމުތަކުން ތަންފީޒުކުރިއެވެ.

އީއައިއޭގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ހަނގުރާމަ ފެށުމަށްފަހު އިންޑިއާ އިން ރަޝިޔާގެ ތެޔޮ ގަތުން ހަ ގުނައަށް ވުރެ އިތުރުކޮށްފައިވެއެވެ.

ހޮނިހިރު ދުވަހު އިންޑިއާގެ ޖައިސްވާލް ވިދާޅުވެފައި ވަނީ ޓްރަމްޕްގެ ފާޑުކިޔުންތަކާ އެކު ވެސް އެ ޤައުމުން ރަޝިޔާ އާއެކު ގުޅުން ދަމަހައްޓާނެ ކަމަށެވެ.

"އެކި ޤައުމުތަކާއެކު އަޅުގަނޑުމެންގެ ދެފަރާތުގެ ގުޅުންތައް ބިނާވެފައި ވަނީ އެ ގުޅުމުގެ އަމިއްލަ މުހިންމުކަމުގެ މައްޗަށެވެ. އަދި އެ ގުޅުންތައް ތިންވަނަ ޤައުމެއްގެ ނަޒަރަކުން ބަލައިގެން ނުވާނެއެވެ،" ޖައިސްވާލް ނޫސްވެރިންނަށް ވިދާޅުވިއެވެ. "އިންޑިއާ އާއި ރަޝިޔާ ގެ ދެމެދުގައި ވަނީ ދެމިގެންވާ އަދި ޒަމާންވީީ ރަހުމަތްތެރި ކަމެކެވެ."

ފާއިތުވި އަހަރު އިންތިޚާބުގެ ކެމްޕޭނުގައި ޓްރަމްޕް ވަޢުދުވެވަޑައިގެންނެވީ ޔޫކްރެއިންގެ ހަނގުރާމަ ވަރަށް އަވަހަށް ނިންމަވާނެ ކަމަށެވެ. ނަމަވެސް އޭނާގެ ވެރިކަމުގެ ހަ މަސް ފާއިތުވެގެން ގޮސްފައި ވާއިރު ވެސް ހަނގުރާމަ އަށް ކުޑަވެސް ހުއްޓުމެއް ނާދެއެވެ.

އާދީއްތަ ދުވަހު ވައިޓް ހައުސްގެ އިސް އޮފިޝަލެއް ކަމަށްވާ ސްޓީވް ވިޓްކޮފް ވިދާޅުވީ ހަނގުރާމަ ނިންމުމަށް މަޝްވަރާ ކުރުމަށް ކުރިއަށް އޮތް ދުވަސް ތަކުގައި ރަޝިޔާ އަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.

ރަޝިޔާ އިން 2022 ގެ ފެބްރުއަރީ މަހު ޔުކްރެއިނަށް ހަމަލާދިނެވެ. ނަމަވެސް ވެރިރަށް ކީވް ހިފުމަށް ފުރަތަމަ ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. އޭގެ ފަހުން ހަނގުރާމަ ބަދަލުވެގެން ގޮސްފައިވަނީ ޤައުމުގެ އިރުމަތީ ސަރަޙައްދު ކޮންޓްރޯލް ކުރުމަށް ދިގު މުއްދަތަކަށް ދެމިގެންދާ ހަނގުރާމަ އަކަށެވެ.

އާދީއްތަ ދުވަހު ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ސްޓީފަން މިލަރ ވިދާޅުވީ ޔޫކްރެއިންގައި ހިންގާ ރަޝިޔާގެ ހަނގުރާމަ އަށް އިންޑިއާ އިން "ފައިނޭންސް ކުރަމުންދާ" ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްއެމެރިކާ-އިންޑިއާރަޝިޔާ-ޔުކްރެއިންތެލުގެ ވިޔަފާރިރަންދީރު ޖައިސްވާލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު