Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދިރާގު މޯލްޑިވްސް ރޯޑް ރޭސް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވައިލައިފި

ޑީއެމްއާރްއާރްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 ޖުލައި 2025 | އަންގާރަ 09:51
ދިރާގުގެ ނޫސްވެރިންގެ ބައްދަލުވުން

ދިރާގުގެ ނޫސްވެރިންގެ ބައްދަލުވުން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2025 ގައި ބައިވެރިވުމަށް ރަޖިސްޓަރވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އެ ރަން އާއި ގުޅޭ މައުލޫމާތު ހާމަކޮށްފައި ވަނީ ދިރާގު ހެޑް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައިއެވެ. އެ ޕްރެސްކޮންފަރެންސްގައި ޙާމަކުރި ގޮތުގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު ކެޓެގަރީ އަދި 5 ކިލޯމީޓަރ ކޯޕަރޭޓް ޓީމް ކެޓެގަރީތަކުގެ ރަޖިސްޓްރޭޝަން ހުޅުވައިލައިފައެވެ. 5K، 10K އަދި ހާފް މެރެތަން ކެޓެގަރީތަކުގެ ރަޖިސްޓްރޭޝަން ހުޅުވައިލައިފައެވެ. ރަޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް www.dmrr.mv މެދުވެރިކޮށް މިހާރު ރަޖިސްޓަރ ކުރެވޭނެއެވެ.

Advertisement - businessAdvertisement

''މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް މި އަހަރު މުޅިން އައު ރޫޓެއް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައި. މި ރޫޓަކީ ވެސް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ސަރޓިފައިކޮށްފައިވާ ރޫޓެއް. އަޅުގަނޑުމެންގެ އުންމީދަކީ މި އަހަރުގެ ދުވުމުގައި ވެސް ކޯޕަރޭޓް ޓީމް ކެޓަގަރީގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދުވުމުގައި ބައިވެރިވާ ދުވުންތެރިންގެ އަދަދު އިތުރުވުން. އަދި، އަޅުގަނޑުމެންގެ އަމާޒަކީ ޑީއެމްއާރްއާރް މެދުވެރިކޮށް ވާދަވެރި ދުވުމާއި ގިނަމީހުންގެ ބައިވެރިވުން ހިމެނޭގޮތަށް ދުވުމުގެ ސަގާފަތް އިތުރަށް ވަރުގަދަކޮށް ދުޅަހެޔޮ ސިއްހަތު ކުރިއެރުވުން." ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

ޑީއެމްއާރްއާރް އަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުންކަން ފާހަގަކޮށްލެވެއެވެ. ޑީއެމްއާރްއާރް 2025 އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ގޮތުން ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާތަކުން ރާވައިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯޒްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވެސް ދިރާގުން ވަނީ ނިންމާފައެވެ.

ދިރާގުން ހާމަކޮށްފައިވާ ގޮތުގައި ހާފް މެރަތަންގެ އެއްވަނަ އަށް އަންނަ ފިރިހެން އަދި އަންހެން ބޭފުޅަކަށް 25000 ރުފިޔާގެ އިނާމެއް ލިބޭނެއެވެ. އަދި ދެވަނަ އަށް އަށް އަންނަ ފިރިހެން އަދި އަންހެން ބޭފުޅަކަށް 15000 ރުފިޔާ ލިބޭ އިރު 3 ވަނަ އަށް އަންނަ ފިރިހެން އަދި އަންހެން ބޭފުޅަކަށް 10000 ރުފިޔާ ލިބެއެވެ.

މި ރަން މެދުވެރިކޮށް އެންޖީއޯތަކަށް ހަތްލައްކަ އެއްހާ ރުފިޔާ ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.

10ކޭ އޯޕެން ކެޓަގަރީގައި އެއްވަނައަށް ދާ ފިރިހެން އަދި އަންހެން ބޭފުޅަކަށް 10000 ރުފިޔާ، ދެ ވަނަ އަށް ދާ ފިރިހެން އަދި އަންހެން ބޭފުޅަކަށް 8000 އަދި 3 ވަނަ އަށްދާ ފިރިހެން އަދި އަންހެން ބޭފުޅަކަށް 6000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސްކޫލް ކެޓަގަރީ 5ކޭ އަންޑަރ 13 ކެޓަގަރީ އިން 1 ވަނަ އަށް އަންނަ ފިރިހެން އަދި އަންހެން ކުއްޖަކަށް 5000ގެ ރަމްޒީ އިނާމެއް ލިބޭނެއެވެ. އަދި ދެވަނަ އަށް އަންނަ އަންހެން އަދި ފިރިހެން ކުއްޖަކަށް 3000 ރުިފރުފިޔާގެ ރަމްޒީ އިނާމެއް، އަދި ތިން ވަނަ އަށް އަންނަ އަންހެން އަދި ފިރިހެން ކުއްޖަކަށް 1000 ރުފިޔާގެ ރަމްޒީ އިނާމެއް ލިބެއެވެ.

ސްކޫލް ކެޓަގަރީ 5ކޭ އެބޯވް 13 ކެޓަގަރީ އިން 1 ވަނަ އަށް އަންނަ ފިރިހެން އަދި އަންހެން ކުއްޖަކަށް 5000 ރުފިޔާގެ ރަމްޒީ އިނާމެއް ލިބޭ އިރު ދެވަނަ އަށް އަންނަ އަންހެން އަދި ފިރިހެން ކުއްޖަކަށް 30005000 ރުފިޔާގެ ރަމްޒީ އިނާމެއް އަދި ތިން ވަނަ އަށް އަންނަ އަންހެން އަދި ފިރިހެން ކުއްޖަކަށް 1000 ރުފިޔާ ލިބެއެވެ.

5ކޭ ކޯޕަރޭޓް ޓީމް ކެޓަގަރީގައި އެއްވަނަ އަށްދާ ޓީމަކަށް 10000 ރުފިޔާ، 2 ވަނަ އަށް ދާ ޓީމަކަށް 8000 އަދި 3 ވަނަ އަށް ދާ ޓީމަކަށް 6000 ރުފިޔާ ލިބޭނެއެވެ. ކޯޕަރޭޓް ބައިގައި ކޮންމެ އޮފީހަކުން 4 މީހުންގެ ޓީމަށް ބައިވެރިވެވޭނެއެވެ. އަދި އެއް ޓީމަށް ވުރެ ގިނައިން ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

10ކޭގައި މައިވެރިވެވޭނީ 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. 5ކޭގައި 7 އަހަރުން މަތީގެ ފަރާތްތަކަށް ބައިވެރިވެވޭ އިރު ހާފް މެރަތަންގައި ބައިވެރިވެވެނީ 18 އަހަރުން މަތީގެ މީހުންނަށެވެ. 5ކޭ ސްކޫލްގައި ދެ ކެޓަގަރީ އެއް ހިނެނެއެވެ. ކޯޕަރޭޓް ޓީމްގައި ބައިވެރިވެވެވޭނީ ވެސް 18 އަހަރު ވެފައިވާ ނަމަ އެވެ.

ޑީ.އެމް.އާރް.އާރްގެ ރަޖިސްޓްރޭޝަން ދިރާގުން މިހާރުވަނީ ހުޅުވާލާފައެވެ. އަދި 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެން މި އިވެންޓްގައި ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެއެވެ.

ޑީއެމްއާރްއާރްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓެވެ. މި ދުވުމުގެ 16ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޫބަރު 2025 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ރޭހަކީ ކޮންމެ އަހަރަކު ވެސް ވަނަވަނައަށް ދާ ދުވުންތެރިންނަށް ބޮޑެތި ފައިސާގެ އިނާމްތައް ލިބިގެންދާ ރޭހެކެވެ. މި ގޮތުން މި އަހަރުގެ ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 280،000 ރުފިޔާ ދިނުމަށް ދިރާގުންވަނީ ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު