Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮރެންޖު ހިޔާ

މި ސަރުކާރުން އޮރެންޖު ހިޔާގައި ބޮޑެތި ބަލިތަކަށް ފަރުވާދޭ ގޮތަށް ބަދަލުކުރީ ކުރީ ޒަމާނުގައި ބޮޑެތި ބަލިތައް ޖެހޭ މީހުން އެކަހެރިކުރި ގޮތަށް - ބެލެނެވެރިއެއް

އޮރެންޖު ހިޔާގައި ބޮޑެތި ބަލިތަކަށް ފަރުވާދޭ ގޮތަށް ބަދަލުކޮށް ބަލިމީހުންނަށް ނިކަމެތި ހާލަތެއް ޖައްސާފައިވE

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 އޯގަސްޓު 2025 | ހޮނިހިރު 15:35
ހުޅުމާލެ ފޭސް 2 ގައި އުޅޭ މީހަކު ޑަޔަލަސިސް ހަދަން ހުޅުމާލެ ފޭސް 1 ގެ ސިނާއީ ސަރަހައްދުގައި ހުންނަ އޮރެންޖު ހިޔާއަށް ވައްދަނީ

ހުޅުމާލެ ފޭސް 2 ގައި އުޅޭ މީހަކު ޑަޔަލަސިސް ހަދަން ހުޅުމާލެ ފޭސް 1 ގެ ސިނާއީ ސަރަހައްދުގައި ހުންނަ އޮރެންޖު ހިޔާއަށް ވައްދަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އޮރެންޖު ހިޔާގައި ބޮޑެތި ބަލިތަކަށް ފަރުވާދޭ ގޮތަށް ބަދަލުކުރީ ކުރީ ޒަމާނުގައި ބޮޑެތި ބަލިތައް ޖެހޭ މީހުން އެކަހެރިކޮށް މީހުން ނޫޅޭ ސަރަހައްދަށް ފޮނުވާލި ބީދައިން ކަމަށް ޑަޔަލަސިސް ހަދާ މީހެއްގެ ބެލެނެވެރިއަކު ބުނެފިއެވެ.

މީހަކު ބަލަހައްޓާ ބަލި މީހަކު އޭނާ ގޮވައިގެން އޮރެންޖް ހިޔާގައި ހަދާފައިވާ ޑަޔަލަސިސް ސެންޓަރަށް ގެނައިވަގުތު ހާލުކިހިނެއް ޕްރޮގްރާމުން ވާހަކަ ދައްކާލުމުން ބުނީ އެ ފެސިލިޓީއަށް ހިދުމަތް ބަދަލުކޮށް ބަލި މީހުންނަށް ނިކަމެތި ހާލަތެއް ޖައްސާފައިވާ ކަމަށެވެ. އޭނާ ބުނީ ފޭސް 2ން ބަލިމީހާ ފޭސް1 ގެ ސިނާއީ ސަރަހައްދުގައި ހަދާފައިވާ އޮރެންޖް ހިޔާއަށް ގެންނަ އިރުގައި ބަލިމީހާ ހުންނަނީ އެޑްމިޓްކުރާ ވަރުވެފައި ކަމަށެވެ.

އޭނާ ބުނީ އޮރެންޖު ހިޔާއަށް ޑަޔަލަސިސް ސެންޓަަރު ބަދަލުކުރި އިރުގައި އެތަނުގައި އެންމެ ކުޑަމިނުން އައިސީޔޫއެއްވެސް ނެތް ކަމަށެވެ.

ޑަޔަލަސިސް ހަދާ ޕޭޝަންޓުން ބައެއްފަހަރު ފިޓްޖެހޭ. މިފަދަ ހާލަތެއްގައި އެމީހުން އެތިބެނީ. އެކަހެރި އަދި ހިދުމަތް ނުދެވޭ ފެސިލިޓީއެއްގައި ޑަޔަލަސިސް ހަދަން މިލީ. މިތަނުގައި 5 ގަޑި އިރު ނުވަތަ 4 ގަޑި އިރު ބައި އެބަ ހޭދަކުރަންޖެހޭ.
ތެލަސީމިއާ ބަލިމީހެއްގެ ބެލެނިވެރިޔާ

ސިނާއީ ސަރަހައްދުގައި ޑަޔަލަސިސް ސެންޓަރު ހުންނާތީ ދިމާވާ އުނދަގޫތަކުގެ ވާހަކަ ހިއްސާ ކުރަމުން ރާއްޖެޓީވީއާއި ވާހަކަ ދެއްކި މީހާ ބުނީ އެ ސަރަހައްދަށް ވަދެ ނުކުންނަން ވަރަށް އުނދަގޫ ކަމަށެވެ. އޭނާ ބުނީ ބަލިމީހާ އެތަނަށް ގެންނަ އިރު ހުންނަނީ ބަލިވެފައި ކަމަށާއި، މިއީ ދައްކާފައިވާ ނުބައި ތަސައްވުރެއް ކަމަށެވެ.

މިތާ ކައިރިން ނެތް ފެންފޮދެއް އެއްޗެއް ލިބޭކަށް ވެސް. ކާއެއްޗެއްވެސް މި ގެނެވެނީ ހޮސްޕިޓަލާއި ހިސާބަށް ގޮސްގެން. ވަރަށް ދަތި ހާލެއްގައި މިތަނަށް ބަލި މީހުން މި ގެންނަނީ. ދެން އަނެއްކަމަކީ މިތަނަށް ސެންޓަރު ބަދަލުކުރި އިރު އެއްވެސް ކަހަލަ މަޝްވަރާއެއްވެސް ނެތް.
ޑަޔަލިސިސް ހަދާ ބަލިމީހެއްގެ ބެލެނިވެރިޔާ

ވާހަކަ ދެއްކި މީހާ ބުނީ ޑަޔަލަސިސް ހަދާ ބަލިމީހުންނަކީ ފުރާނައަށް ނުރައްކާވެފައިވާ މީހުން ކަމަށާއި، ނަމަވެސް ކަމެއް ދިމާވެގެން ފަރުވާދޭން އައިސީޔޫއެއް ވެސް އޮރެންޖު ހިޔާގައި ނެތް ކަމަށެވެ. އަދި އެތަނަށް އަންނަނީ މަޖުބޫރުވެގެން ކަމަށާއި، ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމުން އެތަނަށް އަންނަން މަޖުބޫރު ކަމަށެވެ.

އޭނާ ބުނީ ބަލިމީހާ ގެންނަ މީހާއަށް މަޑުކުރެވޭނެ ތަނެއް ނެތް ކަމަށެވެ. އިށީންނާނެ ތަނެއް ކައިރީގައި ފިހާރައެއް އެހެން ހިދުމަތެއް ލިބެނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި އޮރެންޖު ހިޔާއަށް ޑަޔަލަސިސް ބަދަލުކުރި އިރު އެތަނަށް ބަލިމީހުން ގޮވައިގެން އަންނަ ހަވާލުވެރިން ތިބޭނެ ތަނަކާއި ކުޑަމިނުން ކެއިން ބުއިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސޭނެ ގޮތެއްވެސް ނޯންނަ ކަމަށެވެ. އަދި މިއީ ސަރުކާރުން ކުރި ނުބައި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

ރައީސް މުހައްމަދު މުއިއްޒުއޮރެންޖް ހިޔާޑަޔަލަސިސް ސެންޓަރުބޮޑެތި ބަލިތައް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި
01 ޑިސެމްބަރު 2025

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު
25 ނޮވެމްބަރު 2025

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
17 ނޮވެމްބަރު 2025

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް
15 ނޮވެމްބަރު 2025

ފުޓްސެލް މެޗެއް ކުޅުއްވަން ނައިބު ރައީސް އާ ވަޒީރުންނާ އެކު މުއިއްޒު ސީ ޕްލޭނުގައި އދ. މަންދޫ އަށް

15 ނޮވެމްބަރު 2025
ފުޓްސެލް މެޗެއް ކުޅުއްވަން ނައިބު ރައީސް އާ ވަޒީރުންނާ އެކު މުއިއްޒު ސީ ޕްލޭނުގައި އދ. މަންދޫ އަށް
14 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ

14 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ
10 ނޮވެމްބަރު 2025

ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި

10 ނޮވެމްބަރު 2025
ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި
06 ނޮވެމްބަރު 2025

19 ނޮވެމްބަރަށް ބަޖެޓު ދިރާސާކޮށް ނިންމަނީ، ކޮމިޓީގެ މުގައްރިރަކަށް ސަލީމް

06 ނޮވެމްބަރު 2025
19 ނޮވެމްބަރަށް ބަޖެޓު ދިރާސާކޮށް ނިންމަނީ، ކޮމިޓީގެ މުގައްރިރަކަށް ސަލީމް
04 ނޮވެމްބަރު 2025

ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި

04 ނޮވެމްބަރު 2025
ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު